އޮޕަރޭޝަންގެ ދަށުން މިހާތަނަށް 4 ބިދޭސީއަކާ، ދިވެއްސަކާ، ވިޔަފާރިކުރާ ފިހާރައަކާ ބިދޭސިއަކު ދިރިއުޅޭ ތަނެއް ބަލާފާސްކޮށްފަވޭ. އޮޕަރޭޝަންގެ މައި މަގުސަދަކީ ޑޮލަރުގެ ވިޔަފާރި ކަޅު ބާޒާރުގައި ހުއްޓުވައި ރާއްޖޭގެ މާލީ ހާލަތު ހަމައަކަށް އެޅުން. މައުލޫމާތު ހިއްސާކުރެވޭނެ ނިޒާމެއް ވަނީ ގާއިމުކޮށްފަ.
17 ގަޑިއިރު ކުރިން - 11:44
ކަޅު ބާޒާރުގެ ރޭޓްތައް މިހާރު ތިރިވެފައި އޮތް އޮތުން ދާއިމީ ގޮތެއްގައި ހިފެހެއްޓުމަށްޓަކައި، ބޭރު ފައިސާގެ ޤަވާއިދުތަކަށް ގެންނަންޖެހޭ ޤާނޫނީ ބަދަލުތައް ގެނައުމުގެ މަސައްކަތް ބާރުމިނެއްގައި ކުރިއަށްދޭ.
23 ދުވަސް ކުރިން - 19:05
ގައުމުގެ އިގްތިސާދަށް ދިމާވެފައިވާ ގޮންޖެހުންތަކުގެ އަސްލަކީ ގާނޫނީ އިމުގެ ތެރެއިން ހިންގާ ފަތުރުވެރިކަމުގެ ސިނާއަތް ނޫންކަން ފާހަގަކުރައްވަމުން ޝާޒް ވަލީދު ވިދާޅުވީ މާކެޓުގައި ހިނގާ ވަގު ވިޔަފާރިތަކާއި ޑޮލަރުގެ ކަޅުބާޒާރުގެ އަސްލު އަޑީގައި ތިބީ ވެސް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން.
32 ދުވަސް ކުރިން - 10:08
ލައިސަންސް ނެތި ބޭރު ފައިސާ މާރުކުރާ ފަރާތްތަކުގެ މައުލޫމާތު ފުލުހުންގެ ޓާސްކްފޯސްގެ ނަންބަރު 9388733އަށް ހިއްސާކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. މައުލޫމާތު ދޭ ފަރާތްތަކުގެ ވަނަވަރު ސިއްރުކޮށްދޭނެ ކަމަށާއި، މިއީ ކަޅު ބާޒާރު ހުއްޓުވައި ރަސްމީ ރޭޓުގައި ފައިސާ ލިބޭނެ މަގުފަހިކުރުމަށް ކުރާ މަސައްކަތެއް.
35 ދުވަސް ކުރިން - 12:44
މި ބަދަލާއެކު އިމްޕޯޓަށާއި ޓީޓީ ހެދުމަށް ލުއިތަކެއް ލިބޭނެ ކަމަށާއި، ލޯނުތަކާއި ހަރަދުތައް ބަލަހައްޓަން އެއްވެސް ދައްޗެއް ނުވާނެ ކަމަށް ރައީސް ވިދާޅުވި. މި ގާނޫނާ ގުޅިގެން ރިސޯޓުތަކުން ޑޮލަރުން މުސާރަ ނުދެވޭނެ ކަމަށް ބުނާތީ މުވައްޒަފުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.
37 ދުވަސް ކުރިން - 14:46
ބޭރު ފައިސާގެ އާމްދަނީގެ %40 މާރުކުރަންޖެހޭ ގޮތަށް ގެނައި ބަދަލާ ގުޅިގެން މަޓީން ކަންބޮޑުވުން ފާޅުކޮށްފައިވީ ނަމަވެސް، މުވައްޒަފުންގެ މުސާރަ ރުފިޔާއަށް ބަދަލުކުރުން މަޖުބޫރު ނޫން ކަމަށް އެމްއެމްއޭއިން ބުނޭ.. ގަވަރުނަރު މުނައްވަރު ވިދާޅުވީ ޑޮލަރު މާރުކުރުމަކީ އިގުތިސާދު ހަމަމަގަށް އަޅުވައި ދަރަނި ދެއްކުމަށް މުހިންމު ކަމެއް ކަމަށް.
