Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އާންމު މަސްލަހަތު ނަގާލުމަށް ބޮޑެތި ހަމަނުޖެހުންތަކެއް ހިންގި މީހަކު ހައްޔަރުކޮށްފި

އާންމު މަސްލަހަތު ނަގާލުމަށް ބޮޑެތި ހަމަނުޖެހުންތަކެއް ހިންގި މީހަކު ހައްޔަރުކޮށްފި

ހުސައިން އިސްމާއިލް
4 ގަޑިއިރު ކުރިން - 1 ސެޕްޓެންބަރު 2026 14:44
ފޮޓޯ: ސޯޝަލްމީޑިއާ/ރަސް
ފޮޓޯ: ސޯޝަލްމީޑިއާ/ރަސް
ޚުލާސާ

ސަލާމަތީ ކަންކަން ބެލެހެއްޓުމަށްޓަކައި ފުލުހުން ޖަހާފައި ހުރި ސަލާމަތީ ބެރިކޭޓުތައް ފަޅާލައި، ފުލުހުންގެ ސަފުތައް ރޫޅާލުމަށް އޭނާ ވަނީ ގަސްތުގައި މަސައްކަތް ކޮށްފައި ކަމަށް ފުލުހުން ބުނޭ. އޭނާގެ ބަންދަށް ވަނީ 5 ދުވަސް ޖަހާފައި.

މާލޭގެ މަގުތަކުގެ އަމާންކަމާއި ސަލާމަތްތެރިކަން ގެއްލޭ ގޮތަށް، ފުލުހުންގެ ގާނޫނީ ދައުރު އަދާކުރުމަށް ހުރަސްއަޅައި ހަމަނުޖެހުން ހިންގި މައްސަލައިގައި ހައްޔަރުކުރި އެމްޑީޕީގެ ޔޫތު ވިންގްގެ ނައިބު ރައީސް މައިމޫންގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު ފަސް ދުވަސް ޖަހައިފިއެވެ. އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް ހުރަސްއަޅައި، ގާނޫނާ ހިލާފު އަމަލުތަކެއް ހިންގި ކަމުގެ ތުހުމަތުތަކެއް އޭނާގެ މައްޗަށް ފުލުހުން ކުރެއެވެ.

މީޑިއާއަށް ދެއްވި މަޢުލޫމާތުގައި ފުލުހުން ވިދާޅުވީ، މައިމޫން ހައްޔަރުކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއިން އާންމު މަސްލަހަތު ނަގާލުމަށް ބޮޑެތި ހަމަނުޖެހުންތަކެއް ހިންގި މައްސަލައިގައެވެ. އެގޮތުން، އާންމު ދަތުރުފަތުރަށާއި ހިނގާބިނގާވެ އުޅޭ މީހުންނަށް އުނދަގޫވާ ގޮތަށް މަގުތައް ބަންދުކުރުމުގެ އިތުރުން، ސަލާމަތީ ކަންކަން ބެލެހެއްޓުމަށްޓަކައި ފުލުހުން ޖަހާފައި ހުރި ސަލާމަތީ ބެރިކޭޓުތައް ފަޅާލައި، ފުލުހުންގެ ސަފުތައް ރޫޅާލުމަށް އޭނާ ވަނީ ގަސްތުގައި މަސައްކަތް ކޮށްފައެވެ.

ކޯޓު އަމުރެއްގެ ދަށުން ރޭގެ ވަގުތެއްގައި މައިމޫން ހައްޔަރުކުރI، އޭނާ ހިންގި މި ނުރައްކާތެރި އަމަލުތަކަށް ފަހުވެސް ރޭ މާލޭގައި ބޭއްވި މުޒާހަރާގައި ބައިވެރިވެ، އަނެއްކާވެސް މަގުމަތީގެ މަސްލަހަތު ނަގާލަން އުޅެނިކޮށެވެ.

Advertisement

Advertisement 1

މާލޭގެ އަމަންއަމާންކަން ގެއްލުވާލައި ފުލުހުންގެ ގާނޫނީ ވާޖިބަށް ހުރަސްއަޅާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމަށް ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުން ދަނީ ހަރުދަނާ މަސައްކަތްތަކެއް ކުރަމުންނެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްކުށްކުރުން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ފުލުހުންގެ ހިދުމަތުގެ ދުވަހުގެ ތަހުނިޔާ އެހާރާއި މިހާރުގެ ހިދުމަތްތެރިންނަށް ރައީސުލްޖުމްހޫރިއްޔާ އަރިސްކުރައްވައިފި

ފުލުހުންގެ ހިދުމަތުގެ ދުވަހުގެ ތަހުނިޔާ އެހާރާއި މިހާރުގެ ހިދުމަތްތެރިންނަށް ރައީސުލްޖުމްހޫރިއްޔާ އަރިސްކުރައްވައިފި

2 ގަޑިއިރު ކުރިން - 16:54

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި 9 އަހަރުގެ ކުއްޖާ ރޭ ފަތިހު ނިޔާވެއްޖެ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި 9 އަހަރުގެ ކުއްޖާ ނިޔާވެއްޖެ

8 ގަޑިއިރު ކުރިން - 10:34

ހުޅުމާލޭގައި އެކްސިޑެންޓުތައް މަދުކުރުމަށް ފުލުހުންނާއި އެޗްޑީސީން ހާއްސަ ފިޔަވަޅުތަކެއް އަޅަނީ

ހުޅުމާލޭގައި އެކްސިޑެންޓުތައް މަދުކުރުމަށް ފުލުހުންނާއި އެޗްޑީސީން ހާއްސަ ފިޔަވަޅުތަކެއް އަޅަނީ

1 ދުވަސް ކުރިން - 13:11

ސިނަމާލެ ބްރިޖުގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވި ޒުވާނާ ހޯދައި، ލައިސަންސް ހިފަހައްޓާ ސައިކަލު ޓޯކޮށްފި

ބްރިޖުގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވި ޒުވާނާގެ ސައިކަލް ފުލުހުން ހިފަހައްޓައިފި

1 ދުވަސް ކުރިން - 13:08

އަނިޔާވި ކުޑަކުއްޖާ އައިޖީއެމްއެޗްއަށް ބަދަލުކޮށް ވެންޓިލޭޓަރުގައި ފަރުވާދެނީ

އަނިޔާވި ކުޑަކުއްޖާ އައިޖީއެމްއެޗްއަށް ބަދަލުކޮށް ވެންޓިލޭޓަރުގައި ފަރުވާދެނީ

2 ދުވަސް ކުރިން - 11:38

ހުޅުމާލެ ފޭސް 2ގައި ބިރުވެރި އެކްސިޑެންޓެއް: 9 އަހަރުގެ ކުޑަކުއްޖެއް ވެންޓިލޭޓަރުގައި!

ހުޅުމާލެ ފޭސް 2ގައި ބިރުވެރި އެކްސިޑެންޓެއް: 9 އަހަރުގެ ކުޑަކުއްޖެއް ވެންޓިލޭޓަރުގައި!

2 ދުވަސް ކުރިން - 02:07