Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރިސޯޓުތަކުން 40 ޕަސެންޓު މާރުކުރިޔަސް މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުން ހުއްޓާލައިގެން ނުވާނެ: ރައީސް

ރިސޯޓުތަކުން 40 ޕަސެންޓު މާރުކުރިޔަސް މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުން ހުއްޓާލައިގެން ނުވާނެ: ރައީސް

އައިޝަތު އިމްސާ
1 ގަޑިއިރު ކުރިން - 31 އޯގަސްޓް 2026 14:46
ރައީސް ޑރ. މުހައްމަދު މުއިއްޒު. / ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ. މުހައްމަދު މުއިއްޒު. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މި ބަދަލާއެކު އިމްޕޯޓަށާއި ޓީޓީ ހެދުމަށް ލުއިތަކެއް ލިބޭނެ ކަމަށާއި، ލޯނުތަކާއި ހަރަދުތައް ބަލަހައްޓަން އެއްވެސް ދައްޗެއް ނުވާނެ ކަމަށް ރައީސް ވިދާޅުވި. މި ގާނޫނާ ގުޅިގެން ރިސޯޓުތަކުން ޑޮލަރުން މުސާރަ ނުދެވޭނެ ކަމަށް ބުނާތީ މުވައްޒަފުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ 40 އިންސައްތަ މާރުކުރަން ޖެހުނު ނަމަވެސް، މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުން ހުއްޓާލައިގެން ނުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވި ރަސްމިއްޔާތެއްގައި "ބޭރު ފައިސާއާ ބެހޭ ބިލު" ތަސްދީގުކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކުރިން ރިސޯޓުތަކުން ބޮލަކަށް 500 ޑޮލަރު މާރުކުރަން އޮތް އޮތުން ބަދަލުވެ، މާދަމާއިން ފެށިގެން ޖުމްލަ އާމްދަނީގެ 40 އިންސައްތަ ބޭންކުތަކަށް މާރުކުރަން ޖެހޭނެ ކަމަށެވެ. ނަމަވެސް، ގެސްޓްހައުސްތަކާއި މި ދާއިރާގައި މަސައްކަތްކުރާ ދިވެހިންނަށް މިހާރު އޮތް މިންވަރަށް ބަދަލެއް ނާންނާނެ ކަމުގައި ވިދާޅުވިއެވެ.

މި އިސްލާހާއެކު އެމްއެމްއޭ މެދުވެރިކޮށް އަސާސީ މުދާ އިމްޕޯޓްކުރުމަށާއި ވިޔަފާރިވެރިންނަށް ޓީޓީ ހެދުމުގައި ބޮޑެތި ލުއިތަކެއް ލިބޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. ރައީސް ފާހަގަކުރެއްވި ގޮތުގައި ފަތުރުވެރިކަމުން މިދިޔަ އަހަރު 5.6 ބިލިއަން ޑޮލަރު ލިބުނުއިރު، ރާއްޖޭގެ ބޭންކިން ނިޒާމަށް ވަނީ މީގެން 3.8 ބިލިއަން ޑޮލަރެވެ. އަދި އޭގެ ތެރެއިން މާރުކޮށްފައިވަނީ އެންމެ 21 އިންސައްތައެވެ.

Advertisement

Advertisement 1

"ރިސޯޓުތައް ހަދަން ނަގާފައިވާ ލޯނުތައް ދެއްކުމަށް، ނުވަތަ މުވައްޒަފުންނަށް މުސާރަ ދިނުމަށް، ނުވަތަ އޮޕަރޭޝަނަލް ޚަރަދުތަކަށް އެއްވެސް ދައްޗެއް ނުވާނެ ސާޅީސް އިންސައްތަ މާރުކޮށްގެން. އެއީ ޔަގީންކަމެއް،" ކަމާބެހޭ އިދާރާތަކުން ދިރާސާކުރުމަށްފަހު ގެނައި މި ބަދަލާ މެދު ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ މުވައްޒަފުންގެ މުސާރައާއި ލޯނުތައް ދެއްކުމަށްފަހުވެސް 40 އިންސައްތަ މާރުކުރެވޭނެ ތަނަވަސްކަން ހުންނާނެކަން ފާހަގަކުރައްވައި، ޑޮލަރުން މުސާރަ ދިނުން ހުއްޓާލުމަށް އެއްވެސް އުޒުރެއް ނެތް ކަމަށް ވިދާޅުވެފައެވެ.

