Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާ ރަސްމީކޮށް ހުޅުވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާ ރަސްމީކޮށް ހުޅުވައިފި

އައިޝަތު ރުވާ ރިފްޢަތު
60 ދުވަސް ކުރިން - 12 ޖޫން 2026 13:57
އެސްޓީއޯ ޕީޕަލްސް ޗޮއިސް--
އެސްޓީއޯ ޕީޕަލްސް ޗޮއިސް--
ޚުލާސާ

މި ފަންގިފިލާ ހާއްސަކޮށްފައިވަނީ ހޯމް އިމްޕްރޫވްމަންޓް ސާމާނާއި ގޭތެރެ ރީތިކުރުމަށް ބޭނުންވާ ހޯމް ޑެކޯ އައިޓަމްތަކަށް. އަދި ދުނިޔޭގެ މަޝްހޫރު ބްރޭންޑްތައް ކަމަށްވާ ފިލިޕްސް، ރަސެލްހޮބްސް، އެލްޖީ، އަދި ޑައިސަންގެ އުފެއްދުންތަކުގެ އިތުރުން، ޗައިނާގެ މަޝްހޫރު 'ސުންމީ' ބްރޭންޑްގެ އުފެއްދުންތައް ވެސް މިހާރު މިތަނުން ލިބެން ހުންނާނެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ހިދުމަތްތައް އިތުރަށް ފުޅާކޮށް، އެ ފިހާރައިގެ ފުރަތަމަ ފަންގިފިލާ ރަސްމީކޮށް ހުޅުވައިފިއެވެ.

މި އައު ފަންގިފިލާ ހުޅުވުމަށްޓަކައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް އަލްފާޟިލް މުހައްމަދު ސަޢީދެވެ. މި ހަފްލާގައި އެސްޓީއޯގެ ބޯޑު މެންބަރުންނާއި، އެކްސްކޯ މެންބަރުންގެ އިތުރުން އެސްޓީއޯ ޖެނެރަލް ޓްރޭޑިންގްގެ ބްރޭންޑްތަކުގެ ސަޕްލަޔަރުންނާއި ކްލައިންޓުން ބައިވެރިވެވަޑައިގެންނެވިއެވެ.

1991 ވަނަ އަހަރު ހުޅުވުނު އެސްޓީއޯ ޕީޕަލްސް ޗޮއިސްއަކީ ރާއްޖެއަށް ސުޕަރމާކެޓް ކޮންސެޕްޓް ތައާރަފްކޮށްދިން ފިހާރައެވެ. އޭގެ ފަހުން 2022 ވަނަ އަހަރު ބޮޑެތި ބަދަލުތަކަކާއެކު ރާއްޖޭގެ ފުރަތަމަ ހައިޕަރމާކެޓްގެ ގޮތުގައި މިތަން ތަރައްޤީކުރެވުނެވެ. އަދި 2026 ވަނަ އަހަރުގެ ފެބްރުއަރީ މަހު ހުޅުމާލޭގައި ހުޅުވުނު އައުޓްލެޓާއެކު މި ޚިދުމަތް ވަނީ މާލެ ސަރަހައްދަށް އިތުރަށް ފުޅާވެގެން ގޮސްފައެވެ.

Advertisement

Advertisement 1

މިއަދު އަލަށް ހުޅުވުނު ފުރަތަމަ ފަންގިފިލާ ހާއްސަކޮށްފައިވަނީ ހޯމް އިމްޕްރޫވްމަންޓް ސާމާނާއި ގޭތެރެ ރީތިކުރުމަށް ބޭނުންވާ ހޯމް ޑެކޯ އައިޓަމްތަކަށެވެ. މީގެ އިތުރުން ޕްރޮކިޔޯ ޕްލަސް، ޕީކަބޫ އަދި ރައިމްބޯ ހޯމް އިމްޕްރޫވްމަންޓްގެ ޑިސްޕްލޭ ޒޯނެއް މި ފަންގިފިލާގައި ހިމެނެއެވެ. އަދި ދުނިޔޭގެ މަޝްހޫރު ބްރޭންޑްތައް ކަމަށްވާ ފިލިޕްސް، ރަސެލްހޮބްސް، އެލްޖީ، އަދި ޑައިސަންގެ އުފެއްދުންތަކުގެ އިތުރުން، ޗައިނާގެ މަޝްހޫރު 'ސުންމީ' ބްރޭންޑްގެ އުފެއްދުންތައް ވެސް މިހާރު މިތަނުން ލިބެން ހުންނާނެއެވެ.

