Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ދެކޮޅު ނުޖެހޭނެ ކަމަށް ޔާމީން ވިދާޅުވެފައިވަނިކޮށް ބަންކަރިންގެ ހިދުމަތުން 192 މިލިއަން ރުފިޔާގެ އާމަދަނީއެއް

ދެކޮޅު ނުޖެހޭނެ ކަމަށް ޔާމީން ވިދާޅުވެފައިވަނިކޮށް ބަންކަރިންގެ ހިދުމަތުން 192 މިލިއަން ރުފިޔާގެ އާމަދަނީއެއް

އައިޝަތު ރުވާ ރިފްޢަތު
237 ދުވަސް ކުރިން - 17 އޮކްޓޫބަރު 2025 15:38
ބަންކަރިންގެ ހިދުމަތް ފެށުމަށްޓަކައި އެސްޓީއޯއިން ގެނައި ބޯޓު. - ފޮޓޯ: ޚުލާސާ
ބަންކަރިންގެ ހިދުމަތް ފެށުމަށްޓަކައި އެސްޓީއޯއިން ގެނައި ބޯޓު. - ފޮޓޯ: ޚުލާސާ
ޚުލާސާ

ޔާމީން ވިދާޅުވެފައިވަނީ މި ހިދުމަތުން ހަރަދަށް ކަނޑާފައި ދެކޮޅު ނުޖެހޭނެ ކަމަށް. ނަމަވެސް މިހާތަނަށް ޓެކްސް ގެ ގޮތުގައި އެކަނިވެސް 17 މިލިއަން ރުފިޔާ ދައްކާފައިވޭ.

ރާއްޖޭގެ އިގްތިސޯދު ފުޅާކުރުމަށްޓަކައި މި ސަރުކާރުން ފެށި ބަންކަރިންގެ ހިދުމަތަށް ފާޑުވިދާޅުވެ އެ ހިދުމަތުން ދެކޮޅު ނުޖެހޭނެ ކަމަށް ކުރީގެ ރައީސް، ޔާމީން ވިދާޅުވެފައިވަނިކޮށް އެ ހިދުމަތުން މިހާތަނަށް 192 މިލިއަން ރުފިޔާގެ އާމްދަނީ އެއް ހޯދައިފި އެވެ.

އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް މެމްބަރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ، ނިމިދިޔަ އަހަރު ފެށި ބަންކަރިންގެ ހިދުމަތުން އެ އަހަރު ނިމުނު އިރު 44.9 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށާއި، އަދި ހިދުމަތް ފެށުނު ފަހުން މިހާތަނަށް 192،149،939 ރުފިޔާ ލިބިފައިވާ ކަމަށެވެ. ސައީދު ވިދާޅުވީ މި މުއްދަތުގައި މި ހިދުމަތުން ޓެކްސްގެ ގޮތުގައި 17،360،589 ރުފިޔާ ދައްކާފައިވާ ކަމަށެވެ.

ބަންކަރިންގެ ހިދުމަތް މި ސަރުކާރުން ފެށުމާއެކު އިދިކޮޅު ގިނަ ފަރާތްތަކުން ފާޑުވިދާޅުވެ، މި ހިދުމަތް ދާނީ ފަނޑުފުލުން ކަމަށާއި، މިއީ ރައްޔިތުންގެ ލޮލުގައި އަޅުވާ އަދުނައެއް ކަމަށް ބުނަމުން ދިޔައެވެ. އަދި އެކަމުގައި އެންމެ ގިނައިން ފާޑުވިދާޅުވީ ޕީޕީއެމް/ޕީއެންސީގެ ޓިކެޓް ނުލިބުމުން 2023 ގެ ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރަން ގޮވާލި ރައީސް ޔާމީނެވެ. އެމަނިކުފާނު ވިދާޅުވީ ބަންކަރިންގެ ހިދުމަތުން ލިބޭނެ މަންފާއެއް ރާއްޖެއަށް ނެތް ކަމަށާއި އެއަށް ކުރަންޖެހޭ ހަރަދުތައް ކަނޑާފައި ދެކޮޅު ނުޖެހޭނެ ކަމަށެވެ.

