ބަންކަރިންގ ޚިދުމަތުން 124 މިލިޔަން ރުފިޔާގެ އާމްދަނީ ލިބިއްޖެ: އެސްޓީއޯ

ހުސައިން އިސްމާއިލް | 4 ދުވަސް ކުރިން - 18 މޭ 2025 10:46
ބަންކަރިން ހިދުމަތް ފެށުމުގެ ރަސްމިއްޔާތުގައި އެސްޓީއޯގެ އެމްޑީ ޝިމާދު ވާހަކަދައްކަވަނީ. މިވީ ކުރު މުއްދަތުގައި ބަންކަރިން ހިދުމަތުން ލިބުނީ ހިތްވަރު ލިބޭ ވަރުގެ ރަނގަޅު އާމްދަނީއެއް / ފޮޓޯ: އެސްޓީއޯ.
ބަންކަރިން ހިދުމަތް ފެށުމުގެ ރަސްމިއްޔާތުގައި އެސްޓީއޯގެ އެމްޑީ ޝިމާދު ވާހަކަދައްކަވަނީ. މިވީ ކުރު މުއްދަތުގައި ބަންކަރިން ހިދުމަތުން ލިބުނީ ހިތްވަރު ލިބޭ ވަރުގެ ރަނގަޅު އާމްދަނީއެއް / ފޮޓޯ: އެސްޓީއޯ.
ޚުލާސާ

މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި ފެށި ބަންކަރިން ޚިދުމަތުން އެންމެ ރަނގަޅު ޢާމްދަނީއެއް ލިބެނީ މާލެ ސަރަޙައްދުން.

ބަންކަރިންގ ޚިދުމަތުން މިހާތަނަށް 124 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާކަމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޝިމާދު މިހެން ވިދާޅުވީ އެސްޓީއޯގެ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. އޭނާ ވިދާޅުވި ގޮތުގައި، ރާއްޖޭގައި ބަންކަރިންގ ޚިދުމަތް ފެށިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި މިފަދަ އާމްދަނީއެއް ލިބިފައިވުމަކީ ވަރަށް އުފާވެރި ކަމެކެވެ.

ރާއްޖޭގައި ބަންކަރިންގެ ޚިދުމަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުއެވެ.

ޝިމާދު ވިދާޅުވި ގޮތުގައި، އިހަވަންދިއްޕޮޅުގައި ބައިނަލްއަޤްވާމީ ބަންކަރިންގ ޚިދުމަތް ފެށުމަށް ސަރުކާރުން 15 އާއި 20 މިލިޔަން ޑޮލަރާ ދެމެދުގެ އަދަދެއް އިންވެސްޓްކޮށްފައިވެއެވެ. ނަމަވެސް، މި ވިޔަފާރީގެ އެންމެ ރަނގަޅު ނަތީޖާ ފެންނަމުންދަނީ މާލެ ސަރަހައްދުންނެވެ.

ޝިމާދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ވާދަވެރި އެހެން ގައުމުތަކާ އެއް ފެންވަރަކަށް މި ޚިދުމަތް ފޯރުކޮށްދިނުމަށް އަދިވެސް ގިނަ ކަންތައްތަކެއް ރަނގަޅުކުރަން ޖެހެއެވެ. މިކަމާ ގުޅޭގޮތުން ކަމާބެހޭ އެހެން ފަރާތްތަކާއެކު މަޝްވަރާތައް ކުރިއަށްދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ބަންކަރިންގަ އަދިވެސް އަޅުގަނޑުމެން ރަނގަޅުކުރަންޖެހޭ ކަންތައްތަކެއް އެބަހުރި. ކޮލޮމްބޯ ފަދަ ކައިރި ޤައުމުތަކާއި ކޮމްޕީޓުކުރަން ވެެއްޖެއްޔާމު އެތައް ކަމެއް ރަނގަޅުކުރަން ޖެހޭ. އަޅުގަނޑުމެން މިހާރު މިދަނީ މިކަމަށް މަޝްވަރާތައްވެސް ކުރަމުން." އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހިމް ވިދާޅުވިއެެވެ.

އެސްޓީއޯއިން ބަންކަރިންގ ޚިދުމަތް ދެމުންދަނީ ބައިނަލްއަޤްވާމީ ކުންފުންޏެއްކަމަށްވާ ވިޓޯލްއާ ގުޅިގެންނެވެ. މި ޚިދުމަތް ދިނުމަށް ބޭނުންކުރަނީ ގާތްގަނޑަކަށް 4000 ޓަނުގެ ތެޔޮ އުފުލާ 2 ބޯޓެވެ. ޝިމާދު ވިދާޅުވި ގޮތުގައި، ދުނިޔޭގެ އެންމެ ބޮޑު އެއް ޝިޕިންގ ލައިނަކަށް އެސްޓީއޯއިން ވަނީ 1،200 ޓަނުގެ ފެން ފޯރުކޮށްދީފައެވެ.

ބަންކަރިންގ ޚިދުމަތް ފެށުމުން ރާއްޖޭގެ ޖީޑީޕީގެ ތެރެއަށް މުޅިން އަލަށް 400 މިލިޔަން ޑޮލަރު ވަންނާނެކަމަށް ސަރުކާރުން ލަފާކުރައްވައެވެ. މިއާއެކު 6 ބިލިޔަން ދިވެހި ރުފިޔާގެ މުޅިން އައު ސިނާއަތެއް އުފެދޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%