Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ބޯޓުފަހަރުގެ ޗާޓަރު އަގު އިންތިހާއަށް އުފުލުނަސް، ރާއްޖެއަށް ތެޔޮ އެތެރެކުރުމަށް ހުރަހެއް ނެތް! އަގުވެސް ހެޔޮ!

ބޯޓުފަހަރުގެ ޗާޓަރު އަގު އިންތިހާއަށް އުފުލުނަސް، ރާއްޖެއަށް ތެޔޮ އެތެރެކުރުމަށް ހުރަހެއް ނެތް! އަގުވެސް ހެޔޮ!

ހުސައިން އިސްމާއިލް
5 ގަޑިއިރު ކުރިން - 11 އޯގަސްޓް 2026 10:46
އެސްޓީއޯ ހެޑް އޮފީސް--- ފޮޓޯ: ޚުލާސާ
އެސްޓީއޯ ހެޑް އޮފީސް--- ފޮޓޯ: ޚުލާސާ
ޚުލާސާ

މިއަދުވެސް ސްރީލަންކާގައި ޕެޓްރޯލް ލީޓަރެއްގެ އަގު ގާތްގަނޑަކަށް 24 ރުފިޔާއަށް އަދި ޕާކިސްތާނާއި އިންޑިއާ ފަދަ ގައުމުތަކުގައި ވެސް ތެލުގެ އަގުތައް މަތީގައި ހުރިއިރު، ދިވެހިރާއްޖޭގައި ޕެޓްރޯލް ލީޓަރެއް ކޮންޓްރޯލް ކުރެވިފައިވަނީ އެންމެ 16.01 ރުފިޔާގަ.

ދުނިޔޭގެ ބާޒާރުގައި ތެޔޮ އުފުލާ ބޯޓުފަހަރުގެ ޗާޓަރު އަގުތައް 600،000 ޑޮލަރުން 950،000 ޑޮލަރަށް އުފުލި، ހަކަތައިގެ ބޮޑު ކްރައިސިސްއަކާ ދުނިޔެ ކުރިމަތިލާން ޖެހުނު ނަމަވެސް ރާއްޖެއަށް ތެޔޮ އެތެރެކުރުމަށް އެއްވެސް ހުރަހެއް ކުރިމަތިވެފައެއް ނުވާ ކަމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)ގެ މެނޭޖިންގ ޑިރެކްޓަރ ޝިހާދު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ބައިނަލްއަގުވާމީ ބާޒާރުގައި އަގުތައް އިންތިހާއަށް އުފުލި، އަވަށްޓެރި ބައެއް ގައުމުތަކުން ތެޔޮ ވިއްކުން ލިމިޓްކުރަން ޖެހުނު ހާލަތެއްގައި ވެސް ދިވެހި ސަރުކާރާއި އެސްޓީއޯ ގެ ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން ރާއްޖޭގެ ތެލުގެ ސަޕްލައި ވަނީ މެދުނުކެނޑި އެއްވަރެއްގައި ހިފަހައްޓާފައެވެ.

"އިޤްތިޞާދުގެ ދެފަރާތް" ފޯރަމްގައި ވާހަކަދައްކަވަމުން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހިމް ވިދާޅުވީ، މޭ އަދި ޖޫން މަހުގެ ތެރޭގައި ތެލުގެ އަގު ތިން ގުނައަށް ބޮޑުވެގެން ދިޔައިރު ވެސް، ރާއްޖޭގެ ރައްޔިތުންނަށް އެއްވެސް ދަތިކަމެއް ނެތް ގޮތަށް ޕެޓްރޯލާއި ޑީސަލް ފޯރުކޮށްދެވިފައިވާ ކަމަށެވެ. ބޭރު ގައުމުތަކުން ތެޔޮ ދޫކުރުން ކޮންޓްރޯލް ކުރިއިރުވެސް، ރާއްޖެއިން އެފަދަ އެއްވެސް ފިޔަވަޅެއް ނާޅާ، އާންމުންނަށާއި ވިޔަފާރިތަކަށް ބޭނުންވާ މިންވަރަށް ތެޔޮ ދޫކުރަމުން ދިޔުމަކީ ސަރުކާރުގެ ދުރުވިސްނޭ ސިޔާސަތުތަކުގެ ނަތީޖާއެވެ.

