Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ވާނުވާ ބަންދުގައި ތިބޭ މީހުންގެ އަދަދު އެންމެ މަދު ގައުމަކަށް ރާއްޖެ ހަދަން ނިންމައިފި

ވާނުވާ ބަންދުގައި ތިބޭ މީހުންގެ އަދަދު އެންމެ މަދު ގައުމަކަށް ރާއްޖެ ހަދަން ނިންމައިފި

އައިޝަތު އިމްސާ
1 ގަޑިއިރު ކުރިން - 19 އޯގަސްޓް 2026 15:17
ޖަސްޓިސް ބިލްޑިންގ/ ފޮޓޯ: ހުލާސާ ނިއުސް
ޖަސްޓިސް ބިލްޑިންގ/ ފޮޓޯ: ހުލާސާ ނިއުސް
ޚުލާސާ

ވާނުވާ ބަންދުގައި ތިބޭ މީހުންގެ އަދަދު މަދު ގައުމަކަށް ދިވެހި ރާއްޖެ ހަދަން ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ނިންމައިފި. ވާނުވާ ބަނދުގައި ތިބޭ މީހުންގެ އަދަދު އިތުރުވަމަކީ ވަރަށް ގިނަ ގައުމުތަކުގެ ކަންބޮޑުވުމެއް.

ވާނުވާ ބަންދުގައި ތިބޭ މީހުންގެ އަދަދު މަދު ޤައުމަކަށް ދިވެހި ރާއްޖެ ހަދަން، މިދިޔަ އާދިއްތަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި، ނިންމަވައިފިއެވެ.

ޝަރީއަތުގެ މަރުހަލާ ނިމެންދެން ބަންދުގައި ތިބެންޖެހޭ މީހުން ގިނަވެފައި ވާތީވެ މިކަމަށް ހައްލެއް ހޯދައިދެއްވާނެކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ، މުޙައްމަދު މުޢިއްޒު، ވަނީ މީގެ ކުރިން ވެސް ވިދާޅުވެފައެވެ.

ޝަރީއަތުގެ މަރުހަލާ ނިމެންދެން ބަންދުގައި ތިބޭ މީހުން ނުވަތަ ވާނުވާ ބަންދުގައި ތިބޭ މީހުންގެ އަދަދު އިތުރުވުމަކީ އެކި ގައުމުތަކުގެ ކަންބޮޑުވުން އޮންނަކަމެކެވެ. ރައީސުލް ޖުމްހޫރިއްޔާވަނީ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ވާނުވާ ބަންދުގައި ތިބި މީހުން ގެ މައްސަލަތަކަށް ހައްލު ހޯދުމަށް ގިނަ ބަދަލުތަކެއް ގެންނަވާފައިއެވެ. އަދި ޝަރުއީ ދާއިރާއަށް ސަރުކާރުތަކުން މިހާތަނަށް ނުފޫޒު ފޯރުވަމުން އައި އައުންވެސް ވަނީ ހުއްޓުމަކަށް ގެނެސްފައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement

Advertisement 1

މީގެ އިތުރުން، އެއް އަހަރަށް ވުރެ ގިނަދުވަސްވެފައިވާ ވާނުވާ ބަންދުގެ މައްސަލަތައް ވަކި ގޮތަކަށް ނިންމުމަށްޓަކައި ބަންޑާރަނައިބުގެ އޮފީހުން އަދާކުރަންޖެހޭ އެންމެހައި މަސްއޫލިއްޔަތުތައް އެންމެ ފުރިހަމައަށް އަދާކުރައްވާނެ ކަމުގެ ޔަޤީންކަންވެސް ރައީސް ދެއްވާފައެވެ. އަދި ބަންދުގައި ތިބޭ މީހުންގެ މައްސަލަތަކަށް އިންސާފުވެރި ހައްލެއް ހޯއްދަވައިދެއްވުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވަނީ އެކި މަންސަތަކުގައި ވިދާޅުވެފައެވެ.

ވާނުވާ ބަނދުތައް ކުރިއަށް ނުގޮސް ގިނަ ދުވަސްވާން މެދުވެރިވާ މައިގަނޑު ސަބަބެއްގެ ގޮތުގައި ޝަރުއީ ދާއިރާއިން ފާހަގަކުރައްވާ ކަމަކީ ކޯޓުތަކުގެ، ވަކިން ހާއްސަކޮށް ކްރިމިނަލް ކޯޓުގެ ޖާގައިގެ ދަތިކަމެވެ. އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ހުޅުމާލޭގައި ޖަސްޓިސް ބިލްޑިންގް އެންކްސް ހުޅުވާ، ކްރިމިނަލް ކޯޓުގެ މަސައްކަތް އެ އިމާރާތައް ސަރުކާރުން ވަނީ ބަދަލުކޮށްފައެވެ.

ވަޒީރުންގެ ބައްދަލުވުންވަޒީރުންގެ މަޖިލީސްރައީސް ޑރ. މުހައްމަދު މުއިއްޒުކްރިމިނަލް ކޯޓުވާނުވާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ގުރައިދޫ މަރުކަޒު ސްޓޭޓް އޮފް ދި އާޓް ފެންވަރަށް ތަރައްގީ ކުރުމަށް ނިންމައިފި

ގުރައިދޫ މަރުކަޒު ސްޓޭޓް އޮފް ދި އާޓް ފެންވަރަށް ތަރައްގީ ކުރަނީ

2 ގަޑިއިރު ކުރިން - 14:28

" ޖެނެރޭޝަނަލް ޓޮބަކޯ ބޭން" ހަރުދަނާ ކޮށް ވިލަރެސް ކުރެވޭނެ ނިޒާމެއް ކަނޑައަޅަން ނިންމައިފި

ރައީސްގެ ޖެނެރޭޝަން ބޭން ވިލަރެސް ކުރެވޭނެ ނިޒާމެއް ކަނޑައަޅަން ނިންމައިފި

4 ގަޑިއިރު ކުރިން - 12:09

ފުރާނައަށް ނުރައްކާވާ ކޭބަލް ވައްކަން: ދަގަނޑު ބްލެކް މާކެޓް ބަންދުކުރަނީ

ފުރާނައަށް ނުރައްކާވާ ކޭބަލް ވައްކަން: ދަގަނޑު ބްލެކް މާކެޓް ބަންދުކުރަނީ

6 ގަޑިއިރު ކުރިން - 10:34

އެޗްއާރްސީއެމްގެ މެމްބަރުކަމަށް ޝަމްއޫން ހަމީދާއި ސަމާއު އަހުމަދު ނަޖީބުގެ ނަން މަޖިލީހަށް ހުށައަޅައިފި

އެޗްއާރްސީއެމްގެ މެމްބަރުކަމަށް ޝަމްއޫން ހަމީދާއި ސަމާއު އަހުމަދު ނަޖީބުގެ ނަން ހުށައަޅައިފި

3 ދުވަސް ކުރިން - 13:36

އިންޑޮނޭޝިއާއަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ފޮނުއްވައިފި

އިންޑޮނޭޝިއާއަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ފޮނުއްވައިފި

3 ދުވަސް ކުރިން - 23:48

އުތީމަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދައިދޭނަން: ރައީސް

އުތީމަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދައިދޭނަން: ރައީސް

3 ދުވަސް ކުރިން - 21:26