40 ދުވަސް ކުރިން - 11:46
އެމަނިކުފާނު ވިދާޅުވީ ސިޔާސީ ގޮތުން ތަފާތު ވާހަކަތައް ދެއްކި ނަމަވެސް، މި ފިޔަވަޅުތަކުގެ މުހިންމުކަން ގިނަ ބަޔަކު ޤަބޫލުކުރާ ކަމަށް. އަދި އިގްތިސާދު ކުރިއެރުވުމަށް މި ސަރުކާރުން ކުރާ މަސައްކަތުގައި އެންމެންގެ އެއްބާރުލުން ލިބިއްޖެނަމަ، މިކަމުގެ ފޮނި ނަތީޖާ މުޅި ގައުމަށް ފެންނާނެ ކަމަށް ރައީސް ވިދާޅުވި.
42 ދުވަސް ކުރިން - 22:31
މަސްތުވާތަކެތީގެ މުގުލުގައި ބިދޭސީ ނެޓްވޯކްތައް ތިބެ، ކޮންމެ މަހަކު ކަޅުބާޒާރުން 30 މިލިއަން ޑޮލަރު ރާއްޖެއިން ބޭރުކުރާ ކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށާއި، ޤައުމީ ސަލާމަތަށްޓަކައި، ކަމާބެހޭ އިދާރާތަކުން މަސްތުވާތަކެތީގެ ނެޓްވޯކްތައް ނައްތާލައި މިކަން ހުއްޓުވުމަށް އޭނާ ގޮވާލެއްވި.
42 ދުވަސް ކުރިން - 09:31
ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ 30 އަހަރުގެ ވެރިކަމުގައި ވެސް ރަސްމީ ރޭޓަށް ވުރެ ބޮޑުކޮށް ބޭރު ފައިސާ މާރުކުރުމަކީ މަނާ، އަދި ހަރުކަށި އަދަބު ދެވުނު ކަމެއް.
43 ދުވަސް ކުރިން - 07:28
2030 ވަނަ އަހަރާ ހަމައަށް ހުރިހާ މާލީ މުއާމަލާތްތަކެއް ދިވެހި ފައިސާއަށް ބަދަލުކުރުމާއި، ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން 40 ޕަސެންޓް ބޭންކުތަކަށް މާރުކުރަން މަޖުބޫރުވާ ގޮތަށް ގާނޫނު އިސްލާހުކުރަން ނިންމާފައިވާ ކަމަށްވެސް އޭނާ ހާމަކުރެއްވި.
44 ދުވަސް ކުރިން - 14:18
މުނައްވަރު ވިދާޅުވީ، އިމްޕޯޓަށް ބޭނުންވާ ޑޮލަރުގެ ދަތިކަން ހައްލުވާނީ މި ބަދަލުން ކަމަށެވެ. އަދި ބާކީ ހުންނަ ފައިސާ މޮނިޓާކުރާނެ ކަމަށް ވިދާޅުވި. ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ކަޅުބާޒާރުގައި ދައުރުވާ 90 ޕަސެންޓް ޑޮލަރަކީ މިފަދަ ވިޔަފާރިތަކުން ނެރޭ ފައިސާ ކަމަށް.
44 ދުވަސް ކުރިން - 13:54
ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، މީގެ ތެރޭގައި މަޝްހޫރު ރިސޯޓުތަކާއި ކުންފުނިތަކާއި ސިޔާސީ މީހުން ޝާމިލުވާ ކަމަށް. މިއީ މަނީ ލޯންޑަރިންގެ ޖިނާއީ ކުށެއް ކަމަށާއި، މިފަދަ ފަރާތްތަކާމެދު ބޮޑެތި ޖޫރިމަނާތަކާއި ހަރުކަށި ގާނޫނީ ފިޔަވަޅު އަޅުއްވާނެ ކަމަށް ވަޒީރު ވިދާޅުވި.
44 ދުވަސް ކުރިން - 13:11