Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އެމްޕީއެލްގެ މެރިޓައިމް ޚިދުމަތްތަކަށް މިހާރުވެސް އެދެމުންދާކަމަށް ސީއީއޯ ވަޖީހު ވިދާޅުވެއްޖެ

އެމްޕީއެލްގެ މެރިޓައިމް ޚިދުމަތްތަކަށް މިހާރުވެސް އެދެމުންދާކަމަށް ސީއީއޯ ވަޖީހު ވިދާޅުވެއްޖެ

އައިޝަތު ރުވާ ރިފްޢަތު
711 ދުވަސް ކުރިން - 19 ސެޕްޓެންބަރު 2024 20:02
އެމްޕީއެލްގެ ސީއީއޯ ވަޖީހު / ޕޮޓޯ: ޚުލާސާ
އެމްޕީއެލްގެ ސީއީއޯ ވަޖީހު / ޕޮޓޯ: ޚުލާސާ
ޚުލާސާ

ވަޖީހު ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދު ބަދަލުކުރުމަށްޓަކައި ރައީސް ފައްޓަވާފައިވާ މަސައްކަތުގެ ތެރެއިން އެންމެ މުހިންމު އެއް މަސައްކަތަކީ މެރިޓައިމްގެ ދާއިރާއިން ރާއްޖެއަށް ފައިދާ ހޯދާދިނުންކަމަށް. މެރިޓައިމް ޚިދުމަތުގައި ބޮޑު ބައެއް އަދާ ކުރާ ބަޔަކީ އެމްޕީއެލްކަން ފާހަގަކުރައްވައި، ބައިނަލްއަޤްވާމީ ބަންކަރިންގެ ޚިދުމަތާއެކު ގިނަ ފައިދާތަކެއް ލިބޭނެކަމަށް ވަޖީހު ވިދާޅުވެފައިވޭ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ މެރިޓައިމްގެ ޚިދުމަތްތަކަށް ބައެއް ފަރާތްތަކުން މިހާރުވެސް އެދެމުން އަންނަކަމަށް އެކުންފުނީގެ ސީއީއޯ މުހައްމަދު ވަޖީޙް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވަޖީހު މިހެން ވިދާޅުވީ މިއަދު އިހަވަންދިއްޕޮޅުގައި ބައިނަލްއަޤްވާމީ ބަންކަރިންގެ ޚިދުމަތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ވަޖީހު ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދު ބަދަލުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފައްޓަވާފައިވާ މަސައްކަތުގެ ތެރެއިން އެންމެ މުހިންމު އެއް މަސައްކަތަކީ މެރިޓައިމްގެ ދާއިރާއިން ރާއްޖެއަށް ފައިދާ ހޯދާދިނުންކަމަށެވެ. އަދި މެރިޓައިމް ޚިދުމަތުގައި ބޮޑު ބައެއް އަދާ ކުރާ ބަޔަކީ އެމްޕީއެލްކަން ފާހަގަކުރައްވައި، ބައިނަލްއަޤްވާމީ ބަންކަރިންގެ ޚިދުމަތާއެކު ގިނަ ފައިދާތަކެއް ލިބޭނެކަމަށް ވިދާޅުވިއެވެ.

Advertisement

Advertisement 1

"މިތަނުގައި ހިނގަމުންދާނީ ބައިނަލްއަޤްވާމީ ވިޔަފާރި، ބަންކަރިންގެ ޚިދުމަތް. މިތަނުގައި ވިޔަފާރި ކުރެވޭނެގޮތަށް ވިޔަފާރި ސަރަޙައްދެއް އުފައްދާފައި، އެތަނުން ވިޔަފާރިއަށް ބިން ދޫކުރާނެ. މިކަމުގެ ސަބަބުން އިހަވަންދިއްޕޮޅުގެ ރައްޔިތުންނަށް ބޮޑެތި މަންފާތަކެއް ލިބޭނެ." ވަޖީހު ވިދާޅުވިއެވެ.