Advertisement

Advertisement 1

މިއަދު އަވަށްޓެރި ސްރީލަންކާގައި ޕެޓްރޯލް ލީޓަރެއްގެ އަގު ގާތްގަނޑަކަށް 24 ރުފިޔާއަށް އަދި ޕާކިސްތާނާއި އިންޑިއާ ފަދަ ގައުމުތަކުގައި ވެސް ތެލުގެ އަގުތައް މަތީގައި ހުރިއިރު، ދިވެހިރާއްޖޭގައި ޕެޓްރޯލް ލީޓަރެއް ކޮންޓްރޯލް ކުރެވިފައިވަނީ އެންމެ 16.01 ރުފިޔާގައެވެ. ހަމައެގޮތަށް، ސަރަހައްދުގެ އެހެން ގައުމުތަކާ އަޅާބަލާއިރު ރާއްޖޭގައި ޑީސަލް ލީޓަރެއް 17.54 ރުފިޔާއަށް ލިބެން ހުރުމަކީ، ސަރުކާރުގެ ބޮޑު ސަބްސިޑީއާއި އެސްޓީއޯގެ ހަރުދަނާ ސިޔާސަތުގެ ސަބަބުން ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު ލުޔެކެވެ.

ދުނިޔޭގެ ބާޒާރުގެ ލޮޅުންތަކުން ރައްޔިތުން ސަލާމަތްކުރުމަށްޓަކައި ދިވެހި ސަރުކާރުން ދަނީ ތެލުގެ ސަބްސިޑީއަށް ބޮޑު ހޭދައެއް ކުރަމުންނެވެ. މިގޮތުން ސަރަހައްދުގެ އެހެން ގައުމުތަކާ އަޅާބަލާއިރު ރާއްޖޭގައި ތެލުގެ އަގު މާ ހެޔޮކޮށް ހިފެހެއްޓިފައިވަނީ ސަރުކާރުގެ މާލީ ބެކަޕާއި އެސްޓީއޯގެ ސްޓްރެޓީޖިކް ޕްލޭނިންގްގެ ސަބަބުންނެވެ.

ޝިމާދު އިބްރާހިމްއެސްޓީއޯވިޔަފާރި
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޑޮލަރުގެ އަގު ރެކޯޑު މިންވަރަށް ބޮޑުކޮށްލީ ދަނޑިވަޅުގައި ބޮޑު ފައިދާ ނަގަން ވެގެން

ޑޮލަރުގެ އަގު ރެކޯޑު މިންވަރަށް ބޮޑުކޮށްލީ ދަނޑިވަޅުގައި ބޮޑު ފައިދާ ނަގަން

24 ދުވަސް ކުރިން - 10:21

އިގްތިސާދުގެ ވަރުގަދަކަން ގުޅިފައިވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާ: ރައީސް

އިގްތިސާދުގެ ވަރުގަދަކަން ގުޅިފައިވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާ: ރައީސް

45 ދުވަސް ކުރިން - 13:53

40 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ފުރުސަތުތަކާއެކު "ދިނަފް-48" ރަސްމީކޮށް ތަޢާރަފްކޮށްފި

40 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ފުރުސަތުތަކާއެކު "ދިނަފް-48" ރަސްމީކޮށް ތަޢާރަފްކޮށްފި

47 ދުވަސް ކުރިން - 23:28

އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާ ރަސްމީކޮށް ހުޅުވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާ ރަސްމީކޮށް ހުޅުވައިފި

60 ދުވަސް ކުރިން - 13:57

އެސްޓީއޯގެ ހިއްސާއަކަށް 85 ރުފިޔާ ބަހަން ފާސްކޮށްފި: މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ފައިދާ 276 މިލިއަނަށް

އެސްޓީއޯގެ ހިއްސާއަކަށް 85 ރުފިޔާ ބަހަން ފާސްކޮށްފި

86 ދުވަސް ކުރިން - 15:22

އެސްޓީއޯ ގްރޫޕަށް މިދިޔަ އަހަރު 16.68 ބިލިއަންގެ އާމްދަނީއެއް

އެސްޓީއޯއަށް މިދިޔަ އަހަރު 16.68 ބިލިއަންގެ އާމްދަނީއެއް

101 ދުވަސް ކުރިން - 11:10