Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ސަރުކާރުގެ ފިޔަވަޅުތަކުން ކަޅުބާޒާރުގެ ޑޮލަރުރޭޓް ތިރިވެއްޖެ!

ސަރުކާރުގެ ފިޔަވަޅުތަކުން ކަޅުބާޒާރުގެ ޑޮލަރުރޭޓް ތިރިވެއްޖެ!

ހުސައިން އިސްމާއިލް
5 ގަޑިއިރު ކުރިން - 14 ސެޕްޓެންބަރު 2026 19:05
އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު.
އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު.
ޚުލާސާ

ކަޅު ބާޒާރުގެ ރޭޓްތައް މިހާރު ތިރިވެފައި އޮތް އޮތުން ދާއިމީ ގޮތެއްގައި ހިފެހެއްޓުމަށްޓަކައި، ބޭރު ފައިސާގެ ޤަވާއިދުތަކަށް ގެންނަންޖެހޭ ޤާނޫނީ ބަދަލުތައް ގެނައުމުގެ މަސައްކަތް ބާރުމިނެއްގައި ކުރިއަށްދޭ.

ސަރުކާރުން އަޅަމުންދާ ހަރުދަނާ އަދި ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން، ކަޅު ބާޒާރުގައި ޑޮލަރުގެ އެކްސްޗޭންޖް ރޭޓް ވަރަށް ބޮޑަށް ތިރިވެ، މާލީ ނިޒާމަށް ބޮޑު ހަމަޖެހުމެއް ލިބެން ފަށާފައިވާކަން އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ސަޢީދު ވިދާޅުވީ، މިހާރު ބާޒާރުގައި ޑޮލަރުގެ ރޭޓް ހުރީ މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު، އަދި އިންތިޤާލީ މަރުޙަލާގައި ހުރި މިންވަރަށްވުރެ ވެސް ދަށުގައި ކަމަށެވެ. ބޭންކިންގ ނިޒާމުގެ ބޭރުން ޤަވާއިދާ ޚިލާފަށް ހިންގާ ބޭރު ފައިސާގެ މުއާމަލާތްތައް ހުއްޓުވުމަށް ފެށި މަސައްކަތުން ބޮޑު ކާމިޔާބީއެއް ލިބެމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި ހޯމް މިނިސްޓަރު ޢަލީ އިޙްސާން ވަނީ ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ ބްލެކް މާކެޓް ހިންގާ ފަރާތްތަކާ މެދު ސަލާމަތީ ބާރުތަކުން ހިންގަމުންދާ ޚާއްޞަ އޮޕަރޭޝަންތަކުގެ ތަފްޞީލު ޙިއްޞާކުރައްވާފައެވެ. މިގޮތުން، ލައިސަންސް ނެތި ޑޮލަރުގެ ވިޔަފާރި ކުރަމުންދިޔަ 12 ބިދޭސީއެއްގެ މައްސަލަ ބަލަމުންދާއިރު، އޭގެ ތެރެއިން 9 ބިދޭސީއަކު މިހާރު ވަނީ އިމިގްރޭޝަންގެ ބަންދަށް ގެންގޮސްފައިވާކަން ވަޒީރު ހާމަކުރެއްވިއެވެ. މީގެ އިތުރުން، ބޭންކުތަކުން ބޭރަށް ފޮނުވާ ބޮޑެތި ޓީޓީ ތަކުގެ ސައްހަކަން ކަށަވަރުކޮށް، މުދާ އެތެރެނުވާ މައްސަލަތައް ހުއްޓުވުމަށް ކަސްޓަމްސްއާ ގުޅިގެން ހަރުދަނާ ފާރަވެރިވުމުގެ ނިޒާމެއް ޤާއިމްކުރަމުންދާކަން ވެސް ފާހަގަކުރެއްވިއެވެ.

