Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ގޭންގުތަކުން ރަށުތެރޭގެ އަމަންނަގާލުން ބޮޑުތަނުން ކޮންޓްރޯލްކުރެވިއްޖެ: އިހުސާން

ގޭންގުތަކުން ރަށުތެރޭގެ އަމަންނަގާލުން ބޮޑުތަނުން ކޮންޓްރޯލްކުރެވިއްޖެ: އިހުސާން

އައިޝަތު ރުވާ ރިފްޢަތު
45 ދުވަސް ކުރިން - 29 ޖޫން 2026 09:03
ރައީސް ޑރ. މުއިއްޒު އާއި ހޯމް މިނިސްޓަރު އަލީ އިހުސާން---
ރައީސް ޑރ. މުއިއްޒު އާއި ހޯމް މިނިސްޓަރު އަލީ އިހުސާން---
ޚުލާސާ

އަންނަ އަހަރު މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށް "ޑްރޯން ފަސްޓް ރެސްޕޮންޑާ" ފަދަ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ވަރުގަދަ ނަތީޖާ ނެރޭނެ ކަމަށާއި، ކުށުގެ ވެށީގައި އުޅޭ މީހުން އަލުން މުޖުތަމައަށް ނެރުމަށާއި، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ފޮނުވާލުމަށް ހާއްސަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި.

މިހާތަނަށް ސަރުކާރުން ކުރި މަސައްކަތްތަކުން ގޭންގުހަދައިގެން ރަށުތެރޭގެ އަމަންނަގާލަމުން އައި އައުން ބޮޑުތަނުން ކޮންޓްރޯލްކުރެވިފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ދިވެހި ފުލުހުންގެ ހޮދުމަތުގެ 93 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިހުސާން ވިދާޅުވީ، މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތައް ހުއްޓުވުމަށް ކުރާ މަސައްކަތުގެ ފުރިހަމަ ނަތީޖާ އަންނަ އަހަރު ހާސިލުވާނެ ކަމަށެވެ. އަދި އަންނަ އަހަރަކީ މިފަދަ ވިޔަފާރިކުރާ މީހުންނަށް ޓާގެޓްކޮށްގެން ފުލުހުން ކުރާ މަސައްކަތް އިތުރު "ގިއަރަކަށް" ބަދަލުކޮށް، ވަރުގަދަ ނަތީޖާއެއް ނެރޭނެ އަހަރެއް ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ، ކުރިއަށް އޮތް އަހަރަކީ ކުށުގެ މާހައުލުގައި ހަރަކާތްތެރިވާ މީހުން އެ މާހައުލުން ދުރުކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރާނެ އަހަރެއް ކަމަށެވެ. މިއީ ރައީސުލްޖުމްހޫރިއްޔާގެ ތަރައްގީގެ ސިޔާސަތުގެ ތެރޭގައި ހިމެނޭ 'ސިކުންޑިއާއި ނަފްސު ތަރައްގީކުރުމުގެ ސިޔާސަތު'ގެ ދަށުން ކުރިއަށްގެންދާ މަސައްކަތެއްކަން ފާހަގަކުރައްވައި، މިނިސްޓަރު ވިދާޅުވީ އަމާޒަކީ ކުށުގެ ވެށީގައި ތިބޭ ކުދިން އަލުން އަނބުރާ މުޖުތަމައަށް އައިސް އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެ މަގު ފަހިކޮށްދިނުން ކަމަށެވެ.

Advertisement

Advertisement 1

ފުލުހުންގެ ހިދުމަތަށް ޒަމާނީ ބަދަލުތައް ގެނައުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ، އަންނަ އަހަރު ފުލުހުންގެ އޮޕަރޭޝަންތަކުގައި "ޑްރޯން އެޒް ފަސްޓް ރެސްޕޮންޑާ" ގެ ހިދުމަތް ތައާރަފްކުރާނެ ކަމަށެވެ. މި ހިދުމަތުގެ ސަބަބުން ކުށެއް ރިޕޯޓްކުރުމާއެކު ޑްރޯން މެދުވެރިކޮށް އެ ސަރަހައްދެއްގެ ހާލަތު ވަގުތުން ބަލައި، ފުލުހުންނަށް އިތުރަށް ހަލުވިކަމާއެކު ހަރަކާތްތެރިވެވޭނެއެވެ. މީގެ އިތުރުން 911 ރެސްޕޮންސް ސެންޓަރުގެ ގާބިލުކަން އިތުރުކޮށް، އެހީއަށް އެދޭ ފަރާތުގެ ލޮކޭޝަން ވަގުތުން ދެނެގަނެވޭނެ ނިޒާމެއް ގާއިމްކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ސައިބަރ ކްރައިމް އަދި އޮންލައިން ފްރޯޑް ފަދަ ޓެކްނޮލޮޖީގެ އެހީގައި ހިންގާ ކުށްތަކަށް އަލިއަޅުވާލައްވަމުން މިނިސްޓަރު ވިދާޅުވީ، މިފަދަ ގޮންޖެހުންތަކާ ކުރިމަތިލުމަށް ފުލުހުންނަށް ބޭނުންވާ އެންމެ ޒަމާނީ ވަސީލަތްތައް ސަރުކާރުން ފޯރުކޮށްދޭނެ ކަމަށެވެ. އެގޮތުން ޓެކްނޮލޮޖީ ހޯސްޓްކުރުމަށް ޒަމާނީ ޑޭޓާ ސެންޓަރެއްގެ މަސައްކަތް މިހާރު ފެށިފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

