ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި 65 އަހަރުގެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މަޢުލޫމާތު ދެއްވިގޮތުގައި، މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ / ވެހެތާނުގޭ ޢަބްދުﷲ ޞާދިޤެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ މި މަހުގެ 17 ވަނަ ދުވަހު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުންނެވެ. މި މައްސަލައިގައި ހައްޔަރުކުރެވުނު ޢަބްދުﷲ ޞާދިޤުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާ 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރު ކޮށްފައިވެއެވެ.
ފުލުހުން ވިދާޅުވިގޮތުގައި، ޢަބްދުﷲ ޞާދިޤު ރާއްޖެއަށް އެތެރެކޮށްފައިވާ މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި 349 ގުރާމު ހުއްޓެވެ. މި މައްސަލައިގެ ތަޙުޤީޤު ފުލުހުން ދަނީ ކުރިއަށް ގެންދަވަމުންނެވެ.








