Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޢާންމުން ސަމާލުވޭ! ނޭނގި ހުރެ ޑޮލަރު މާރުކޮށްފިނަމަ 1 މިލިއަން ރުފިޔާގެ ޖޫރިމަނާއެއް އައިސްދާނެ!

ޢާންމުން ސަމާލުވޭ! ނޭނގި ހުރެ ޑޮލަރު މާރުކޮށްފިނަމަ 1 މިލިއަން ރުފިޔާގެ ޖޫރިމަނާއެއް އައިސްދާނެ!

ޢަބްދުﷲ ޖުނައިދު
2 ގަޑިއިރު ކުރިން - 25 އޯގަސްޓް 2026 07:28
ރަސްމީ ރޭޓާއި ޚިލާފަށް ޑޮލަރު މާރުކުރުމަކީ އަބަދުވެސް އަދަބު ކަނޑައެޅިފައިވާ ކުށެއް.
ރަސްމީ ރޭޓާއި ޚިލާފަށް ޑޮލަރު މާރުކުރުމަކީ އަބަދުވެސް އަދަބު ކަނޑައެޅިފައިވާ ކުށެއް.
ޚުލާސާ

ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ 30 އަހަރުގެ ވެރިކަމުގައި ވެސް ރަސްމީ ރޭޓަށް ވުރެ ބޮޑުކޮށް ބޭރު ފައިސާ މާރުކުރުމަކީ މަނާ، އަދި ހަރުކަށި އަދަބު ދެވުނު ކަމެއް.

ދިވެހިރާއްޖޭގެ ބާޒާރުގައި ބޭރު ފައިސާގެ އަގު އިންތިހާ އަށް އުފުލި، ކާޅު ބާޒާރުގައި ޑޮލަރެއްގެ އަގު 21 ރުފިޔާއަށް ވުރެ މައްޗަށް ގޮސްފައިވާ މިދަނޑިވަޅުގައި، ޤަވާޢިދާއި ޚިލާފަށް ބޭރު ފައިސާ މާރުކުރާ ފަރާތްތަކާއި މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީން ވަނީ ދީފައެވެ.

ޢާންމު ރައްޔިތުންގެ ތެރެއިން ގިނަ މީހުންނަށް މިއީ “އަދިކިރިޔާ” މަނާކުރި ކަމެއްގެ ގޮތުގައި ހީވި ނަމަވެސް، މަރުކަޒީ ބޭންކުން ކަނޑައަޅާ ރަސްމީ ރޭޓަށް ވުރެ ބޮޑުކޮށް ބޭރު ފައިސާ ގަނެވިއްކުމަކީ ރާއްޖޭގައި އަބަދުވެސް ޤާނޫނީ ގޮތުން މަނާ، އަދި ބޮޑެތި އަދަބުތައް ކަނޑައެޅިފައިވާ ކަމެކެވެ.

މާޒީގައި މިފަދަ މުޢާމަލާތްތަކަށް ފިޔަވަޅު އެޅުން މަޑުޖެހިފައި އޮތުމަށް ފަހު، މިހާރު ސަރުކާރުން މިވަނީ ޤާނޫނު ތަންފީޛުކޮށް، ބޭރު ފައިސާގެ ނިޒާމު ހަމަޔަކަށް އެޅުވުމަށް ޓަކައި ޚާއްޞަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ.

Advertisement

Advertisement 1

ޤާނޫނީ ގޮތުން ބަލާއިރު، ބޭރު ފައިސާގެ މުޢާމަލާތްތައް ކޮންޓްރޯލްކޮށް ބަލަހައްޓަނީ މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އިންނެވެ.

