Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ކުދި ޖަޒީރާ ޤައުމުތަކުގެ ދަރަނި ދެއްކުމަށް ދެމެހެއްޓެނިވި ހައްލު ހޯދަން ރައީސް ގޮވާލައްވައިފި

ކުދި ޖަޒީރާ ޤައުމުތަކުގެ ދަރަނި ދެއްކުމަށް ދެމެހެއްޓެނިވި ހައްލު ހޯދަން ރައީސް ގޮވާލައްވައިފި

އާނާ ފަހީމް
735 ދުވަސް ކުރިން - 21 ސެޕްޓެންބަރު 2024 22:02
ރައީސް ޑރ. މުޙައްމަދު މުޢިއްޒު
ރައީސް ޑރ. މުޙައްމަދު މުޢިއްޒު
ޚުލާސާ

އދ.ގެ އާންމު މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން ބޭއްވުނު ސިޑްސްގެ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ކުދި ޖަޒީރާ ޤައުމުތަކުގެ އިޤްތިޞާދު ސިންދަފާތުކުރުމާއި ދަރަނި ދެއްކުމަށް ދެމެހެއްޓެނިވި ހައްލުތަކެއް ހޯދުމުގެ މުހިންމުކަން ފާހަގަކުރައްވާފަ.

ކުދި ޖަޒީރާ ޤައުމުތަކުގެ ދަރަނި ދެއްކުމަށް ދެމެހެއްޓެނިވި ހައްލުތަކެއް ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އދ.ގެ އާންމު މަޖިލީހުގެ ބައްދަލުވުމުގެ ކުރިން ބޭއްވުނު ސިޑްސްގެ ބައްދަލުވުމެއްގައި ގޮވާލައްވައިފިއެވެ.

ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކުދި ޖަޒީރާ ޤައުމުތަކުގެ އިޤްތިޞާދުތައް ބަރޯސާވެފައިވަނީ މަދު ސިނާޢަތްތަކެއްގެ މައްޗަށް ކަމަށާއި، އިޤްތިޞާދު ސިންދަފާތުކުރުމަކީ ހަމައެކަނި އަމާޒެއް ނޫން ކަމަށެވެ. އެއީ މި ޤައުމުތަކުގެ ދެމިއޮތުމަށް ކޮންމެހެން ކުރަކުރަންޖެހޭ ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގެ ތެރެއިން "ސަމިޓް އޮފް ދަ ފިއުޗަރ"ގައި ބައިވެރިވެވަޑައިގަންނަވާ އެ ސަމިޓުގެ މުހިންމު މަޝްވަރާތަކުގެ ރިޔާސަތުވެސް އެމަނިކުފާނު ބެލެހެއްޓެވުމަށްވަނީ ހަމަޖެހިފައެވެ. އަދި ސަމިޓުގެ ހަވާސާގައި ކުރިއަށްދާ ޙަރަކާތްތަކުގައިވެސް ބައިވެރިވެވަޑައިގަތުމަށްވަނީ ހަމަޖެހިފައެވެ.

Advertisement

Advertisement 1

މީގެއިތުރުން ދައުލަތްތަކާއި ޤައުމުތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާ ބައިލެޓްރަލް އަދި މަލްޓިލެޓްރަލް މަޝްވަރާތައް ކުރިއަށްގެންދިޔުމަށް ވެސް ވަނީ ނިންމަވާފައެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އދ.ގެ އާންމު މަޖިލީހުގައި ބައިވެރިވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