ފުލުހުންގެ އިންފްރާސްޓްރަކްޗާ ތަރައްގީކުރުމުގެ މަޝްރޫއާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ، މި ސަރުކާރު އައިއިރު ފުލުހުންގެ އަމިއްލަ މަރުކަޒު ހުރީ އެންމެ 17 ރަށުގައި ކަމަށާއި، ނަމަވެސް ފާއިތުވި އަހަރު އެކަނިވެސް 5 މަރުކަޒެއްގެ މަސައްކަތް ނިންމައި ހިދުމަތް ދޭން ފަށާފައިވާ ކަމަށެވެ. އަދި މި ދައުރު ނިމުމުގެ ކުރިން ފުލުހުން ގާއިމްވެތިބޭ ހުރިހާ ރަށެއްގައި އެކަށީގެންވާ ފެންވަރުގެ މަރުކަޒުތައް ހުންނާނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.

މީގެ އިތުރުން، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރިއަށް އޮތް އަހަރު ހާއްސަ މަސައްކަތްތަކެއް ކުރެވޭނެ ކަމަށާއި، ބަޔޯމެޓްރިކްސް ނުދީ ފިލައިގެން އުޅޭ 2,000 އެއްހާ ބިދޭސީން ހޯދައި ޑީޕޯޓްކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށްވެސް މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.

މިނިސްޓަރު އަލީ އިހުސާންގޭންގުމޯލްޑިވްސް ޕޮލިސް ސަރވިސްމިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޯލޮޖީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ސްޓޭޓް މިނިސްޓަރު ޑރ. ފައިރޫޝް މަގާމުން އިސްތިއުފާ ދެއްވައިފި

ސްޓޭޓް މިނިސްޓަރު ޑރ. ފައިރޫޝް މަގާމުން އިސްތިއުފާ ދެއްވައިފި

12 ގަޑިއިރު ކުރިން - 10:50

މިނިސްޓްރީތަކުގައި ރޯވީ ކަރަންޓުގެ މައްސަލައަކުންކަން ހާމަވެއްޖެ!

މިނިސްޓްރީތަކުގައި ރޯވީ ކަރަންޓުގެ މައްސަލައަކުންކަން ހާމަވެއްޖެ!

2 ދުވަސް ކުރިން - 11:58

ސަޕްލައި ދޯންޏެއް އަޑިއަށް ގޮސް، ސިފައިންގެ ބޭކަލަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕި ގެއްލިއްޖެ

ސަޕްލައި ދޯންޏެއް އަޑިއަށް ގޮސް، ތިން މީހަކު ގެއްލިއްޖެ

7 ދުވަސް ކުރިން - 08:24

މިދިޔަ ޖުލައި މަހު 180 ސްކޭމް މައްސަލަ!

މިދިޔަ މަހު 180 ސްކޭމް މައްސަލަ!

8 ދުވަސް ކުރިން - 12:31

ފެނެކައިގެ ޕްރޮމޯޝަންތަކުގެ މައްސަލަ އޭސީސީއާއި ފުލުހަށް ހުށަހަޅަން ފާސްކޮށްފި

ފެނެކައިގެ ޕްރޮމޯޝަންތަކުގެ މައްސަލަ އޭސީސީއާއި ފުލުހަށް ހުށަހަޅަން ފާސްކޮށްފި

10 ދުވަސް ކުރިން - 14:32

ލޭންޑިންގ ކްރާފްޓުން ގެއްލުނު ދެ ބިދޭސީން ހޯދުމުގެ މަސައްކަތް ފަށައިފި

ލޭންޑިންގ ކްރާފްޓުން ގެއްލުނު ދެ ބިދޭސީން ހޯދުމުގެ މަސައްކަތް ފަށައިފި

13 ދުވަސް ކުރިން - 14:41