Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ފުރާނައަށް ނުރައްކާވާ ކޭބަލް ވައްކަން: ދަގަނޑު ބްލެކް މާކެޓް ބަންދުކުރަނީ

ފުރާނައަށް ނުރައްކާވާ ކޭބަލް ވައްކަން: ދަގަނޑު ބްލެކް މާކެޓް ބަންދުކުރަނީ

ހުސައިން އިސްމާއިލް
5 ގަޑިއިރު ކުރިން - 19 އޯގަސްޓް 2026 10:34
ފަރީދީ މަގުގައި ހުރި ސަބްސްޓޭޝަން ތަކެއްގެ ތެރެއަށްވަދެ ބުރިކޮށްފައިވާ ކޭބަލެއް /ފޮޓޯ: ފުލުހުން
ފަރީދީ މަގުގައި ހުރި ސަބްސްޓޭޝަން ތަކެއްގެ ތެރެއަށްވަދެ ބުރިކޮށްފައިވާ ކޭބަލެއް /ފޮޓޯ: ފުލުހުން
ޚުލާސާ

ވަގަށް ނަގާ ކޮޕަރާއި ދަގަނޑު ގަނެގެން ބޭރަށް އެކްސްޕޯޓްކުރާ ފަރާތްތަކުން ހިންގާ ވިޔަފާރިތައް ހަރުދަނާ އުޞޫލެއްގެ ދަށުން ކޮންޓްރޯލްކޮށް، އެފަދަ ތަކެތި ގަންނަ މަގުތައް ބަންދުކުރުމަށް ވަނީ ނިންމަވާފަ.

ދިވެހިރާއްޖޭގެ އެކި ސަރަޙައްދުތަކުގައި، ޚާއްޞަކޮށް މާލޭ ސަރަޙައްދުގައި އަޅާފައިވާ ކަރަންޓާއި މުވާޞަލާތީ ކޭބަލްތައް ބުރިކޮށްގެން ވަގަށް ނެގުމުގެ މައްސަލަ އަށް ދާއިމީ ޙައްލެއް ހޯއްދެވުމަށް ވަޒީރުންގެ މަޖިލީހުން މަޝްވަރާ ކޮށްފިއެވެ.

ބޭރުގެ ބާޒާރުގައި ކޮޕަރ (ލޮއި) އަށް ބޮޑު އަގު ލިބޭތީ، ދައުލަތުގެ ސްޓެލްކޯ އަދި ދިރާގު ފަދަ އިންފްރާސްޓްރަކްޗަރ ހަލާކުކޮށްލައިގެންނާއި ހަދަމުންދާ އިމާރާތަކުން ހިންގާ މި ޖިނާއީ ޢަމަލުތައް ހުއްޓުވުމަކީ ޤައުމީ ސަލާމަތާއި ރައްޔިތުންނަށް ދޭ ޚިދުމަތްތަކުގެ ރައްކާތެރިކަމާ ސީދާ ގުޅިފައިވާ ކަމެކެވެ.

ސަރުކާރުން ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މި މައްސަލައިގެ ނުރައްކާތެރިކަމުގެ މައްޗަށް ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. ޚާއްޞަކޮށް، ބާރުގަދަ ހައި-ވޯލްޓޭޖް ކޭބަލްތައް ބުރިކުރަން އުޅުމުގެ ތެރޭގައި ކަރަންޓުގައި ޖެހިގެން ފުރާނައަށް ނުރައްކާވާ ފަދަ ބޮޑެތި ޙާދިސާތައް ހިނގަމުންދާތީ ވަޒީރުން ވަނީ ބޮޑު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. މީގެ އިތުރުން، މިފަދަ ވައްކަންތަކުގެ ސަބަބުން މުޅި ސަރަޙައްދުތަކުން ކަރަންޓާއި، ފެނާއި، އަދި އިންޓަރނެޓްގެ ޚިދުމަތް ކެނޑި، އާންމު ރައްޔިތުންގެ ދިރިއުޅުމަށާއި ވިޔަފާރިތަކަށް އިއާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތައް ލިބިފާނެތީވެ ވަޒީރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފއެވެ.

