Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން 40 ޕަސެންޓު ބޭންކުތަކަށް މާރުކުރަންޖެހޭ ގޮތަށް ގާނޫނު އިސްލާހު ކުރަނީ

ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން 40 ޕަސެންޓު ބޭންކުތަކަށް މާރުކުރަންޖެހޭ ގޮތަށް ގާނޫނު އިސްލާހު ކުރަނީ

އައިޝަތު ރުވާ ރިފްޢަތު
13 ގަޑިއިރު ކުރިން - 24 އޯގަސްޓް 2026 13:54
ރައީސް އޮފީހުން ބޭއްވި ޕްރެސްގައި ގަވަރުނަރު މުނައްވަރު ވާހަކަފުޅު ދައްކަވަނީ. / ފޮޓޯ: ރައީސް އޮފީސް
ރައީސް އޮފީހުން ބޭއްވި ޕްރެސްގައި ގަވަރުނަރު މުނައްވަރު ވާހަކަފުޅު ދައްކަވަނީ. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މުނައްވަރު ވިދާޅުވީ، އިމްޕޯޓަށް ބޭނުންވާ ޑޮލަރުގެ ދަތިކަން ހައްލުވާނީ މި ބަދަލުން ކަމަށެވެ. އަދި ބާކީ ހުންނަ ފައިސާ މޮނިޓާކުރާނެ ކަމަށް ވިދާޅުވި. ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ކަޅުބާޒާރުގައި ދައުރުވާ 90 ޕަސެންޓް ޑޮލަރަކީ މިފަދަ ވިޔަފާރިތަކުން ނެރޭ ފައިސާ ކަމަށް.

ރިސޯޓުތަކާއި ގެސްޓްހައުސްތައް ހިމެނޭހެން ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުން ކޮންމެ މަހަކު ލިބޭ އާމްދަނީގެ 40 އިންސައްތަ ރާއްޖޭގެ ބޭންކުތަކަށް މާރުކުރަން ޖެހޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން ނިންމައިފިއެވެ.

މިކަން ހާމަކުރެއްވީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހްމަދު މުނައްވަރު، ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ގަވަރުނަރު މުނައްވަރު ވިދާޅުވީ، ކުރިން އޮތް އުސޫލުގެ ދަށުން ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު ނުވަތަ އާމްދަނީގެ 20 ޕަސެންޓު މާރުކުރުމަށް އޮތް އިހުތިޔާރު އުވާލައި، އާމްދަނީގެ 40 ޕަސެންޓު ކޮންމެ މަހަކު ބޭންކުތަކަށް މާރުކުރުން ލާޒިމުކުރަން ގާނޫނަށް ގެންނަންޖެހޭ އިސްލާހު ވަރަށް އަވަހަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ. މީގެއިތުރުން، ބޭންކަށް މާރުކުރުމަށްފަހު ބާކީ ހުންނަ ފައިސާ ހޭދަކުރާ ގޮތް ބެލުމަށް މޮނިޓަރިން ނިޒާމު ހަރުދަނާ ކުރުމުގެ މާއްދާތައް ވެސް މި އިސްލާހުގައި ހިމެނޭނެ ކަމަށް ވިދާޅުވިއެވެ.

Advertisement

Advertisement 1

ރާއްޖޭގެ ވިޔަފާރިތަކަށް އިމްޕޯޓަށް ބޭނުންވާ ޑޮލަރު ނުލިބޭ މައްސަލައަށް ދާއިމީ ހައްލެއް ގެނެވޭނީ ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން ބޭންކިން ނިޒާމަށް ފައިސާ ޖަމާކޮށްގެން ކަމަށް ގަވަރުނަރު ފާހަގަކުރެއްވިއެވެ. އަދި މިދިޔަ މަހުގެ ނިޔަލަށް އެމްއެމްއޭއަށް މާރުކުރި ޑޮލަރުގެ 56 ޕަސެންޓު ހޭދަކޮށްފައިވަނީ ދައުލަތުގެ ދަރަނި ދެއްކުމަށް ކަމަށްވެސް ވިދާޅުވިއެވެ.

