Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

ޚަބަރު

ރަހީނުކުރި މައްސަލައިގައި ހިމެނޭ ސިފައިންގެ ދެމީހުން ވަޒީފާއިން ސަސްޕެންޑްކޮށްފި

ރަހީނުކުރި މައްސަލައިގައި ހިމެނޭ ސިފައިންގެ ދެމީހުން ވަޒީފާއިން ސަސްޕެންޑްކޮށްފި

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން މުހައްމަދު ނަފާހު އާއި އަހުމަދު ޒަޔާންއަކީ އެމްއެންޑީއެފްގައި ވަޒީފާ އަދާކުރާ ދެ މީހުން. މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން 4 މީހުން ޝަރީޢަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް ކޯޓުން ޢަމުރުކޮށްފައިވާއިރު މި މައްސަލައިގައި ހައްޔަރު ކުރި މުހައްމަދު ނަފާހް ވަނީ މައްސަލައިގެ ތަހުޤީޤު ނިމެންދެން ބަންދުކުރުމަށް ޢަމުރުކޮށްފައި.

752 ދުވަސް ކުރިން - 16:39

އައިޔޫއެމް އިން މި އަހަރަށް ދެ ޕީއެޗްޑީ ކޯހެއް ޢިއުލާނުކޮށްފި

އައިޔޫއެމް އިން މި އަހަރަށް ދެ ޕީއެޗްޑީ ކޯހެއް ޢިއުލާނުކޮށްފި

އައިޔޫއެމް އިން މި އަހަރަށް ޢިއުލާނުކޮށްފައިވާ ދެ ޕީއެޗްޑީ ކޯހަކީ ޑޮކްޓަރ އޮފް ފިލޯސޮފީ އިން ފިޤްހު އެންޑް އުސޫލުލް ފިޤްހު އަދި ޑޮކްޓަރ އޮފް ފިލޯސޮފީ އިން އިސްލާމިކް ޖުޑީޝަލް ސައިންސަސް އެންޑް ލެޖިސްލޭޓިވް ޕޮލިސީ. މި ކޯސްތަކަކީ އެމްކިޔުއޭ ލެވެލް 10ގެ ކޯސްތަކެއް ކަމަށް އައިޔޫއެމް އިން ބުނި.

752 ދުވަސް ކުރިން - 16:20

މޯޕާއިން ވެމްކޯއަށް ޕިކަޕްތަކެއް ހަދިޔާކޮށްފި

މޯޕާއިން ވެމްކޯއަށް ޕިކަޕްތަކެއް ހަދިޔާކޮށްފި

މޯޕާއިން ވަނީ ވެމްކޯއަށް ހަތަރު ޕިކަޕާއި ބެއިލަރުގެ އިތުރުން ޕްލާސްޓިކް ފުޅި އެއްކުރަން ގިނަ ޢަދަދެއްގެ ގޯނި ހަދިޔާކޮށްފައި. ވެމްކޯގެ އެމްޑީ މުޖުތަބާ ވިދާޅުވީ ރައްކާތެރިކޮށް ޕްލާސްޓިކް މެނޭޖުކުރުމަށް އެ ކޯޕަރޭޝަނަށް ދަތިކަމެއް އެބަހުރި ކަމަށާއި މޯޕާއިން މިއަދު ހަދިޔާކުރި ތަކެއްޗާއެކު މާލެއިން އުކާލާ ގިނަ ޢަދަދެއްގެ ޕްލާސްޓިކް މެނޭޖުކުރުމަށާއި އަތޮޅުތަކުން އުކާލާ ޕްލާސްޓިކްވެސް ރައްކާތެރިކޮށް ރިސައިކަލް ކުރުމުގެ ފުރުޞަތު ފަހިވެފައިވާ ކަމަށް.

752 ދުވަސް ކުރިން - 15:58

ނޮވެމްބަރު 17 ގެ ކުރިން 3 މިސްކިތެއްގެ މަސައްކަތް ނިންމަނީ

ނޮވެމްބަރު 17 ގެ ކުރިން 3 މިސްކިތެއްގެ މަސައްކަތް ނިންމަނީ

ވަޒީރު ވިދާޅުވީ، މިހާރު ކުރިއަށްދާ 22 މިސްކިތް މަޝްރޫޢުތަކުގެ ތެރެއިން 3 މިސްކިތެއްގެ މަސައްކަތް މިއަހަރުގެ ނޮވެމްބަރު 17 ގެ ކުރިން ނިންމޭ ވަރަށް މަސައްކަތްތައް ކުރިއަށް ދާކަމަށް. އެ ތިން މިސްކިތަކީ އދ. ދިގުރަށުގައި އިމާރާތް ކުރަމުންދާ މިސްކިތާއި ނ. މަނަދޫގައި އިމާރާތްކުރަމުންދާ މިސްކިތާއި ހދ. ހިރިމަރަދޫގައި އިމާރާތް ކުރަމުންދާ މިސްކިތް.

