Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ފޯޖުކޮށްފައި އޮތް މާސްޓާސް ސެޓްފިކެޓެއް ބޭރުގެ ޔުނިވާސިޓީއަކަށް ހުށަހެޅި މައްސަލައެއް ފަޅާއަރައިފި

ފޯޖުކޮށްފައި އޮތް މާސްޓާސް ސެޓްފިކެޓެއް ބޭރުގެ ޔުނިވާސިޓީއަކަށް ހުށަހެޅި މައްސަލައެއް ފަޅާއަރައިފި

އައިޝަތު ރުވާ ރިފްޢަތު
713 ދުވަސް ކުރިން - 20 ސެޕްޓެންބަރު 2024 17:22
އެމްކިއުއޭގެ ސީއީއޯ ފިޒާނާ ރަޝީދު / ފޮޓޯ: އެމްކިއުއޭ
އެމްކިއުއޭގެ ސީއީއޯ ފިޒާނާ ރަޝީދު / ފޮޓޯ: އެމްކިއުއޭ
ޚުލާސާ

މި މައްސަލައިގައި، ސެޓްފިކެޓު ދޫކުރި ކަމަށް ބުނާ ކޮލެޖު/ޔުނިވާސިޓީއަށް ބޭރުގެ ޔުނިވާސިޓީން ގުޅައި ސާފުކުރުމުން، އެއީ ފޯޖުކޮށްފައިވާ ސެޓްފިކެޓެއްކަން އެނގި، އެކަން އެމްކިއުއޭއަށް އަންގާފައިވޭ. ފިޒާނާ ވިދާޅުވި ގޮތުގައި މި މައްސަލަ އަންނަ ހަފުތާގައި ފުލުހުންނަށް ހުށަހެޅޭނެ.

ބޭރުގެ ޔުނިވާސިޓީއަކަށް ހުށަހެޅި ދިވެހިރާއްޖޭގެ މާސްޓާސް ސެޓްފިކެޓަކާއި މެދު ޝައްކު އުފެދިގެން ބެލިއިރު، އެއީ ފޯޖުކޮށްފައިވާ ސެޓްފިކެޓެއްކަން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)އިން ބުނެފިއެވެ. އެމްކިއުއޭގެ ސީއީއޯ ފިޒާނާ ރަޝީދެވެ.

ފިޒާނާ ރަޝީދު ވިދާޅުވި ގޮތުގައި، މިއީ ރާއްޖޭގެ ސެޓްފިކެޓެއްގެ ޞައްޙަކަން ކަށަވަރުކުރުމަށް ބޭރުގެ ޔުނިވާސިޓީއަކުން ހުށަހެޅި ފުރަތަމަ މައްސަލައެވެ. އާންމު ގޮތެއްގައި ބޭރުގެ ކޮލެޖު އަދި ޔުނިވާސިޓީތަކުން މިފަދަ ޔަޤީންކަން ހޯދުމަށް ހުށަނާޅާކަމަށް އޭނާ ވިދާޅުވިއެވެ.

މި މައްސަލައިގައި، ސެޓްފިކެޓު ދޫކުރި ކަމަށް ބުނާ ކޮލެޖު/ޔުނިވާސިޓީއަށް ބޭރުގެ ޔުނިވާސިޓީން ގުޅައި ސާފުކުރުމުން، އެއީ ފޯޖުކޮށްފައިވާ ސެޓްފިކެޓެއްކަން އެނގި، އެކަން އެމްކިއުއޭއަށް އަންގާފައި ވެއެވެ. ފިޒާނާ ވިދާޅުވި ގޮތުގައި މި މައްސަލަ އަންނަ ހަފުތާގައި ފުލުހުންނަށް ހުށަހަޅާނެއެވެ.

