Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ސްޓޭޓް މިނިސްޓަރު ޑރ. ފައިރޫޝް މަގާމުން އިސްތިއުފާ ދެއްވައިފި

ސްޓޭޓް މިނިސްޓަރު ޑރ. ފައިރޫޝް މަގާމުން އިސްތިއުފާ ދެއްވައިފި

އައިޝަތު ރުވާ ރިފްޢަތު
11 ގަޑިއިރު ކުރިން - 13 އޯގަސްޓް 2026 10:50
ޑރ. ފައިރޫޝް---
ޑރ. ފައިރޫޝް---
ޚުލާސާ

ފުލުހުންގެ ދާއިރާގައި 20 އަހަރަށްވުރެ ގިނަ ދުވަހު އުޅުއްވި ފައިރޫޝް މަގާމުން ވަކިވެވަޑައިގަތީ ދެ އަހަރެއްހާ ދުވަހު ސްޓޭޓް މިނިސްޓަރުކަން ކުރެއްވުމަށްފަހު. އޭނާ ވިދާޅުވީ މިއީ މި ބާބު ނިންމާލުމަށް އެންމެ ރަނގަޅު ވަގުތު ކަމަށް. ނަމަވެސް އިސްތިއުފާ ދެއްވި ސީދާ ސަބަބެއް ހާމައެއް ނުކުރައްވާ.

މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ. އަބްދުﷲ ފައިރޫޝް، މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ޑރ. ފައިރޫޝް އިސްތިއުފާ ދެއްވިކަން އިއުލާނު ކުރެއްވީ މިއަދު ހެނދުނުގެ ވަގުތެއްގައި އެކްސް މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ވިދާޅުވީ، ވަރަށް ފުންކޮށް ވިސްނެވުމަށްފަހު މަގާމުން އިސްތިއުފާ ދެއްވުމަށް ނިންމެވީ ކަމަށާއި، މިއީ އޭނާގެ ދައުލަތުގެ ހިދުމަތުގެ މި ބާބު ނިންމާލުމަށް އެންމެ ރަނގަޅު ވަގުތު ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި ދައުލަތަށް ހިދުމަތް ކުރުމުގެ ފުރުސަތު ލިބިވަޑައިގަތުމުން އެކަމަށްޓަކައި ޝުކުރު އަދާކުރައްވައި، މަސައްކަތުގައި އެކުގައި އުޅުއްވި މުވައްޒަފުންނާއި މުއައްސަސާތަކަށްވެސް ޝުކުރު އަދާކުރެއްވިއެވެ.

Advertisement

Advertisement 1

ޑރ. ފައިރޫޝް ހޯމްލޭންޑް ސެކިއުރިޓީގެ ސްޓޭޓް މިނިސްޓަރު ކަމަށް އައްޔަން ކުރެއްވީ އޮކްޓޯބަރު 2024 ގައެވެ. އޭގެ ކުރިން އޭނާ ވަނީ މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރުކަންވެސް ކުރައްވާފައެވެ.

ސަލާމަތީ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވާފައިވާ ފައިރޫޝް ވަނީ މީގެ ކުރިން މޯލްޑިވްސް ޕޮލިސް ސާވިސްގައި 20 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައެވެ. ފުލުހުންގެ އިސް މަގާމުތަކެއް ފުރުއްވައި، އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕޮލިސްގެ ރޭންކުގައި ހުންނަވައި އޭނާ ރިޓަޔަރ ކުރެއްވީ ޖެނުއަރީ 2021 ގައެވެ. އޮސްޓްރޭލިއާގެ މެކުއަރީ ޔުނިވަރސިޓީން ޕޮލިސިންގ، އިންޓެލިޖެންސް އަދި ކައުންޓަރ ޓެރަރިޒަމްގެ ދާއިރާއިން ޕީއެޗްޑީ ހާސިލުކުރައްވާފައިވާ ފައިރޫޝްއަކީ މި ދާއިރާތަކުން ދިރާސީ ކަރުދާސްތައްވެސް ޝާއިއުކުރައްވާފައިވާ ބޭފުޅެކެވެ.

ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ދުވަސްވަރު، ޓެރަރިޒަމާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކާއި، އިންސާނީ ވަގުފާފާ ހުއްޓުވުމާއި، ބައިނަލްއަގުވާމީ ކުށްތަކާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގައި ރާއްޖެ ތަމްސީލުކުރެއްވުމުގައި އޭނާ އިސް ދައުރެއް އަދާކުރެއްވިއެވެ.

ފައިރޫޝް މަގާމުން އިސްތިއުފާ ދެއްވުމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީން ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަދި ރަސްމީކޮށް އެއްޗެއް ވިދާޅެއް ނުވެއެވެ. އަދި އޭނާ އިސްތިއުފާ ދެއްވި ސީދާ ސަބަބެއް ނުވަތަ ކުރިއަށް އޮތް ތަނުގައި ކުރައްވާނެ ކަމެއްވެސް ހާމަކުރައްވާފައެއް ނުވެއެވެ.

މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޯލޮޖީޑރ. ފައިރޫޝް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ގޭންގުތަކުން ރަށުތެރޭގެ އަމަންނަގާލުން ބޮޑުތަނުން ކޮންޓްރޯލްކުރެވިއްޖެ: އިހުސާން

ގޭންގުތަކުން ރަށުތެރޭގެ އަމަންނަގާލުން ބޮޑުތަނުން ކޮންޓްރޯލްކުރެވިއްޖެ: އިހުސާން

45 ދުވަސް ކުރިން - 09:03

ގަވާއިދާ ހިލާފުވާ ހުރިހާ ބިދޭސީން ޑީޕޯޓް ކުރަނީ

ގަވާއިދާ ހިލާފުވާ ހުރިހާ ބިދޭސީން ޑީޕޯޓް ކުރަނީ

92 ދުވަސް ކުރިން - 09:33

މޯލްޑިވްސް ޑިޖިޓަލް ސަމިޓް މި މަހުގެ 27 ގައި ބާއްވަން ތައްޔާރުވެއްޖެ

މޯލްޑިވްސް ޑިޖިޓަލް ސަމިޓް މިމަހުގެ 27 ގައި

108 ދުވަސް ކުރިން - 08:52

ގަވައިދާ އެއްގޮތަށް އުޅޭ ބިދޭސީންގެ އަދަދު 62 ޕަސެންޓަށް އިތުރުވެއްޖެ: މިނިސްޓަރު އިހުސާން

62 ޕަސެންޓް ބިދޭސީންގެ ތިބީ ގަވާއިދާ އެއްގޮތަށް

112 ދުވަސް ކުރިން - 13:20

ބުލީކުރާ ފަރާތްތަކާ މެދު ޖިނާއީ ފިޔަވަޅު އެޅުމަށް އޭޖީ އޮފީހާއެކު މަސައްކަތް ފަށައިފި

ބުލީކުރާ ފަރާތްތަކަށް ޖިނާއީ ފިޔަވަޅު އެޅުމަށް މަސައްކަތްކުރަނީ

112 ދުވަސް ކުރިން - 12:23

ދަނާލުގައި މަރުވި ޒުވާނާ ފުލުހުންނަށް ގުޅިކަމަށް ބުނެ ފަތުރަނީ ދޮގު ވާހަކަތަކެއް: އިހްސާން

"ދަނާލުގައި މަރުވި ޒުވާނާ ފުލުހުންނަކަށް ނުގުޅާ"

112 ދުވަސް ކުރިން - 12:17