Advertisement

Advertisement 1

ބަންކަރިންގެ ހިދުމަތް އިހަވަންދިއްޕޮޅުގައި ފަށާފައިވަނީ ނިމިދިޔަ އަހަރު ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. ވިޓޯލް ނަމަކަށް ކިޔާ ތަޖުރިބާހުރި ކުންފުންޏަކާ އެކު ފެށި މި ހިދުމަތުން ލިބޭ އާމްދަނީގެ ބޮޑު ބައެއް ހިއްސާ ކުރަނީ ރާއްޖެއަށް އަލަށް އެތެރެކޮށް ވިއްކަން ފަށާފައިވާ ލޯ ސަލްފަރ އޮއިލް އިންނެވެ. ސައީދު ވިދާޅުވީ ލޯ ސަލްފަރ ފިއުލް އަކީ މީގެ ކުރިން ރާއްޖެއަށް ގެނެސްގެން ބަންކަރ ކުރި އެއްޗެއް ނޫން ކަމަށެވެ.

މި ހިދުމަތް ފެށި ފަހުން މެދުނުކެނޑި ކުރިއަށްދާ އިރު މި ހިދުމަތަކީ އޮފްޝޯ ކޮށް އެކަމަށް ހާއްސަ ބޯޓެއް ގެނެސްގެން އެސްޓީއޯ މެދުވެރިކޮށް ދޭ ހިދުމަތެކެވެ. ހިދުމަތުން ލިބޭ އާމްދަނީ ދުވަހަކަށް ވުރެ ދުވަހެއް ދަނީ އިތުރުވަމުންނެވެ. ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ދުވަސްތަކުގައި ހިދުމަތް ފުޅާކޮށް އާމްދަނީ ވީހާވެސް ބޮޑަށް އިތުރުކުރުމެވެ.

ބަންކަރިންމިނިސްޓަރު މުހައްމަދު ސައީދުއެސްޓީއޯރައީސް ޔާމީން
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހިތަދޫ އުތުރު ދާއިރާގައި ޕީއެންސީ/ޕީޕީއެމް/ޑީއާރުޕީ ފިކުރަށް ތާރީހީ ކުރިއެރުމެއް

ހިތަދޫ އުތުރު ދާއިރާގައި ޕީއެންސީ/ޕީޕީއެމް/ޑީއާރުޕީ ފިކުރަށް ތާރީހީ ކުރިއެރުމެއް

4 ދުވަސް ކުރިން - 10:48

އެމްޑީޕީ ރޫޅާލަން ނަޝީދު ހެއްދެވި ޑިމޮކްރެޓްސް އިލެކްޝަނުން ރޫޅާލައިފި؛ ޔާމީނުގެ ޕީއެންއެފް ސަލާމަތްވީ ކިރިޔާ

އެމްޑީޕީ ރޫޅާލަން ނަޝީދު ހެއްދެވި ޑިމޮކްރެޓްސް އިލެކްޝަނުން އުވާލައިފި

7 ދުވަސް ކުރިން - 18:13

އިދިކޮޅު އިއްތިޙާދެއްތޯ ނުވަތަ ބާރުވެރިކަން ހޯދުމަށް ކުރާ މަސައްކަތެއްތޯ؟

އިދިކޮޅު އިއްތިޙާދެއްތޯ ނުވަތަ ބާރުވެރިކަން ހޯދުމަށްކުރާ މަސައްކަތެއްތޯ؟

17 ދުވަސް ކުރިން - 13:16

ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކުރާނީ 60 އިންސައްތަ ވޯޓުން: ޝާހިދު

2028 ކާމިޔާބުކުރާނީ %60 ވޯޓުން: ޝާހިދު

19 ދުވަސް ކުރިން - 00:31

ޖަމީލަކީ ހިޔަޅެއް، ކެބިނެޓަށް އައްޔަނުކުރިނަމަ ޔާމީން ގާތު ނުހުންނާނެ: ޝުޖާއު

"ކެބިނެޓަށް އައްޔަނުކުރިނަމަ ޔާމީން ގާތު ޖަމީލެއް ނުހުންނާނެ"

19 ދުވަސް ކުރިން - 23:56

މިއަހަރުގެ އަމީރުލް ހައްޖަކަށް މިނިސްޓަރު ސައީދު ހަމަޖައްސައިފި

އަމީރުލް ހައްޖަކަށް މިނިސްޓަރު ސައީދު ހަމަޖައްސައިފި

22 ދުވަސް ކުރިން - 22:12