Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ކައުންސިލް އިންތިހާބާއެކު ފެންނަ ނުފެންނަ ވޯޓު ނަގަނީ ހަރަދު ކުޑަކުރުމަށް: ބަންޑާރަނައިބު

ކައުންސިލް އިންތިހާބާއެކު ފެންނަ ނުފެންނަ ވޯޓު ނަގަނީ ހަރަދު ކުޑަކުރުމަށް: ބަންޑާރަނައިބު

މުހައްމަދު ޖަމްޝަތު
170 ދުވަސް ކުރިން - 15 މާޗް 2026 16:06
ބަންޑާރަނައިބު އަހުމަދު އުޝާމް---ފޮޓޯ:ރައީސް އޮފީސް
ބަންޑާރަނައިބު އަހުމަދު އުޝާމް---ފޮޓޯ:ރައީސް އޮފީސް
ޚުލާސާ

މަޖިލީހުގެ މެންބަރުންގެ އަދަދާއި ޖޭއެސްސީއާ ގުޅޭ އިސްލާހު ހުށަހެޅުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް ބަންޑާރަނައިބު ވިދާޅުވި

ލޯކަލް ކައުންސިލް އިންތިހ'ާބާއެކު ގާނޫނުއަސާސީއަށް ގެންނަ އިސްލާހުތަކާ ގުޅޭ ފެންނަ ނުފެންނަ ވޯޓު ނެގުމަށް ނިންމީ ދައުލަތުގެ ބަޖެޓުން ކުރަންޖެހޭ ހަރަދު އެތައް ގުނައެއް ކުޑަވާނެތީ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ބަންޑާރަނައިބު މިފަދައިން ވިދާޅުވީ، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބޭއްވުމަށް ސަރުކާރުން ގެންގުޅޭ އެޖެންޑާއާ ގުޅޭގޮތުން ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ފާޅުކުރެއްވި ހިޔާލަކަށް ރައްދު ދެއްވަމުންނެވެ.

ބަންޑާރަނައިބު ވިދާޅުވީ، މިހާރު އަމަލުކުރަމުންދާ ގާނޫނުއަސާސީގައި އިސްލާހު ކުރަންޖެހޭ މުހިންމު ކަންތައްތަކެއް ހުރިކަން އެންމެންވެސް ގަބޫލުކުރާ ކަމަށެވެ. އެގޮތުން ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ ތިން އިސްލާހުގެ ތެރޭގައި ހިމެނެނީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބޭއްވުމާއި، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލުކުރުމުގެ އިތުރުން މަޖިލިސް މެންބަރުންގެ އަދަދު އިތުރުވަމުންދާ މައްސަލައަށް ހައްލެއް ހޯދުމެވެ.

Advertisement

Advertisement 1

އުޝާމް ފާހަގަކުރެއްވި ގޮތުގައި، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބޭއްވުމަށް ގެންނަ އިސްލާހަކީ، އެއަށް އަމަލުކުރަން ފެށުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގާނޫނުއަސާސީން ލާޒިމްކުރާ ކަމެކެވެ. ނަމަވެސް ދެން ހުށަހަޅާ އިސްލާހުތަކަކީ އެފަދަ ވޯޓެއް ލާޒިމްކުރާ ކަންކަން ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ހަރަދުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ބަންޑާރަނައިބު ވިދާޅުވީ، މުޅި ރާއްޖޭގައި ވަކިން ފެންނަ ނުފެންނަ ވޯޓެއް ބާއްވާނަމަ މަދުވެގެން 80 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށެވެ. އެހެންކަމުން، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް މި ވޯޓު ނެގުމުން ދައުލަތުގެ ބަޖެޓަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ގާނޫނުއަސާސީއަށް ގެންނަން ބޭނުންވާ އެހެނިހެން އިސްލާހުތައްވެސް މާލަސްތަކެއް ނުވެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށާއި، މިހާރު ކުރިއަށްދަނީ އެކަމުގެ އެންމެ ފަހުގެ މަޝްވަރާތައް ކަމަށް އުޝާމް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އަންނަ މަހުގެ 4 ވަނަ ދުވަހު މި ފެންނަ ނުފެންނަ ވޯޓު ނެގުމަށް ހުށަހަޅުއްވާފައެވެ.

ބަންޑާރަ ނައިބު އަހުމަދު އުޝާމުލޯކަލް ކައުންސިލް އިންތިޚާބު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ވޯޓުން އެއްވަރުވެ ދެވަނަ ފަހަރަށް ވޯޓުލައިގެން 80 ވޯޓުގެ ފަރަގަކުން ޕީއެންސީން މީދޫ ރައީސް ގޮނޑި ކާމިޔާބުކޮށްފި

ދ. މީދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ޕީއެންސީން ކާމިޔާބުކޮށްފި

80 ދުވަސް ކުރިން - 19:24

ހަމާސް އިން ބޮއިކޮޓް ކުރި އިންތިޚާބު މަހުމޫދު ޢައްބާސް ކާމިޔާބު ކުރައްވައިފި

ހަމާސްއިން ބޮއިކޮޓްކުރި އިންތިޚާބު މަހުމޫދު އައްބާސް ކާމިޔާބުކުރައްވައިފި

128 ދުވަސް ކުރިން - 11:05

ހޮނިހިރު ދުވަހު ޣައްޒާގައި އިންތިޚާބު ބާއްވަނީ، ޙަމާސް ނުހިމެނޭ!

ހޮނިހިރުދުވަހު ޣައްޒާގައި އިންތިޚާބު ބާއްވަނީ، ޙަމާސް ނުހިމެނޭ!

132 ދުވަސް ކުރިން - 21:34

ދާއިމީ ނަތީޖާ: ޕީއެންސީއަށް ޖުމްލަ 584 ގޮނޑި، އެމްޑީޕީއަށް 563

ޕީއެންސީއަށް ޖުމްލަ 584 ގޮނޑި، އެމްޑީޕީއަށް 563

135 ދުވަސް ކުރިން - 14:51

ކެލާއާއި މާވަށުގެ ޑަބްލިއުޑީސީ ގޮނޑި ވެސް ކާމިޔާބު ކުރީ ޕީއެންސީއިން

ކެލާއާއި މާވަށުގެ ޑަބްލިއުޑީސީ ގޮނޑި ޕީއެންސީއަށް

136 ދުވަސް ކުރިން - 19:07

ނިމިދިޔަ އިންތިހާބުން އަޅުގަނޑުމެންނަށް ފިލާވަޅުތަކެއް ލިބިއްޖެ، މަސައްކަތްކުރާނީ ރައްޔިތުން އެދޭ ގޮތަށް: ޝުޖާއު

ނިމިދިޔަ އިންތިހާބުން އަޅުގަނޑުމެންނަށް ފިލާވަޅުތަކެއް ލިބިއްޖެ: ޝުޖާއު

138 ދުވަސް ކުރިން - 01:29