752 ދުވަސް ކުރިން - 15:41

އައްޑޫ ސިޓީގައި ވަޤުފް އިމާރާތެއް ބިނާ ކުރަނީ

އައްޑޫ ސިޓީގައި ވަޤުފް އިމާރާތެއް ބިނާ ކުރަނީ

ޝަހީމް ވިދާޅުވީ، ވަޤުފް މަޝްރޫއުއަށް ޕްރޮޕޯސަލް ހުށައެޅި ކައުންސިލްތަކުގެ ތެރެއިން އެންމެ ރަނގަޅު ޕްރޮޕޯސަލެއް ހުށައެޅީ އައްޑޫ ސިޓީ ކައުންސިލުންކަމަށާއި އެ ޕްރޮޕޯސަލްއާއެކު ކުރިއަށް ދިއުމަށް ނިންމާ އެ ޕްރޮޖެކްޓުގެ ފީޒިބިލިޓީ މަސައްކަތްތައް މިހާރު ކުރިއަށްދާކަމަށް.

752 ދުވަސް ކުރިން - 15:37

މިހާތަނަށް "ރިސާލަތު"ގެ 623 ޕްރޮގްރާމް ކުރިއަށް ގެންގޮސްފި

މިހާތަނަށް "ރިސާލަތު"ގެ 623 ޕްރޮގްރާމް ކުރިއަށް ގެންގޮސްފި

"ރިސާލަތު" ޕްރޮގްރާމްގެ ދަށުން ދިވެހިބަހުގެ އިތުރަށް އިނގިރޭސި ބަހުން ވެސް ދީނީ ޢިލްމުވެރިންގެ ނަޞޭޙަތްދިނުން ވަނީ ކުރިއަށް ގެންގޮސްފައި. މި ޕްރޮގްރާމްތަކުގައި މަޢުލޫމާތު ދެއްވަނީ ދިވެހިރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރީން.

752 ދުވަސް ކުރިން - 15:34

ސެލޫނަކުން 7 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

ސެލޫނަކުން 7 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

ގަވާއިދާ ޚިލާފަށް މަސައްކަތްކުރަމުންދިޔަ 7 ބިދޭސީ އަންހެނުން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައި. އަދި މި ފަރާތްތަކަށް ވަޒީފާ ދިން 7 ފަރާތަކަށް ނޯޓިސް ދީފައިވާކަމަށްވެސް އިމިގްރޭޝަނުން ބުނެފައިވޭ.

752 ދުވަސް ކުރިން - 15:21

ނޭޕާލްގެ ޤާނޫނުއަސާސީ ދުވަހުގެ ތަހުނިޔާ އެ ޤައުމުގެ އިސްވެރިންނަށް ރައީސް ފޮނުއްވައިފި

ނޭޕާލްގެ ޤާނޫނުއަސާސީ ދުވަހުގެ ތަހުނިޔާ އެ ޤައުމުގެ އިސްވެރިންނަށް ރައީސް ފޮނުއްވައިފި

ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެއާއި ނޭޕާލާ ދެމެދު އޮތް ގުޅުމުގެ މުހިންމުކަން ފާހަގަކުރައްވާ، ދެ ޤައުމުގެ ގުޅުމަކީ އިޙްތިރާމާއި ރައްޔިތުންގެ މެދުގައި އޮތް ދެމެހެއްޓެނިވި ގުޅުމެއްގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން ފާހަގަކުރައްވާފައި.

