Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އިންވެސްޓަރުންގެ ހިތުގައި ސުވާލު އުފެއްދުމުގެ ޖާގައެއް ނުދޭނަން: ސައީދު

އިންވެސްޓަރުންގެ ހިތުގައި ސުވާލު އުފެއްދުމުގެ ޖާގައެއް ނުދޭނަން: ސައީދު

އައިޝަތު ރުވާ ރިފްޢަތު
720 ދުވަސް ކުރިން - 19 ސެޕްޓެންބަރު 2024 19:59
އިޤްތިޞާދީ ވަޒީރު މުހައްމަދު ސައީދު/ ފޮޓޯ: ޚުލާސާ
އިޤްތިޞާދީ ވަޒީރު މުހައްމަދު ސައީދު/ ފޮޓޯ: ޚުލާސާ
ޚުލާސާ

ކުރީގެ ސަރުކާރުތަކުން އިޤްތިޞާދު ކުރިއެރުވުމަށް ގިނަ ފިޔަވަޅުތަކެއް ޢިއުލާން ކުރި ނަމަވެސް، އޭގެ ގިނަ ކަންކަން ތަންފީޒީ މަރުހަލާއަށް ގޮސްފައި ނުވާ ކަމަށް ސައީދު ވިދާޅުވި. އަދި މި ސަރުކާރުން މި މަސައްކަތް ފެށުމާމެދު ސަރުކާރާމެދު ސުވާލު އުފެއްދި އެތައް ބަޔަކު ތިބިކަން އޭނާ ފާހަގަކުރެއްވި.

ރާއްޖޭގެ އިގްތިސާދީ ހާލަތާ މެދު ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފައްދައި، އިންވެސްޓަރުންގެ ހިތުގައި ސުވާލު އުފެދޭ ގޮތަށް ވާހަކަ ދެއްކުމުގެ ޖާގަ ދެވެން ނެތް ކަމަށް އިޤްތިޞާދީ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ސައީދު މި ވާހަކަ ދެއްކެވީ އިހަވަންދިއްޕޮޅުގައި ބައިނަލްއަޤްވާމީ ބަންކަރިންގެ ޚިދުމަތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރ ސައީދު ވިދާޅުވި ގޮތުގައި މިއީ ވެރިކަމަށް އައިސް ކުއްލިއަކަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމުމެއް ނޫންކަމަށާއި ރިޔާސީ އިންތިޚާބަށް އެކުލަވާލި މެނިފެސްޓޯގައި ވެސް ރާއްޖޭގެ އިޤްތިޞާދާ ގުޅުން ހުރި ގިނަ ޕްލޭންތައް ހިމެނިފައިވާ ކަމަށް ފާހަގަކުރެއްވިއެވެ.

Advertisement

Advertisement 1

ބައިނަލްއަޤްވާމީ ބަންކަރިންގެ ޚިދުމަތް ފެށުމުގެ ރަސްމިއްޔާތުގައި ވަޒީރު ސައީދު ވާހަކަ ދައްކަވަނީ / ފޮޓޯ: ޚުލާސާ

ސައީދު ވިދާޅުވި ގޮތުގައި ކުރީގެ ސަރުކާރުތަކުން އިޤްތިޞާދު ކުރިއެރުވުމަށް ގިނަ ފިޔަވަޅުތަކެއް ޢިއުލާން ކުރި ނަމަވެސް، އޭގެ ގިނަ ކަންކަން ތަންފީޒީ މަރުހަލާއަށް ގޮސްފައި ނުވެއެވެ. އެހެންކަމުން ރައީސް މުޢިއްޒުގެ އެންމެ ބޮޑު އަމާޒަކަށްވީ މިފަދަ މުހިންމު ކަންކަން ބަލައި ތަންފީޒު ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

އިންޓަނޭޝަނަލް ބަންކަރިންގެ ޚިދުމަތް ފެށިގެން ދިޔައީ ދުނިޔޭގެ މަޝްހޫރު އެއް ކުންފުންޏާ އެކުގައި ކަމަށާއި، މިއީ 55 އަހަރުގެ ތަޖުރިބާ ލިބިފައިވާ ކުންފުންޏެއް ކަމަށް ސައީދު ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، މި މަސައްކަތް ފެށުމާމެދު ސަރުކާރާ މެދު ސުވާލު އުފެއްދި އެތައް ބަޔަކު ތިބިކަން އޭނާ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ސައީދު އިތުރަށް ވިދާޅުވީ ބައެއް މީހުންގެ އަމާޒަކީ ރައީސްގެ މަސައްކަތް ކާމިޔާބުވިޔަ ނުދިނުން ކަމަށެވެ. އެއީ ޤައުމިއްޔަތާ ދެކޮޅު ވިސްނުމެއް ކަމަށާއި، އަދި ޤައުމާ ދެކޮޅަށް ކުރެވޭ މަސައްކަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ބޮޑު ދަރަންޏެއް އުފައްދައި، އިންވެސްޓަރުންނާ މެދު ސުވާލު އުފެއްދުމަށް ޖާގަ ނުދެވޭނެ ކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ.

ބަންކަރިން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ބަންކަރިން ހިދުމަތުން ބިލިއަނަކާ ގާތްކުރާ އާމްދަނީއެއް ލިބިއްޖެ: މިނިސްޓަރު ސައީދު

"ބަންކަރިން ހިދުމަތުން ބިލިއަނަކާ ގާތްކުރާ އާމްދަނީއެއް ލިބިއްޖެ"

125 ދުވަސް ކުރިން - 12:44

"ބަންކަރިންގެ ހިދުމަތުން މިހާތަނަށް 730 މިލިއަން ރުފިޔާ ލިބިއްޖެ"

"ބަންކަރިންގެ ހިދުމަތުން 730 މިލިއަން ރުފިޔާ ލިބިއްޖެ"

154 ދުވަސް ކުރިން - 18:54

ދެކޮޅު ނުޖެހޭނެ ކަމަށް ޔާމީން ވިދާޅުވެފައިވަނިކޮށް ބަންކަރިންގެ ހިދުމަތުން 192 މިލިއަން ރުފިޔާގެ އާމަދަނީއެއް

ބަންކަރިންގެ ހިދުމަތުން 192 މިލިއަން ރުފިޔާގެ އާމްދަނީއެއް

327 ދުވަސް ކުރިން - 15:38

ސިންގަޕޫރު ފޯރަމުގައި ލ. އަތޮޅު ބަންކަރިން މަޝްރޫއަށް އިންވެސްޓްކުރަން ހުޅުވާލައިފި

ލ. އަތޮޅު ބަންކަރިން މަޝްރޫއަށް އިންވެސްޓްކުރަން ހުޅުވާލައިފި

434 ދުވަސް ކުރިން - 23:30

ތެޔޮ ފޯރުކޮށްދިނުމުގެ ޚިދުމަތުން ސަރުކާރަށް ބޮޑު އާމްދަނީއެއް ލިބޭ!

ތެޔޮ ފޯރުކޮށްދިނުމުގެ ޚިދުމަތުން ސަރުކާރަށް ލިބޭ އާމްދަނީ

441 ދުވަސް ކުރިން - 17:06

ބަންކަރިންގ ޚިދުމަތުން 124 މިލިޔަން ރުފިޔާގެ އާމްދަނީ ލިބިއްޖެ: އެސްޓީއޯ

ބަންކަރިންގ ޚިދުމަތުން 124 މިލިޔަން ރުފިޔާ ލިބިއްޖެ

479 ދުވަސް ކުރިން - 10:46