އެމްއެމްއޭގެ މައިގަނޑު އަމާޒަކީ ރާއްޖޭގައި ވިއްކާ ހުރިހާ މުދަލަކާއި ދޭ ހިދުމަތްތަކުގެ އަގު ދިވެހި ރުފިޔާއިން ކަނޑައެޅުން ކަމަށާއި، މިއީ ކުރީގެ ގަވަރުނަރުންވެސް ގެންގުޅުއްވި އަމާޒެއް ކަމަށް މުނައްވަރު ވިދާޅުވިއެވެ. މި ބަދަލުތައް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދެއްވާ އެއްބާރުލުމަށް ގަވަރުނަރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވީ، ރާއްޖޭގެ ކަޅުބާޒާރުގައި ދައުރުވާ ޑޮލަރުގެ 90 ޕަސެންޓަކީ ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކުން، ހާއްސަކޮށް ރިސޯޓުތަކުން ނެރޭ ފައިސާ ކަމަށެވެ. އަދި ގަވާއިދާ ހިލާފަށް މަނީ ޗޭންޖަރުން މެދުވެރިކޮށް ހިންގާ މިފަދަ މުއާމަލާތްތައް ތަހުގީގުކޮށް، ގާނޫނު ތަންފީޒުކުރުމުގެ ފިޔަވަޅުތައް އަޅަމުންދާ ކަމަށްވެސް ހާމަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީސްއަހްމަދު މުނައްވަރުއެމްއެމްއޭޑޮލަރުގެ ކަޅު ބާޒާރުޑޮލަރު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރިޕޯޓް: ޒަރޫރީ ބޭނުންތަކަށް ރަސްމީ ރޭޓުގައި ދިވެހިންނަށް ޑޮލަރު ލިބޭ

ރިޕޯޓް: ޒަރޫރީ ބޭނުންތަކަށް ރަސްމީ ރޭޓުގައި ދިވެހިންނަށް ޑޮލަރު ލިބޭ

12 ގަޑިއިރު ކުރިން - 14:50

ރުފިޔާގެ ޑިމާންޑް މަތިކުރަން މުސާރަތައް ވެސް ދިވެހި ފައިސާއިން ދޭ ގޮތަށް ބަދަލުކުރަން ޖެހޭ: މުނައްވަރު

މުސާރަތައް ވެސް ދިވެހި ފައިސާއިން ދޭ ގޮތަށް ބަދަލުކުރަން ޖެހޭ: މުނައްވަރު

12 ގަޑިއިރު ކުރިން - 14:18

މިދިޔަ ނުވަ މަސްދުވަސްތެރޭ ގަވާއިދާ ހިލާފަށް 77 މިލިއަން ޑޮލަރު ކަޅުބާޒާރުގައި ވިއްކާފައިވޭ: އިހުސާން

"ނުވަ މަސްދުވަސްތެރޭ ގަވާއިދާ ހިލާފަށް 77 މިލިއަން ޑޮލަރު ކަޅުބާޒާރުގައި ވިއްކާފައިވޭ"

14 ގަޑިއިރު ކުރިން - 13:11

ބޭރު ފައިސާ މާރުކުރުމުގެ ގަވާއިދަށް އެއްވެސް ވަރަކަށް އަމަލުނުކުރާ ދެ ރިސޯޓެއްގެ ނަން އެމްއެމްއޭ އިން އާންމުކޮށްފި

ބޭރު ފައިސާ މާރުކުރުމުގެ ގަވާއިދަށް އަމަލުނުކުރާ ދެ ރިސޯޓެއްގެ ނަން އާންމުކޮށްފި

1 ދުވަސް ކުރިން - 18:51

ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް ފޮރ ނޭޝަނަލް ޓެރިޓަރީ އެންޑް ސޮވަރިންޓީގެ މަގާމަށް އާޒިމާ ޝަކޫރު އައްޔަންކުރައްވައިފި

ރައީސް އޮފީހުގެ މިނިސްޓަރު ފެންވަރުގެ މަގާމަކަށް އާޒިމާ ޝަކޫރު އައްޔަނުކުރައްވައިފި

1 ދުވަސް ކުރިން - 18:36

ގަވާއިދާ ޚިލާފަށް ޑޮލަރު މާރުކުރި އެކްސްޗޭންޖެއްގެ ލައިސަންސް އެމްއެމްއޭއިން ބާތިލްކޮށްފި!

ގަވާއިދާ ޚިލާފަށް ޑޮލަރު މާރުކުރި އެކްސްޗޭންޖެއްގެ ލައިސަންސް އެމްއެމްއޭއިން ބާތިލްކޮށްފި!

3 ދުވަސް ކުރިން - 16:40