Advertisement

Advertisement 1

މީގެ އިތުރުން، މިދިޔަ މަހުގެ ފަހުކޮޅު ވެސް ދެމީހަކު ވަނީ ފޯޖުކޮށްފައިވާ ލިޔުންތަކެއް ރާއްޖޭގައި ހުށަހަޅާފައެވެ. އެ މައްސަލަ ވެސް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ފިޒާނާ ވިދާޅުވިއެވެ. އޭގެ ތެރެއިން އެކަކީ ޓީޗިންގ ދާއިރާއިން ކިޔަވާފައިވާކަން ދެއްކުމަށް ފޯޖު ސެޓްފިކެޓެއް ހެދި އަންހެނެކެވެ. މި މައްސަލަ ސަމާލުކަމަށް އައީ އެ ފަރާތުން މާލޭގެ ބައެއް ސްކޫލުތަކުގެ ވަޒީފާއަށް ކުރިމަތިލަމުން ދިޔުމުން ކަމަށް ވެއެވެ.

ފިޒާނާ ވިދާޅުވި ގޮތުގައި، މިފަދަ މައްސަލަތައް އިތުރުވަމުންދަނީ 2016 ވަނަ އަހަރު ލޯކަލް ވެލިޑޭޝަން ހުއްޓާލާފައި ވާތީއެވެ. މިއީ ވަރަށް ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރައްވައި، އެޓެސްޓު ކުރާ ލޯޔަރުންގެ ތައްގަނޑުގައި ވެސް ފޯޖު ސޮއި ހުންނަކަން އޭނާ ފާހަގަކުރެއްވިއެވެ.

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)ކުށްކުރުން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މާލޭގެ ފިހާރައަކުން ގިނަ އަދަދެއްގެ ފައިސާއާއި ފޯނެއް ވަގަށް ނަގައިގެން ފުރަން އުޅުނު ލަންކާ ރައްޔިތަކު ހައްޔަރުކޮށްފި

ފިހާރައަކުން ވަގަށް ނަގައިގެން ފުރަން އުޅުނު ލަންކާ ރައްޔިތަކު ހައްޔަރުކޮށްފި

5 ގަޑިއިރު ކުރިން - 15:41

އާންމު މަސްލަހަތު ނަގާލުމަށް ބޮޑެތި ހަމަނުޖެހުންތަކެއް ހިންގި މީހަކު ހައްޔަރުކޮށްފި

އާންމު މަސްލަހަތު ނަގާލުމަށް ބޮޑެތި ހަމަނުޖެހުންތަކެއް ހިންގި މީހަކު ހައްޔަރުކޮށްފި

2 ދުވަސް ކުރިން - 14:44

މީހެއްގެ އެކައުންޓުން 92000 ރުފިޔާ ފޭރުނު ބަޔަކު ހައްޔަރު ކޮށްފި

މީހެއްގެ އެކައުންޓުން 92000 ރުފިޔާ ފޭރުނު ބަޔަކު ހައްޔަރު ކޮށްފި

9 ދުވަސް ކުރިން - 07:25

ފުރާނައަށް ނުރައްކާވާ ކޭބަލް ވައްކަން: ދަގަނޑު ބްލެކް މާކެޓް ބަންދުކުރަނީ

ފުރާނައަށް ނުރައްކާވާ ކޭބަލް ވައްކަން: ދަގަނޑު ބްލެކް މާކެޓް ބަންދުކުރަނީ

15 ދުވަސް ކުރިން - 10:34

ސަރުކާރުގެ ހަރުދަނާ ފިޔަވަޅުތަކާއެކު ގޭންގު ކުށްތައް މަދުވެއްޖެ: ރައީސް

ސަރުކާރުގެ ހަރުދަނާ ފިޔަވަޅުތަކާއެކު ގޭންގު ކުށްތައް މަދުވެއްޖެ: ރައީސް

35 ދުވަސް ކުރިން - 09:54

ގއ.ވިލިނގިލީގައި ޒުވާނެއްގެ ގަޔަށް ވަޅި ހަރައިފި

ގއ.ވިލިނގިލީގައި ޒުވާނެއްގެ ގަޔަށް ވަޅި ހަރައިފި

53 ދުވަސް ކުރިން - 01:44