Advertisement

Advertisement 1

ބަންޑާރަނައިބު އަޙްމަދު އުޝާމް ވިދާޅުވީ، ކަޅު ބާޒާރުގެ ރޭޓްތައް މިހާރު ތިރިވެފައި އޮތް އޮތުން ދާއިމީ ގޮތެއްގައި ހިފެހެއްޓުމަށްޓަކައި، ބޭރު ފައިސާގެ ޤަވާއިދުތަކަށް ގެންނަންޖެހޭ ޤާނޫނީ ބަދަލުތައް ގެނައުމުގެ މަސައްކަތް ބާރުމިނެއްގައި ކުރިއަށްދާ ކަމަށެވެ. ޚާއްޞަކޮށް، މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީގެ ހުއްދައެއް ނެތި ޑޮލަރުގެ އަގުތައް މަތިކޮށް އިޝްތިހާރުކުރާ ފަރާތްތަކާ މެދު ޤާނޫނީ ގޮތުން ހަރުކަށި ފިޔަވަޅު އެޅުމަށް މުއައްސަސާތައް ގުޅިގެން ފްރޭމްވޯކެއް އެކުލަވާލަމުންދާކަން ހާމަކުރެއްވިއެވެ.

ދައުލަތުގެ ތިން ވުޒާރާ ގުޅިގެން އަޅަމުންދާ މި ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ ރަސްމީ މާލީ ނިޒާމު އިތުރަށް ވަރުގަދަވެ، ދިވެހި ވިޔަފާރިތަކަށް ފުރިހަމަ ރައްކާތެރިކަން ލިބިގެންދާނެ ކަމަށް ވަޒީރުން ވިދާޅުވިއެވެ.

މިނިސްޓަރު މުހައްމަދު ސައީދުޑޮލަރުޑޮލަރުގެ ކަޅު ބާޒާރު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މާލެ ތޮއްޖެހި ބާރުވަނީ! ކެރީން ކެޕޭސިޓީއަށްވުރެ 30000 އުޅަނދު އިތުރު!

މާލެ ތޮއްޖެހި ބާރުވަނީ! ކެރީން ކެޕޭސިޓީއަށްވުރެ 30000 އުޅަނދު އިތުރު!

5 ދުވަސް ކުރިން - 15:57

200 މިލިއަން ރުފިޔާއަށް ސިޓީކައުންސިލުން “ހަދާނަހަދާ” ނޭނގޭތީވެ ވަޒީރު ކަންބޮޑުވެއްޖެ

200 މިލިއަން ރުފިޔާއަށް ސިޓީކައުންސިލުން “ހަދާނަހަދާ” ނޭނގޭތީވެ ވަޒީރު ކަންބޮޑުވެއްޖެ

5 ދުވަސް ކުރިން - 15:47

އައު ގާނޫނުގެ ދަށުން 20 އަހަރުވީ އުޅަނދުތައް ނަގާނީ އެކަށީގެންވާ ބަދަލެއް ދިނުމަށްފަހު: މިނިސްޓަރު ސައީދު

މުސްކުޅި ވެހިކަލްތައް ނައްތާލާނީ ބަދަލު ދީފަ: މިނިސްޓަރު ސައީދު

5 ދުވަސް ކުރިން - 15:38

މާލޭގެ ޓްރެފިކް މައްސަލަތައް ހައްލުކުރުމަށްޓަކައި ޓްރެފިކް މޮނިޓަރިން ސެންޓަރެއް ޤާއިމުކުރުމަށް ނިންމައިފި

މާލޭގެ ޓްރެފިކް މައްސަލަ ހައްލުކުރުމަށް ޓްރެފިކް މޮނިޓަރިން ސެންޓަރެއް ހަދަނީ

5 ދުވަސް ކުރިން - 11:45

“ލޮޖިސްޓިކްސް ކުންފުނިތަކުގެ ނަމުގައި ރާއްޖޭގައި ސިއްރުން އޯޓީއޭ އެބަ ހިންގާ!”

“ލޮޖިސްޓިކްސް ކުންފުނިތަކުގެ ނަމުގައި ރާއްޖޭގައި ސިއްރުން އޯޓީއޭ އެބަ ހިންގާ!”

9 ދުވަސް ކުރިން - 12:32

ރާއްޖޭގެ މިނިވަންކަމަށާއި އިގްތިސާދަށް އޮތް އެންމެ ބޮޑު ބިރަކީ ގަވާއިދާ ހިލާފަށް އުޅޭ އެއްލައްކައެއްހާ ބިދޭސީން! - ޝާޒް ވަލީދު

އިގްތިސާދަށް އޮތް އެންމެ ބޮޑު ބިރަކީ ބިދޭސީން : ޝާޒް ވަލީދު

9 ދުވަސް ކުރިން - 10:08