މި ގާނޫނާއެކު ޑޮލަރުން މުސާރައާއި ސާވިސް ޗާޖު ނުދެވޭނެކަން ރިސޯޓުތަކުން އަންގަމުންދާތީ، އެކަމާ ދެކޮޅަށް މުވައްޒަފުން ވަނީ ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފައެވެ. އޭގެ އިތުރުން، 2030 އާ ހަމައަށްދާއިރު ރާއްޖޭގެ އެތެރޭގެ މުއާމަލާތްތައް ދިވެހި ރުފިޔާއަށް ބަދަލުކުރުމަކީ އެމްއެމްއޭގެ އަމާޒެއް ކަމަށް ގަވަރުނަރު އަޙްމަދު މުނައްވަރުވެސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުރިސޯޓުފަތުރުވެރިކަންޑޮލަރުޑޮލަރުގެ ކަޅު ބާޒާރު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މަގުމަތީގެ ނިޒާމަށް ބޮޑެތި ބަދަލުތަކާއި އެކު އެއްގަމު ދަތުރުފަތުރުގެ އާ ގާނޫނު ރައީސް ތަސްދީގުކުރައްވައިފި

ހަރުކަށި އުސޫލުތަކާއެކު އެއްގަމު ދަތުރުފަތުރުގެ އާ ގާނޫނު ރައީސް ތަސްދީގުކުރައްވައިފި

5 މިނެޓު ކުރިން - 15:43

ފަޅުރަށްރަށާއި ފަޅު ކުއްޔަށްދިނުމާބެހޭ ބިލު ރައީސް ތަސްދީޤުކުރައްވައިފި؛ ކުލީގެ ރޭޓުތަކަށް ބޮޑު ބަދަލެއް

ފަޅުރަށްރަށާއި ފަޅު ކުއްޔަށްދިނުމާބެހޭ ބިލު ރައީސް ތަސްދީޤުކުރައްވައިފި

36 މިނެޓު ކުރިން - 15:12

ރައީސް ޑރ. މުއިއްޒަށް ބޮޑު ދައުރެއް ލިބިވަޑައިގަތުމުން ތަރައްގީގެ ތަފާތު އިތުރަށް ފެނިގެންދާނެ: ޝިޔާމް

"ރައީސް މުއިއްޒަށް ބޮޑު ދައުރެއް ލިބިވަޑައިގަތުމުން ތަރައްގީގެ ތަފާތު އިތުރަށް ފެނިގެންދާނެ"

19 ގަޑިއިރު ކުރިން - 20:10

ރާއްޖޭގައި އިންޖިނިއަރިން ދާއިރާއިން ދިރާސާތައް ކުރެވޭނެ އެންމެ މަތީ ފެންވަރުގެ ލެބޯޓަރީއެއް ގާއިމުކުރަން ނިންމަވައިފި

އިންޖިނީރިންގެ ދާއިރާއިން ތަހުލީލާއި ދިރާސާކުރާނެ ލެބޯޓާރީއެއް ގާއިމުކަރަނީ

19 ގަޑިއިރު ކުރިން - 19:52

ރައީސް ތިލަމާލެ ބްރިޖުން ވިލިމާލެއަށް ފައިމަގުގައި ވަޑައިގެންފި: މުޅި މަޝްރޫއު އަހަރެއްހާ ދުވަހުގެ ތެރޭގައި ނިމޭނެ

ރައީސް ތިލަމާލެ ބްރިޖުން ވިލިމާލެއަށް ފައިމަގުގައި ވަޑައިގެންފި

19 ގަޑިއިރު ކުރިން - 19:49

އިންޖިނީރިންގއަކީ ކަމެއްވުމާއި ނުވުމާ ދެމެދުގެ ފަރަގު: ހައުސިން މިނިސްޓަރު

އިންޖިނީރިންގްއަކީ ކަމެއްވުމާއި ނުވުމާ ދެމެދުގެ ފަރަގު: ހައުސިން މިނިސްޓަރު

1 ދުވަސް ކުރިން - 11:32