 ބައިނަލްއަގުވާމީ ބަންކަރިންގެ ޚިދުމަތް ފެށުމަށް ހއ. ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތު ތެރެއިން / ފޮޓޯ: ޚުލާސާ

މީގެއިތުރުން، ހއ. ހޯރަފުށީ ފަޅު ހިއްކައިގެން އެ ބިމުގައި އެމްޕީއެލްއިން ކޮންޓެއިނަރ ޓާމިނަލަކާއި ފްރީ ޒޯނެއް ތަރައްޤީކޮށް ރާއްޖެއިން ބޭރަށް އެކްސްޕޯޓު ކުރެވޭނެ ގޮތްތައް ހަމަޖައްސާނެކަމަށް ވަޖީހު ވިދާޅުވިއެވެ. މިކަމުގެ ސަބަބުން އިހަވަންދިއްޕޮޅުގެ ރައްޔިތުންނަށް ބޮޑެތި މަންފާތަކެއް ލިބޭނެކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ވަޖީހު އިތުރަށް ވިދާޅުވީ އުތުރުގެ މެރިޓައިމް ޚިދުމަތާއެކު ހއ. އުލިގަމުގައި ޤާއިމްކޮށްފައިވާ އޮފީސް މެދުވެރިކޮށް އެމްޕީއެލްއިން އެސަރަޙައްދުގައި މެރިޓައިމްގެ 14 ޚިދުމަތެއް ދޭނެކަމަށެވެ. އަދި މިހާރުވެސް ގްރީކްގެ 17 ބޯޓު އޮންނަ ކުންފުންޏަކުން ފެނުގެ އޯޑަރު ދީފައިވާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ވަޖީހު ވަނީ މާލޭ ވިޔަފާރި ބަނދަރު 2027 ވަނަ އަހަރު ނިމެންވާއިރަށް ތިލަފުއްޓަށް ބަދަލުކޮށް ޚިދުމަތް ދޭން ފަށާނެކަމަށް ވެސް ވިދާޅުވެފައެވެ. އަދި އައްޑޫ ސިޓީ ޕޯޓު ތަރައްޤީކުރުމުގެ ޕްލޭނާއި ހައްދުއްމަތީގައި ޤާއިމްކުރާ މެރިޓައިމްގެ ޚިދުމަތުގެ ޕްލޭންވެސް އޭނާ ވަނީ ޙިއްސާކުރައްވާފައެވެ.

އެމްޕީއެލްބަންކަރިން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އުލިގަމުގައި ޔޮޓް މެރީނާއެއް ތަރައްގީކުރުމަށް ބިން ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި އެމްޕީއެލްއާއެކު ސޮއިކޮށްފި

އުލިގަމުގައި ޔޮޓް މެރީނާއެއް ތަރައްގީކުރުމަށް ބިން ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

7 ދުވަސް ކުރިން - 08:34

ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލްގައި އެމްޕީއެލްގެ އަހަރީ އައިއެސްޕީއެސް ސެކިއުރިޓީ ތަމްރީނު ކާމިޔާބުކަމާއެކު ބާއްވައިފި

އެމްޕީއެލްގެ އަހަރީ އައިއެސްޕީއެސް ސެކިއުރިޓީ ތަމްރީނު ކާމިޔާބުކަމާއެކު ބާއްވައިފި

16 ދުވަސް ކުރިން - 23:57

ތިލަފުށި ޕޯޓާއެކު މުދާ އުފުލާ ބޯޓުތައް 2 ދުވަހުން ފުރުވާލެވޭނެ: އިގްތިސާދަށް ބޮޑު އިންގިލާބެއް

ތިލަފުށި ޕޯޓާއެކު މުދާ އުފުލާ ބޯޓުތައް 2 ދުވަހުން ފުރުވާލެވޭނެ

20 ދުވަސް ކުރިން - 08:29

މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއާ ގުޅޭގޮތުން ސްޓޭކްހޯލްޑަރުންނާއި އެމް.ޕީ.އެލް އިން މަޝްވަރާކޮށްފި

ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކޮށްފި

32 ދުވަސް ކުރިން - 01:05

ޕޯޓުގެ އޮޕަރޭޝަނުގެ 80 އިންސައްތަ ތިލަފުއްޓަށް ބަދަލުވެގެންދާނެ: ރައީސް

ޕޯޓުގެ އޮޕަރޭޝަނުގެ 80 އިންސައްތަ ތިލަފުއްޓަށް ބަދަލުވެގެންދާނެ: ރައީސް

32 ދުވަސް ކުރިން - 11:07

ވޭތުވެދިޔަ ހަފުތާގައި 42،000 އަށްވުރެ ގިނަ ފްރައިޓް ޓަނުގެ މުދާ ކްލިއަރ ކޮށްފި

42،000 އަށްވުރެ ގިނަ ފްރައިޓް ޓަނުގެ މުދާ ކްލިއަރ އެމްޕީއެލުން ކްލިއަރކޮށްފި

36 ދުވަސް ކުރިން - 18:06