Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ދާއިމީ ނަތީޖާ: ޕީއެންސީއަށް ޖުމްލަ 584 ގޮނޑި، އެމްޑީޕީއަށް 563

ދާއިމީ ނަތީޖާ: ޕީއެންސީއަށް ޖުމްލަ 584 ގޮނޑި، އެމްޑީޕީއަށް 563

އައިޝަތު ރުވާ ރިފްޢަތު
138 ދުވަސް ކުރިން - 19 އޭޕްރިލް 2026 14:51
ކެމްޕެއިން ނިންމުމުގެ ހަރަކާތުގައި ޕީއެެންސީގެ ސަޕޯޓަރުން---
ކެމްޕެއިން ނިންމުމުގެ ހަރަކާތުގައި ޕީއެެންސީގެ ސަޕޯޓަރުން---
ޚުލާސާ

ޕީއެންސީއަށް މުޅި ރާއްޖެއިން ގިނަ ގޮނޑިތަކެއް ލިބުނު ނަމަވެސް، ސިޓީތަކުގެ ނަތީޖާއަށް ބަލާއިރު ކުރިހޯދާފައިވަނީ އެމްޑީޕީ.

އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމެޓީގެ އިންތިހާބުގެ ދާއިމީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފި އެވެ. މި ނަތީޖާ ދައްކާގޮތުން ޖުމްލަ ގޮނޑީގެ އަދަދުން ކުރީގައި އުޅެނީ ސަރުކާރު ހިންގާ ޕީއެންސީ އެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ދެ އިންތިހާބުން މުޅި ޖުމްލަ ޕީއެންސީއަށް 584 ގޮނޑި ލިބިފައިވެ އެވެ. އިދިކޮޅު އެމްޑީޕީއަށް ލިބިފައިވަނީ 563 ގޮނޑި އެވެ. މިއާއެކު ޕީއެންސީން އިންތިހާބު ކާމިޔާބުކޮށްފައިވަނީ 21 ގޮނޑީގެ ފަރަގަކުންނެވެ.

Advertisement

Advertisement 1

ޕީއެންސީއަށް މުޅި ރާއްޖެއިން ގިނަ ގޮނޑިތަކެއް ލިބުނު ނަމަވެސް، ސިޓީތަކުގެ ނަތީޖާއަށް ބަލާއިރު ކުރިހޯދާފައިވަނީ އެމްޑީޕީ އެވެ. އެގޮތުން ހުރިހާ ސިޓީތަކެއްގެ މޭޔަރުންގެ ގޮނޑިއާއި، ސިޓީ ކައުންސިލްތަކުގެ އަގުލަބިއްޔަތު ނަގާފައިވަނީ އެމްޑީޕީންނެވެ. ސިޓީ ކައުންސިލް މެންބަރުންގެ ގޮނޑިތަކަށް ބަލާއިރު އެމްޑީޕީން 41 ގޮނޑި ކާމިޔާބުކުރިއިރު، ޕީއެންސީއަށް ލިބުނީ އެންމެ 5 ގޮނޑި އެވެ. އަދި އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓަކު ވަނީ 1 ގޮނޑި ކާމިޔާބުކޮށްފަ އެވެ.

މީގެ އިތުރުން ސިޓީތަކުގެ އ.ތ.މ ކޮމެޓީގެ ރައީސާ ކަމުގެ ހުރިހާ ގޮނޑިއެއް އެމްޑީޕީން ކާމިޔާބުކުރިއިރު، އެ ކޮމެޓީތަކުގެ މެންބަރުންގެ ގޮނޑިތަކުންވެސް ކުރިހޯދީ އެމްޑީޕީ އެވެ. އެމްޑީޕީން 42 ގޮނޑި ހޯދިއިރު، ޕީއެންސީއަށް ލިބުނީ 4 ގޮނޑި އެވެ.

ރަށު ކައުންސިލްތަކުގެ ނަތީޖާއަށް ބަލާއިރު، ރަށު ކައުންސިލްތަކުގެ ރައީސުންގެ ގޮނޑި އެންމެ ގިނައިން ކާމިޔާބުކުރީ ޕީއެންސީންނެވެ. އެ ޕާޓީން 75 ގޮނޑި ކާމިޔާބުކުރިއިރު، އެމްޑީޕީއަށް ލިބުނީ 73 ގޮނޑިއެވެ. އަމިއްލަ ގޮތުން 24 ގޮނޑި، އެމްޑީއޭއިން 4 ގޮނޑި، އަދި ޖޭޕީ އާއި ޑިމޮކްރެޓްސް އިން ކުރެ ކޮންމެ ޕާޓީއަކުން 1 ގޮނޑި ކާމިޔާބުކުރި އެވެ.