މިގޮތުން، 1 އޮކްޓޫބަރު 2024 ގައި ޢަމަލުކުރަން ފެށި "ބޭރު ފައިސާގެ މުޢާމަލާތްތަކާއި ބެހޭ ޤަވާޢިދު" ގެ ދަށުން، އެމްއެމްއޭގެ ހުއްދަ ނެތި ބޭރު ފައިސާ ގަނެވިއްކުމުގެ އެއްވެސް ވިޔަފާރިއެއް ނުވަތަ މުޢާމަލާތެއް ހިންގުމަކީ މަނާކަމެކެވެ. މީގެއިތުރުން، މި ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް ޓަކައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، 1 ޖެނުއަރީ 2025 އިން ފެށިގެން ޢަމަލުކުރަން ފަށާފައިވާ "ބޭރު ފައިސާގެ ޤާނޫނު" (ޤާނޫނު ނަންބަރު 32/2024) ގެ ދަށުން، ކަނޑައެޅިފައިވާ ރަސްމީ އެކްސްޗޭންޖް ރޭޓާއި ޚިލާފަށް ބޮޑު އަގުގައި ޑޮލަރު އެކްސްޗޭންޖު ކުރާ އަމިއްލަ ފަރާތްތަކާއި ވިޔަފާރިތައް 25,000 ރުފިޔާ އާއި އެއްމިލިއަން ރުފިޔާ އާއި ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު ތަންފީޛީ އިދާރާތަކަށް ލިބިގެންވެއެވެ. އަދި ޤަވާޢިދާއި ޚިލާފުވާ ކަންކަން އިޞްލާޙު ނުކޮށްފި ނަމަ، ކޮންމެ ދުވަހަކަށް 5,000 ރުފިޔާގެ އިތުރު ޖޫރިމަނާ އެއް ވެސް އާދެއެވެ.

ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ 30 އަހަރުގެ ވެރިކަމުގައި ވެސް ރަސްމީ ރޭޓަށް ވުރެ ބޮޑުކޮށް ބޭރު ފައިސާ މާރުކުރުމަކީ މަނާ، އަދި ހަރުކަށި އަދަބު ދެވުނު ކަމެކެވެ. އެ ދުވަސްވަރު 1 މާރިޗު 1987 އިން ފެށިގެން ޢަމަލުކުރަމުން އައި މަނިޓަރީ ޤަވާޢިދުގެ ދަށުން، ހުއްދަނެތި ޑޮލަރު ގަނެވިއްކާ ފަރާތްތަކާ މެދު ފިޔަވަޅު އަޅައި، ބާޒާރުމަތީގައި ސިއްރުން ޑޮލަރުގެ ވިޔަފާރިކުރާ މީހުން ހޯދުމަށް ސަލާމަތީ ބާރުތަކުން ޚާއްޞަ ރޭޑްތައް ވެސް ހިންގާފައިވެއެވެ. އޭރުގެ ޤާނޫނީ ނިޒާމުގެ ތެރެއިން މިފަދަ ކާޅު ބާޒާރުގެ މުޢާމަލާތްތައް ހިންގާ ފަރާތްތަކަށް ފައިސާގެ ޖޫރިމަނާގެ އިތުރުން، ވިޔަފާރި ލައިސަންސް ބާތިލުކުރުމާއި، އަދި ބައެއް ޙާލަތްތަކުގައި ޖަލު އަދަބާއި އަރުވާލުން ފަދަ އަދަބުތައް ވެސް ދީފައިވެއެވެ. ވުމާއެކު، ބޭރު ފައިސާގެ ރަސްމީ އަގު ހިފެހެއްޓުމަކީ ދިވެހި ދައުލަތުން ޒަމާނުއްސުރެ ޤާނޫނީ ގޮތުން އިސްކަންދެމުން އައިސްފައިވާ މުހިންމު ސިޔާސަތެކެވެ.

އެހެންކަމުން، މިއީ ހަމައެކަނި ބޮޑެތި ވިޔަފާރިތަކަށް އެކަނި އޮތް ބިރެއް ނޫނެވެ. ޢާންމު ރައްޔިތުންނަށް ނޭނގި ތިބެ، ސޯޝަލް މީޑިއާ ގްރޫޕްތަކުން ނުވަތަ ރައްޓެހިންގެ މެދުގައި ރަސްމީ ރޭޓަށް ވުރެ ބޮޑުކޮށް (މިސާލަކަށް 17، 19 ނުވަތަ 21 ރުފިޔާއަށް) ޑޮލަރު ގަނެވިއްކުމަކީ ވެސް މި ޤާނޫނުގެ ދަށުން ބޮޑު ކުށެކެވެ. މިއަދު މިފަދަ މުޢާމަލާތްތައް ހިންގުމަކީ އިޤްތިޞާދަށް ލިބޭ ބޮޑު ގެއްލުމަކަށް ވުމުގެ އިތުރުން، މަނީ ލޯންޑްރިންގްގެ ކުށެއްގެ ގޮތުގައި ބެލެވުމުގެ ފުރުޞަތު އޮތް ކަމެކެވެ. 