ޚާއްޞަ ކަމެއްގެ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ އދ.ގެ ސެކިއުރިޓީ ކައުންސިލްގައި ހުޅުވާލާފައިވާ ބަހުޘްގައި ތަޤުރީރުކުރައްވާނެއެވެ. މިއީ ރާއްޖޭގެ ރައީސަކު އދ.ގެ ސެކިއުރިޓީ ކައުންސިލްގައި ތަޤުރީރުކުރައްވާ ފުރަތަމަ ފަހަރެވެ. މި ދަތުރުފުޅު ދިމާވަނީ ދިވެހިރާއްޖެ އދ.ގެ މެންބަރު ޤައުމަކަށް ވީތާ 59 އަހަރު ފުރޭ މުނާސަބަތާ ވެސް މެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ހަރުދަނާކޮށް، ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ރާއްޖޭގެ މަޤާމު ވަރުގަދަކުރުމަށް މުހިންމު ފުރުޞަތެއް ކަމަށް ސަރުކާރުން ދެކެއެވެ. އަދި މި ދަތުރުފުޅުގެ ސަބަބސަބަބުން ރާއްޖެއަށް އިތުރު އިންވެސްޓްމަންޓްތަކާއި އެހީތެރިކަން ލިބިގެންދާނެ ކަމަށްވެސް އުންމީދުކުރެވެއެވެ.

މި ދަތުރުފުޅު ނިމި ރާއްޖެ ވަޑައިގަންނަވާނީ މިމަހުގެ 23 ވަނަ ދުވަހުއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅާ ގުޅިގެން ގިނަ ރައްޔިތުން ވަނީ އުންމީދުތަކެއް ކުރައްވާފައެވެ. ޚާއްޞަކޮށް ކުދި ޖަޒީރާ ޤައުމުތަކުގެ ދަރަނީގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރެވޭ މަސައްކަތްތަކުން ރަނގަޅު ނަތީޖާއެއް ނުކުންނާނެ ކަމަށް ގިނަ ބަޔަކު އުންމީދުކުރެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުއދ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރަސްމާލެއިން ޕްރޮޕަޓީ ވިއްކޭނީ ވެސް އަދި ވިސާ ދޭނެ ފަރާތްތައް ނިންމާނީ ވެސް ސަރުކާރުން: މިނިސްޓަރު މުއްތަލިބު

"ޕްރޮޕަޓީ ވިއްކޭނީވެސް އަދި ވިސާ ދޭނެ ފަރާތްތައް ނިންމާނީ ދިވެހި ސަރުކާރުން"

13 ގަޑިއިރު ކުރިން - 19:56

40 މިލިއަނުގެ ފަޅުތަކަށްވުރެ 500 މިލިއަން ޑޮލަރުގެ ރަސްމާލެ މާ ބޮޑުތަންވެސް ކުރީގައި!

40 މިލިއަނުގެ ފަޅުތަކަށްވުރެ 500 މިލިއަން ޑޮލަރުގެ ރަސްމާލެ މާ ކުރީގައި!

1 ދުވަސް ކުރިން - 07:30

20 އަހަރުގެ ގައުމީ ތަރައްގީގެ މާސްޓާޕްލޭން ގާނޫނީގޮތުން ހިމާޔަތްކުރުމަށް ހާއްސަ ގާނޫނެއް އެކުލަވާލަނީ

20 އަހަރުގެ މާސްޓާޕްލޭން ގާނޫނީގޮތުން ހިމާޔަތްކުރުމުގެ މަސައްކަތް ފަށައިފި

1 ދުވަސް ކުރިން - 00:45

ރަސްމާލެއިން ބޭރުގެ އިންވެސްޓަރުންނަށް ބިން މިލްކެއް ނުކުރެވޭނެ، ހުރިހާ ކަމެއްވެސް ދާނީ ގާނޫނުގެ ތެރެއިން: ރައީސް

ރަސްމާލެއިން ބޭރުގެ ފަރާތްތަކަށް ބިން މިލްކެއް ނުކުރެވޭނެ: ރައީސް

1 ދުވަސް ކުރިން - 23:04

ދިވެހިރާއްޖެއާއި ޗައިނާގެ ގުޅުމުގެ ތެރެއިން އުޖާލާ މުސްތަގްބަލަކަށް މަގު ތަނަވަސްވަނީ: ރައީސް

ދިވެހިރާއްޖެއާއި ޗައިނާގެ ގުޅުމުގެ ތެރެއިން އުޖާލާ މުސްތަގްބަލަކަށް މަގު ތަނަވަސްވަނީ: ރައީސް

1 ދުވަސް ކުރިން - 15:25

މެލޭޝިޔާގެ ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

މެލޭޝިޔާގެ ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

1 ދުވަސް ކުރިން - 14:46