ކަސްޓަމަރުންނަށް ލިބޭ ފަސޭހަތަކަށް ބަލާއިރު، އާއިލާއާއެކު ވިޔަފާރިކުރަން އަންނަ ފަރާތްތަކަށް ހާއްސަކޮށްގެން ކިޑްސް ކޯނަރއެއް ވަނީ ގާއިމްކޮށްފައެވެ. އަދި ކުރިއަށް އޮތް ތަނުގައި މަޝްހޫރު 'ކޮފީ ބީން އެންޑް ޓީ ލީވްސް' ގެ އައުޓްލެޓެއް ވެސް މި ފަންގިފިލާގައި ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ.

އައު ފަންގިފިލާ ހުޅުވުމާއެކު، ކުރިއަށް އޮތް ހުކުރު ދުވަހުން ފެށިގެން އާންމުންނަށް މިތަނުން ވިޔަފާރިކުރުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ. މިއީ އެސްޓީއޯއިން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، އެއް ފުރާޅެއްގެ ދަށުން ގިނަ ބާވަތްތަކެއް ހެޔޮ އަގުގައި ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެ ކުންފުނިން ފާހަގަކުރެއެވެ.

އެސްޓީއޯ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ބޯޓުފަހަރުގެ ޗާޓަރު އަގު އިންތިހާއަށް އުފުލުނަސް، ރާއްޖެއަށް ތެޔޮ އެތެރެކުރުމަށް ހުރަހެއް ނެތް! އަގުވެސް ހެޔޮ!

ރާއްޖެއަށް ތެޔޮ އެތެރެކުރުމަށް ހުރަހެއް ނެތް! އަގުވެސް ހެޔޮ!

6 ގަޑިއިރު ކުރިން - 10:46

އެސްޓީއޯގެ ހިއްސާއަކަށް 85 ރުފިޔާ ބަހަން ފާސްކޮށްފި: މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ފައިދާ 276 މިލިއަނަށް

އެސްޓީއޯގެ ހިއްސާއަކަށް 85 ރުފިޔާ ބަހަން ފާސްކޮށްފި

86 ދުވަސް ކުރިން - 15:22

އެސްޓީއޯ ގްރޫޕަށް މިދިޔަ އަހަރު 16.68 ބިލިއަންގެ އާމްދަނީއެއް

އެސްޓީއޯއަށް މިދިޔަ އަހަރު 16.68 ބިލިއަންގެ އާމްދަނީއެއް

101 ދުވަސް ކުރިން - 11:10

އެސްޓީއޯގެ ހިއްސާއަކަށް 85 ރުފިޔާ ބަހަން ހުށަހަޅަނީ

އެސްޓީއޯގެ ހިއްސާއަކަށް 85 ރުފިޔާ ބަހަން ހުށަހަޅަނީ

101 ދުވަސް ކުރިން - 11:00

ފުރަތަމަ ކުއާޓާގައި އެސްޓީއޯއަށް 5.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް؛ ފައިދާ 785 މިލިއަން

ފުރަތަމަ ކުއާޓާގައި އެސްޓީއޯއަށް 785 މިލިއަންގެ އާމްދަނީއެއް

110 ދުވަސް ކުރިން - 23:49

މަސް ދޯނިތަކަށް އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމް ސަރުކާރުން ހަމަޖައްސައިފި

މަސްދޯނިތަކަށް ރޭޓުގައި ތެޔޮ ލިބޭނެ ގޮތް ހަމަޖައްސައިފި

112 ދުވަސް ކުރިން - 13:50