ދިވެހި ކޮންމެ ރައްޔިތަކު ވެސް ޤާނޫނަށް ބޯލަނބައި، ބޭރު ފައިސާގެ މުޢާމަލާތްތައް ހަމައެކަނި ހުއްދަދެވިފައިވާ ބޭންކުތަކާއި މަނީ އެކްސްޗޭންޖްތައް މެދުވެރިކޮށް ރަސްމީ އަގުގައި ހިންގުމަށް ސަމާލުވާންޖެހެއެވެ. ނޭނގި ހުރެ ކުރެވޭ ކަމަކުން ވެސް އަމިއްލަ ނަފްސު ބޮޑު ޖޫރިމަނާއަކާއި ޤާނޫނީ ފިޔަވަޅަކަށް ހުށަހެޅިގެން ދިއުމަކީ އެއްވެސް މީހަކު އެދޭނެ ގޮތެއް ނޫނެވެ

ޑޮލަރުޑޮލަރުގެ ކަޅު ބާޒާރު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރިޕޯޓް: ޒަރޫރީ ބޭނުންތަކަށް ރަސްމީ ރޭޓުގައި ދިވެހިންނަށް ޑޮލަރު ލިބޭ

ރިޕޯޓް: ޒަރޫރީ ބޭނުންތަކަށް ރަސްމީ ރޭޓުގައި ދިވެހިންނަށް ޑޮލަރު ލިބޭ

19 ގަޑިއިރު ކުރިން - 14:50

ރުފިޔާގެ ޑިމާންޑް މަތިކުރަން މުސާރަތައް ވެސް ދިވެހި ފައިސާއިން ދޭ ގޮތަށް ބަދަލުކުރަން ޖެހޭ: މުނައްވަރު

މުސާރަތައް ވެސް ދިވެހި ފައިސާއިން ދޭ ގޮތަށް ބަދަލުކުރަން ޖެހޭ: މުނައްވަރު

20 ގަޑިއިރު ކުރިން - 14:18

ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން 40 ޕަސެންޓު ބޭންކުތަކަށް މާރުކުރަންޖެހޭ ގޮތަށް ގާނޫނު އިސްލާހު ކުރަނީ

40 ޕަސެންޓު ބޭންކުތަކަށް މާރުކުރަންޖެހޭ ގޮތަށް ގާނޫނު އިސްލާހު ކުރަނީ

20 ގަޑިއިރު ކުރިން - 13:54

މިދިޔަ ނުވަ މަސްދުވަސްތެރޭ ގަވާއިދާ ހިލާފަށް 77 މިލިއަން ޑޮލަރު ކަޅުބާޒާރުގައި ވިއްކާފައިވޭ: އިހުސާން

"ނުވަ މަސްދުވަސްތެރޭ ގަވާއިދާ ހިލާފަށް 77 މިލިއަން ޑޮލަރު ކަޅުބާޒާރުގައި ވިއްކާފައިވޭ"

21 ގަޑިއިރު ކުރިން - 13:11

ބޭރު ފައިސާ މާރުކުރުމުގެ ގަވާއިދަށް އެއްވެސް ވަރަކަށް އަމަލުނުކުރާ ދެ ރިސޯޓެއްގެ ނަން އެމްއެމްއޭ އިން އާންމުކޮށްފި

ބޭރު ފައިސާ މާރުކުރުމުގެ ގަވާއިދަށް އަމަލުނުކުރާ ދެ ރިސޯޓެއްގެ ނަން އާންމުކޮށްފި

1 ދުވަސް ކުރިން - 18:51

ގަވާއިދާ ޚިލާފަށް ޑޮލަރު މާރުކުރި އެކްސްޗޭންޖެއްގެ ލައިސަންސް އެމްއެމްއޭއިން ބާތިލްކޮށްފި!

ގަވާއިދާ ޚިލާފަށް ޑޮލަރު މާރުކުރި އެކްސްޗޭންޖެއްގެ ލައިސަންސް އެމްއެމްއޭއިން ބާތިލްކޮށްފި!

3 ދުވަސް ކުރިން - 16:40