Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ޖިނާއީ އަދުލުގެ ނިޒާމު ހަރުދަނާކުރުމާ ގުޅޭގޮތުން އާ ޕީޖީއާ އެކު މަޝްވަރާކޮށްފި

ޖިނާއީ އަދުލުގެ ނިޒާމު ހަރުދަނާކުރުމާ ގުޅޭގޮތުން އާ ޕީޖީއާ އެކު މަޝްވަރާކޮށްފި

އައިޝަތު ރުވާ ރިފްޢަތު
630 ދުވަސް ކުރިން - 19 ސެޕްޓެންބަރު 2024 14:38
ފޮޓޯ: ބަންޑާރަ ނައިބު އޮފީސް
ފޮޓޯ: ބަންޑާރަ ނައިބު އޮފީސް
ޚުލާސާ

މި ބައްދަލުވުމުގައި ޖިނާއީ އަދުލުގެ ނިޒާމު ހަރުދަނާކުރުމާ ގުޅޭގޮތުން ޕީޖީ ޢައްބާސްއާ އެކު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވިފައިވާ ކަމަށް ބަންޑާރަ ނައިބު އޮފީހުން ހާމަކޮށްފައިވޭ. މި ބައްދަލުވުމުގައި، ބަންޑާރަ ނައިބު އުޝާމް ވަނީ އާ ޕީޖީއަށް މަރުޙަބާ ދަންނަވައި، މަޤާމުގެ ޒިންމާތައް އަދާކުރެއްވުމުގައި ތެދުވެރިކަމާއެކު ދެމިހުންނެވުމަށް ހިތްވަރު ދެއްވާފައި.

ބަންޑާރަ ނައިބު އަޙްމަދު އުޝާމް، އަލަށް އައްޔަންކުރެވުނު ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) ޖަސްޓިސް (ރިޓަޔަރޑް) ޢައްބާސް ޝަރީފާ މިއަދު ބައްދަލުކުރައްވައި، ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމު ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

ބަންޑާރަ ނައިބު އޮފީހުގައި ބޭއްވުނު މި ބައްދަލުވުމުގައި، ބަންޑާރަ ނައިބު އުޝާމް ވަނީ އާ ޕީޖީއަށް މަރުޙަބާ ދަންނަވައި، މަޤާމުގެ ޒިންމާތައް އަދާކުރެއްވުމުގައި ތެދުވެރިކަމާއެކު ދެމިހުންނެވުމަށް ހިތްވަރު ދެއްވާފައެވެ.

ބަންޑާރަ ނައިބު އޮފީހުން ހާމަކުރި ގޮތުގައި، މި ބައްދަލުވުމުގައި ޖިނާއީ އަދުލުގެ ނިޒާމު ހަރުދަނާކުރުމާ ގުޅޭގޮތުން ޕީޖީ ޢައްބާސްއާ އެކު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވިފައިވެއެވެ.

Advertisement

Advertisement 1

ޢައްބާސް ޝަރީފް ޕީޖީގެ މަޤާމަށް އައްޔަންކުރެއްވީ އިއްޔެއެވެ. ރައީސް އޮފީހުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އޭނާއަށް މަޤާމުގެ ފަތްކޮޅު ހަވާލުކޮށްދެއްވާފައެވެ.

ޢައްބާސް ޝަރީފަކީ މީގެ ކުރިން ރައީސް އޮފީހުގެ ލީގަލް ސެކްރެޓަރީގެ މަޤާމު ފުރުއްވާފައިވާ ބޭފުޅެކެވެ. ސަރުކާރުން ބުނާ ގޮތުގައި، ޢައްބާސްއަށް އޭނާގެ ދައުރު މިނިވަންކަމާއެކު އަދާކުރުމުގެ ފުރުޞަތު ލިބިވަޑައިގަންނަވާނެއެވެ. އަދި ސަރުކާރުގެ ނުވަތަ ރައީސްގެ އެއްވެސް ނުފޫޒެއް ނާންނާނެ ކަމަށް ވެސް ސަރުކާރުން ބުނެއެވެ.

ޢައްބާސް ވިދާޅުވި ގޮތުގައި، ޕީޖީގެ މަޤާމުގައި މީހެއްގެ މޫނަށް ނުވަތަ ކަނދުރާއަށް ބެލުމެއް ނޯންނާނެއެވެ. އަދި ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން، ޕީޖީ އޮފީހުން ކަނޑައަޅާފައިވާ އެސްއޯޕީތަކާ އެއްގޮތަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން ވެސް ޢައްބާސް ވަނީ ދެއްވާފައެވެ.

މި ބައްދަލުވުމަކީ ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ބެލެވޭކަމަށް ބަންޑާރަ ނައިބު އޮފީހުން ބުންޏެވެ.

ބަންޑާރަ ނައިބުގެ އޮފީސްބަންޑާރަ ނައިބު އަހުމަދު އުޝާމުޕީޖީ އައްބާސް ޝަރީފް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ދެ އިންތިހާބު އެއްކޮށް ބޭއްވުމަކީ ދުސްތޫރީ ނިޒާމަށް ބަދަލު އަންނާނެ ކަމެއް ނޫން: ބަންޑާރަ ނައިބު

"އިންތިހާބު އެއްކޮށް ބޭއްވައިގެން ދުސްތޫރީ ނިޒާމަށް ބަދަލެއްނާދޭ"

85 ދުވަސް ކުރިން - 14:39

އިންތިހާބުތައް އެއްދުވަހެއްގައި ބޭއްވުމުގެ ވޯޓު ކުރިއަށްގެންދަނީ ގާނޫނީ އިމުގެ ތެރެއިން: އޭޖީ އޮފީސް

"އާންމު ވޯޓު ކުރިއަށްގެންދަނީ ގާނޫނީ އިމުގެ ތެރެއިން"

85 ދުވަސް ކުރިން - 13:36

ކައުންސިލް އިންތިހާބާއެކު ފެންނަ ނުފެންނަ ވޯޓު ނަގަނީ ހަރަދު ކުޑަކުރުމަށް: ބަންޑާރަނައިބު

"އިންތިހާބާއެކު ފެންނަ ނުފެންނަ ވޯޓު ނަގަނީ ހަރަދުކުޑަކުރުމަށް"

88 ދުވަސް ކުރިން - 16:06

ކުރީ ސަރުކާރުން 800 މިލިއަނަށްވުރެ ގިނަ ރުފިޔާ ބަދަލުގެ ގޮތުގައި ދޫކުރި: ބަންޑާރަ ނައިބު

ކުރީ ސަރުކާރުން މިލިއަނުން ބަދަލުގެ ގޮތުގައި ދޫކުރި!

239 ދުވަސް ކުރިން - 15:44

އެއްވެ އުޅުމުގެ ގާނޫނު އިސްލާހުކުރާނަން: އުޝާމް

އެއްވެ އުޅުމުގެ ގާނޫނު އިސްލާހުކުރާނަން: އުޝާމް

239 ދުވަސް ކުރިން - 13:20

އޭޖީ އޮފީހުގެ އާ ވެބްސައިޓު އިފްތިތާހުކޮށްފި!

އޭޖީ އޮފީހުގެ އާ ވެބްސައިޓު އިފްތިތާހުކޮށްފި!

270 ދުވަސް ކުރިން - 08:33