752 ދުވަސް ކުރިން - 15:19

ޖިނާއީ އަދުލުގެ ނިޒާމު ހަރުދަނާކުރުމާ ގުޅޭގޮތުން އާ ޕީޖީއާ އެކު މަޝްވަރާކޮށްފި

ޖިނާއީ އަދުލުގެ ނިޒާމު ހަރުދަނާކުރުމާ ގުޅޭގޮތުން އާ ޕީޖީއާ އެކު މަޝްވަރާކޮށްފި

މި ބައްދަލުވުމުގައި ޖިނާއީ އަދުލުގެ ނިޒާމު ހަރުދަނާކުރުމާ ގުޅޭގޮތުން ޕީޖީ ޢައްބާސްއާ އެކު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވިފައިވާ ކަމަށް ބަންޑާރަ ނައިބު އޮފީހުން ހާމަކޮށްފައިވޭ. މި ބައްދަލުވުމުގައި، ބަންޑާރަ ނައިބު އުޝާމް ވަނީ އާ ޕީޖީއަށް މަރުޙަބާ ދަންނަވައި، މަޤާމުގެ ޒިންމާތައް އަދާކުރެއްވުމުގައި ތެދުވެރިކަމާއެކު ދެމިހުންނެވުމަށް ހިތްވަރު ދެއްވާފައި.

752 ދުވަސް ކުރިން - 14:38

ލިޔެކިއުން ފުރިހަމަނުކޮށް ލޯނުގެ އަޕްޑޭޓް ހޯދުމަށް ގުޅައި އީމެއިލްކުރާ ކުދިން ވަރަށް ގިނަ: މާރިޔާ

ލިޔެކިއުން ފުރިހަމަނުކޮށް ލޯނުގެ އަޕްޑޭޓް ހޯދުމަށް ގުޅައި އީމެއިލްކުރާ ކުދިން ވަރަށް ގިނަ: މާރިޔާ

ލިޔެކިއުން ފުރިހަމަނުކޮށް ފައިސާއަށް އެދުމަށްފަހު އަޕްޑޭޓް ހޯދަން ވަރަށް ގިނަ ފަހަރު އީމެއިލްކޮށްފައި ހުންނަކަން ފާހަގަކުރެވިފައިވާ ކަމަށް މިނިސްޓަރ މާރިޔާ ވިދާޅުވި. މިފަދަ އީމެއިލްތަކަށް ޖަވާބު ދިނުމަށް މުވައްޒަފުންގެ ވަގުތު ހޭދަކުރަންޖެހުމުން، ލިޔެކިއުން ފުރިހަމައަށް ހުށަހެޅި ދަރިވަރުންނަށް ލޯނުގެ ކަންކަން ފުރިހަމަކޮށްދިނުމަށް ލަސްތަކެއް ދިމާވަމުންދިޔަ ކަމަށް މިނިސްޓަރ ވިދާޅުވި.

752 ދުވަސް ކުރިން - 14:36

އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ

އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ

ހީނާ ވިދާޅުވީ އދ. ގެ އާންމު މަޖިލީހުގެ 79 ސެޝަންގައި ރައީސް ބައިވެރިވެވަޑައިގަތުމަށް ނިންމެވިކަން ޢިއުލާނުކުރައްވާ ކަމަށް. ހީނާ ވިދާޅުވީ މިއީ ދިވެހިރާއްޖޭގެ ތާރީޚުގައި އދ. ގެ ސެކިއުރިޓީ ކައުންސިލްގެ ޑިބޭޓެއްގައި ރާއްޖޭގެ ރައީސަކު ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ފަހަރަކަމަށް.

752 ދުވަސް ކުރިން - 14:33

އިނގިރޭސިވިލާތަށް ދަތުރުކުރުމުގެ ކުރިން އިތުރު ހުއްދައެއް ނަގަންޖެހޭ ގޮތަށް ހަދައިފި

އިނގިރޭސިވިލާތަށް ދަތުރުކުރުމުގެ ކުރިން އިތުރު ހުއްދައެއް ނަގަންޖެހޭ ގޮތަށް ހަދައިފި

އާ ޤަވާޢިދުގެ ދަށުން، 2024 ވަނަ އަހަރުގެ ނޮވެމްބަރު 27 އިން ފެށިގެން ދިވެހިރާއްޖެ ހިމެނޭ ގޮތަށް 49 ޤައުމެއްގެ މީހުންނަށް އީޓީއޭއަށް އެދެވޭނެ. އަދި 2025 ވަނަ އަހަރުގެ ޖެނުއަރީ 8 އިން ފެށިގެން އިނގިރޭސިވިލާތަށް ދަތުރުކުރެވޭނީ އީޓީއޭ ހޯދުމަށްފަހުގައި ކަމަށް ފޮރިން މިނިސްޓްރީން އިން ބުނެފައިވޭ.

752 ދުވަސް ކުރިން - 13:33

Previous12345Next