ރަށު ކައުންސިލްތަކުގެ އަންހެނުންނަށް ހާއްސަ ގޮނޑިތަކުން ޕީއެންސީން 101 ގޮނޑި ކާމިޔާބުކުރިއިރު، އެމްޑީޕީއަށް ލިބުނީ 88 ގޮނޑި އެވެ. އަދި ކައުންސިލް މެންބަރުންގެ ގޮނޑިތަކުގެ ތެރެއިން 99 ގޮނޑި ޕީއެންސީން ނެގިއިރު، އެމްޑީޕީއަށް ލިބުނީ 82 ގޮނޑި އެވެ. ރަށު އ.ތ.މ ކޮމެޓީގެ މެންބަރުންގެ ގޮނޑިތަކުންވެސް 216 ގޮނޑިއާއެކު ކުރީގައި އުޅެނީ ޕީއެންސީ އެވެ.

މުޅި އިންތިހާބުގެ ޖުމްލަ ނަތީޖާއަށް ބަލާއިރު، އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓުން 169 ގޮނޑި ކާމިޔާބުކުރި އެވެ. އެމްޑީއޭއިން 23 ގޮނޑި، އަދާލަތު ޕާޓީން 6 ގޮނޑި، ޖުމްހޫރީ ޕާޓީން 4 ގޮނޑި އަދި ޑިމޮކްރެޓްސް އިން 2 ގޮނޑި ވަނީ ހޯދާފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި ކުރީގެ ރައީސް ޔާމީން އިސްވެ ހުންނަވައި އުފެއްދެވި ޕީއެންއެފްއަށް މި އިންތިހާބުގައި އެއްވެސް ގޮނޑިއެއް ކާމިޔާބު ކުރެވިފައެއް ނުވެ އެވެ.

ލޯކަލް ކައުންސިލް އިންތިޚާބުޑަބްލިއުޑީސީއިލެކްޝަންސް ކޮމިޝަން (އީސީ)އެމްޑީޕީއެމްޑީއޭޕީއެންސީޕީއެންއެފްޖުމްހޫރީ ޕާޓީ (ޖޭޕީ)އަދާލަތު ޕާޓީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޕީއެންސީގެ އަންހެނުންނާއި ޒުވާނުންގެ ހަރަކާތްތައް މެއިންސްޓްރީމްކުރަން އޮނިގަނޑެއް އެކަށައަޅަނީ

ޕީއެންސީގެ އަންހެނުންނާއި ޒުވާނުންގެ ހަރަކާތްތައް މެއިންސްޓްރީމްކުރަން އޮނިގަނޑެއް އެކަށައަޅަނީ

5 ދުވަސް ކުރިން - 23:49

ހިޔާލުތަފާތުވުން ބޮޑުވެ، 5 މަސް ނުވަނީސް "ބޮޑުބަދަލު" ގްރޫޕުން ފައްޔާޒު ނުކުތް ޚަބަރުގެ ހަގީގަތަކީ ކޮބާ؟

ހިޔާލުތަފާތުވުން ބޮޑުވެ، "ބޮޑުބަދަލު" ގްރޫޕުން ފައްޔާޒު ނުކުތް ޚަބަރުގެ ހަގީގަތަކީ ކޮބާ؟

6 ދުވަސް ކުރިން - 10:23

މި ނިޒާމުން ދެވަނަ ދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުއިއްޒު! - ޢަބްދުއްރަޙީމް

“މި ނިޒާމުން ދެވަނަދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުޢިއްޒު”

6 ދުވަސް ކުރިން - 08:31

ރިޕޯޓު: އެމްޑީޕީ އާއި ޔާމީން އެއް ތަށިން ކެއުން

ރިޕޯޓު: އެމްޑީޕީ އާއި ޔާމީން އެއް ތަށިން ކެއުން

12 ދުވަސް ކުރިން - 13:11

ރިޕޯޓް: ތިލަމާލެ ބްރިޖު – ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގައި ހޯދާފައިވާ ތާރީހީ ކުރިއެރުންތައް

ތިލަމާލެ ބްރިޖު – ރައީސް މުއިއްޒުގެ ސަރުކާރުގައި ހޯދާފައިވާ ތާރީހީ ކުރިއެރުންތައް

13 ދުވަސް ކުރިން - 18:55

ޕީއެންސީގެ ޒުވާނުންގެ ގޮފީގެ ހަޒާންދާރު ކަމަށް ރިފާއު ވާދަކުރައްވަނީ

ޕީއެންސީގެ ޒުވާނުންގެ ގޮފީގެ ހަޒާންދާރު ކަމަށް ރިފާއު ވާދަކުރައްވަނީ

17 ދުވަސް ކުރިން - 12:53