Advertisement

Advertisement 1

މި ބައްދަލުވުމުގައި އެންމެ ޚާއްޞަ ސަމާލުކަމެއް ދެއްވީ، ކުށުގެ މާހައުލުގައި އުޅޭ ކުދިންނާއި ޒުވާނުން ލައްވައި މިފަދަ ވައްކަންތައް ކުރުވައިގެން، ބޮޑު އަގުގައި ކޮޕަރާއި ދަގަނޑު ގަންނަ ގަވާއިދާ ޚިލާފު "ބްލެކް މާކެޓް" ނެޓްވޯކްތައް ނައްތާލުމަށެވެ. އެގޮތުން، ވަގަށް ނަގާ ކޮޕަރާއި ދަގަނޑު ގަނެގެން ބޭރަށް އެކްސްޕޯޓްކުރާ ފަރާތްތަކުން ހިންގާ ވިޔަފާރިތައް ހަރުދަނާ އުޞޫލެއްގެ ދަށުން ކޮންޓްރޯލްކޮށް، އެފަދަ ތަކެތި ގަންނަ މަގުތައް ބަންދުކުރުމަށް ވަނީ ނިންމަވާފައެވެ. މި ފިޔަވަޅުގެ ސަބަބުން ވަގަށް ނަގާ ތަކެތި ވިއްކޭނެ މާކެޓް ހަނިވެ، ވައްކަން ކުރުމުގެ ސިލްސިލާއަށް ނިމުމެއް އަންނާނެ ކަމަށް ސަރުކާރުން ދެކެއެވެ.

ދައުލަތުގެ މުދަލަށް ގެއްލުންދީ، އާންމު ޚިދުމަތްތައް މެދުކަނޑާލާ ފަރާތްތަކާ މެދު ޤާނޫނީ ގޮތުން އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ މުއައްސަސާތަކަށް ވަނީ އިރުޝާދު ދެއްވާފައެވެ.

ވަޒީރުންގެ ބައްދަލުވުންކުށްކުރުން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ވާނުވާ ބަންދުގައި ތިބޭ މީހުންގެ އަދަދު އެންމެ މަދު ގައުމަކަށް ރާއްޖެ ހަދަން ނިންމައިފި

ވާނުވާ ބަންދު އެންމެ މަދު ގައުމަކަށް ރާއްޖެ ހަދަނީ

47 މިނެޓު ކުރިން - 15:17

ސަރުކާރުގެ ހަރުދަނާ ފިޔަވަޅުތަކާއެކު ގޭންގު ކުށްތައް މަދުވެއްޖެ: ރައީސް

ސަރުކާރުގެ ހަރުދަނާ ފިޔަވަޅުތަކާއެކު ގޭންގު ކުށްތައް މަދުވެއްޖެ: ރައީސް

20 ދުވަސް ކުރިން - 09:54

ގއ.ވިލިނގިލީގައި ޒުވާނެއްގެ ގަޔަށް ވަޅި ހަރައިފި

ގއ.ވިލިނގިލީގައި ޒުވާނެއްގެ ގަޔަށް ވަޅި ހަރައިފި

38 ދުވަސް ކުރިން - 01:44

ބޮޑެތި ކުށްތައް ހުއްޓުވުމަށް އެމެރިކާ އާއި ރާއްޖެއާއި ދެމެދު ފަހުމުނާމާއެއްގައި ސޮއި ކޮށްފި

ބޮޑެތި ކުށްތައް ހުއްޓުވުމަށް އެމެރިކާއާއި ރާއްޖެއާއި ދެމެދު ފަހުމުނާމާއެއްގައިސޮއި ކޮށްފި

56 ދުވަސް ކުރިން - 18:25

ކްރިޕްޓޯކަރަންސީ މެދުވެރިކޮށް ކުޑަކުދިންގެ ބަރަހަނާ ފޮޓޯއާއި ވީޑިއޯ ވިއްކި ދިވެއްސަކު ހައްޔަރުކޮށްފި

ކްރިޕްޓޯއިން ކުޑަކުދިންގެ ބަރަހަނާ ތަކެތިވިއްކި މީހަކު ހައްޔަރުކޮށްފި

120 ދުވަސް ކުރިން - 22:32

އެލް މެންޗޯ، ދެވަނަ އެލް ޗަޕޯތަ؟

އެލް މެންޗޯ، ދެވަނަ އެލް ޗަޕޯތަ؟

176 ދުވަސް ކުރިން - 02:42