20 އަހަރަށް ފަހު ފަލަސްޠީނުގެ ޣައްޒާގައި ފުރަތަމަ ފަހަރަށް ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށް ތައްޔާރުވަމުންދާކަން ފަލަސްޠީނު އޮތޯރިޓީ އިން އިޢުލާނު ކޮށްފިއެވެ. އަންނަ ހޮނިހިރު ދުވަހަށް ތާވަލު ކޮށްފައިވާ މި އިންތިޚާބު ޙަމާސް އިން ވަނީ ބޮއިކޮޓް ކޮށްފައެވެ.
ޙަމާސް އިން މި އިންތިޚާބު ބޮއިކޮޓް ކުރަނީ ފަލަސްތީނު އޮތޯރިޓީން ކަނޑައަޅާފައިވާ ޝަރުތުތަކާއި އެއްބަސް ނުވާތީއެވެ. އެންމެ ބޮޑު އެއް މައްސަލައަކީ ކެންޑިޑޭޓުން ވާން ޖެހޭނީ މަހްމޫދުއައްބާސް ބޭނުންވާ ބަޔަކަށެވެ.
ހަމާސް އިން ރަސްމީކޮށް ބައިވެރި ނުވި ކަމުގައި ވިޔަސް، ޙަމާސް ފިކުރުގެ ކެންޑިޑޭޓުން އަމިއްލަ ގޮތުން ބައިވެރި ވެއެވެ.
އިސްރާއީލުގެ ލާއިންސާނީ އުދުވާނު ތަކާއި ދަތިކުރުމުގެ ފިޔަވަޅު ތަކުގެ ސަބަބުން ބޮޑެތި ގޮންޖެހުން ތަކެއް ކުރިމަތި ވެފައިވާ ޣައްޒާގައި އެންމެ ފަހުން މިފަދަ އިންތިޚާބެއް ބާއްވާފައި ވަނީ 2006 ވަނަ އަހަރުގައެވެ. އެ ފަހަރު ޙަމާސް އިން އިންތިޚާބު ކާމިޔާބު ކުރުމުން އިޒުރޭލާއި އެމެރިކާ އިން ވަނީ އެ އިންތިޚާބުގެ ނަތީޖާ ބަލައިނުގަންނަ ކަމަށް ބުނެފައެވެ. ސަބަބަކީ އިޒުރޭލާއި ދެކޮޅު ޙަމާސް އިން އިންތިޚާބު ކާމިޔާބު ކުރުމުންނެވެ. އެ ނޫން އިތުރު އެއްވެސް މައްސަލަ އެއް ނެތެވެ.










