Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މާލޭގެ ފިހާރައަކުން ގިނަ އަދަދެއްގެ ފައިސާއާއި ފޯނެއް ވަގަށް ނަގައިގެން ފުރަން އުޅުނު ލަންކާ ރައްޔިތަކު ހައްޔަރުކޮށްފި

މާލޭގެ ފިހާރައަކުން ގިނަ އަދަދެއްގެ ފައިސާއާއި ފޯނެއް ވަގަށް ނަގައިގެން ފުރަން އުޅުނު ލަންކާ ރައްޔިތަކު ހައްޔަރުކޮށްފި

އައިޝަތު އިމްސާ
6 ގަޑިއިރު ކުރިން - 3 ސެޕްޓެންބަރު 2026 15:41
ޝަހީދު ހުސެއިން އާދަމް ބިލްޑިން / ފޮޓޯ:ހުލާސާ
ޝަހީދު ހުސެއިން އާދަމް ބިލްޑިން / ފޮޓޯ:ހުލާސާ
ޚުލާސާ

މާލޭގެ ފިހާރައަކުން 25،000 ރުފިޔާއާއި ފޯނެއް ވަގަށް ނަގައިގެން ފުރަން އުޅުނު ލަންކާގެ ޗަންދްރެސްކަރަން އެންތޮނީ ނަމަކަށް ކިޔާ މީހާ 15 ދުވަހަށް ބަންދު ކުރަން ކޯޓުން ވަނީ އަމުރުކޮށްފަ.

މާލޭގެ ފިހާރައަކުން ގިނަ އަދަދެއްގެ ފައިސާއާއި ފޯނެއް ވަގަށް ނެގުމަށްފަހު ރާއްޖެއިން ފުރައިގެން ދާން މަސައްކަތްކުރި ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ އުމުރުން 41 އަހަރުގެ ޗަންދްރެސްކަރަން އެންތޮނީ ފުލުހުން ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ޗަންދްރެސްކަރަން އެންތޮނީ އަކީ ވައްކަން ކުރި ކަމަށް ބުނާ ފިހާރައިގައި ކުރިން މަސައްކަތް ކުރި މުވައްޒަފެއް ކަމުގައި ފުލުހުން ހާމަކުރިއެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މި މަހުގެ 1 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ދީފައެވެ. ކޯޓު އަމުރުގައިވާ ގޮތުން، އެ ފިހާރައިގެ އެ ދުވަހުގެ ވިޔަފާރި ފައިސާގެ ގޮތުގައި ލިބުނު 25،000 ރުފިޔާގެ އިތުރުން މޯބައިލް ފޯނެއްވެސް ވަނީ ވަގަށް ނަގައިފައެވެ.

އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް ބާރުލިބޭ ގިނަ ހެކިތަކެއް ފުލުހުން ވަނީ ކޯޓަށް ހުށަހަޅާފައެވެ. އޭގެ ތެރޭގައި ތުހުމަތުކުރެވޭ މީހާ ފިހާރައިގެ ތެރޭގައި އުޅޭ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖްތަކުގެ ސްނެޕްޝޮޓްތަކާއި، ހާދިސާގެ ރިޕޯޓުގެ އިތުރުން އޭނާ ރާއްޖެއިން ފުރުމަށް ތައްޔާރުކޮށްފައިވާ ފްލައިޓް ޓިކެޓް ހިމެނެއެވެ. އަދި ވީޑިއޯ ފުޓޭޖުން ފެންނަނީ އޭނާކަން އެ ފިހާރައިގައި މަސައްކަތްކުރާ އެހެން މުވައްޒަފުން ކަށަވަރުކޮށްދީފައިވާ ކަމަށްވެސް ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ.

Advertisement

Advertisement 1

ނަމަވެސް، ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި އޭނާ ވަނީ މި ތުހުމަތުތަކަށް އިންކާރުކޮށް، ވައްކަމުގެ ހާދިސާ ހިނގުމުގެ 10 ދުވަސް ކުރިން އެ ފިހާރައިގެ ވަޒީފާއިން އޭނާ ވަކިވެފައިވާ ކަމަށާއި، ވައްކަން ކުރި ވަގުތު އޭނާ ހުރީ އެހެން ތަނެއްގައި ކަމަށް ބުނެފައިއެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކްރިމިނަލް ކޯޓުމޯލްޑިވްސް ޕޮލިސް ސަރވިސްކުށްކުރުންސްރީ ލަންކާވައްކަން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ފުރާނަތައް ސަލާމަތްކުރުމަށް ދުއްވާފަރާތްތަކާއި ހިނގާފަރާތްތަކަށް ފުލުހުންގެ މުހިންމު އިރުޝާދުތަކެއް

ފުރާނަތައް ސަލާމަތްކުރުމަށް ދުއްވާފަރާތްތަކާއި ހިނގާފަރާތްތަކަށް ފުލުހުންގެ މުހިންމު އިރުޝާދުތަކެއް

1 ގަޑިއިރު ކުރިން - 20:53

ވެމްކޯއާއި ފުލުހުން ގުޅިގެން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް ފަށައިފި

ވެމްކޯގެ މުވައްޒަފުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް ފަށައިފި

1 ދުވަސް ކުރިން - 14:41

ލައިސަންސް ނެތި ބޭރު ފައިސާ މާރުކުރާ ފަރާތްތަކުގެ މައުލޫމާތު ޓާސްކްފޯސްއަށް ހިއްސާކުރުމަށް ފުލުހުން އިލްތިމާސްކޮށްފި

ލައިސަންސް ނެތި ބޭރު ފައިސާ މާރުކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް އިލްތިމާސްކޮށްފި

1 ދުވަސް ކުރިން - 12:44

ޒީވާގެ ގައިގައި އެހެން ކާރަކުން ޖެހިފައިވާ ކަމަށް ބެލެވޭ: ފުލުހުން

ޒީވާގެ ގައިގައި އެހެން ކާރަކުން ޖެހިފައިވާ ކަމަށް ބެލެވޭ: ފުލުހުން

1 ދުވަސް ކުރިން - 10:57

ފުލުހުންގެ ހިދުމަތުގެ ދުވަހުގެ ތަހުނިޔާ އެހާރާއި މިހާރުގެ ހިދުމަތްތެރިންނަށް ރައީސުލްޖުމްހޫރިއްޔާ އަރިސްކުރައްވައިފި

ފުލުހުންގެ ހިދުމަތުގެ ދުވަހުގެ ތަހުނިޔާ އެހާރާއި މިހާރުގެ ހިދުމަތްތެރިންނަށް ރައީސުލްޖުމްހޫރިއްޔާ އަރިސްކުރައްވައިފި

2 ދުވަސް ކުރިން - 16:54

އާންމު މަސްލަހަތު ނަގާލުމަށް ބޮޑެތި ހަމަނުޖެހުންތަކެއް ހިންގި މީހަކު ހައްޔަރުކޮށްފި

އާންމު މަސްލަހަތު ނަގާލުމަށް ބޮޑެތި ހަމަނުޖެހުންތަކެއް ހިންގި މީހަކު ހައްޔަރުކޮށްފި

2 ދުވަސް ކުރިން - 14:44