މިއަދު ކުރިއަށްދިޔަ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ) ތަކުގެ ބައި-އިލެކްޝަންގައި، ސ. ހުޅުދޫ އ.ތ.މ ކޮމިޓީގެ މެންބަރުކަން ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓް ފާތިމަތު ނަބާހާ ކާމިޔާބުކުރައްވައިފިއެވެ.
ފޯރިގަދަ ވާދަވެރިކަމަކަށްފަހު ނަބާހާ މި ގޮނޑި ކާމިޔާބުކުރެއްވީ އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކެންޑިޑޭޓާ ވާދަކުރައްވައިގެންނެވެ.
ބައި-އިލެކްޝަނުގައި ބެހެއްޓި ފަސް ފޮށީގެ ވޯޓު ގުނައި ނިމުނުއިރު، ހުރިހާ ފޮށްޓަކުންވެސް ކުރިހޯއްދަވައިގެން އިންތިހާބު ކާމިޔާބުކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓް ފާތިމަތު ނަބާހާއެވެ.
ވޯޓުފޮށިތަކުގެ ތަފްސީލު:
- ހުޅުދޫ ކޮމިއުނިޓީ ސެންޓަރ (ފޮށި 3):
ފާތިމަތު ނަބާހާ (ޕީއެންސީ): 143 ވޯޓު
ފާތިމަތު މުނީރު (އެމްޑީޕީ): 56 ވޯޓު
ބާތިލް ވޯޓު: 04 | ޖުމްލަ ވޯޓު: 203
- ހުޅުދޫ ކޮމިއުނިޓީ ސެންޓަރ (ފޮށި 2):
ފާތިމަތު ނަބާހާ (ޕީއެންސީ): 106 ވޯޓު
ފާތިމަތު މުނީރު (އެމްޑީޕީ): 44 ވޯޓު
ބާޠިލް ވޯޓު: 05 | ޖުމްލަ ވޯޓު: 155
- ހުޅުމާލޭގައި ބެހެއްޓި ވޯޓުފޮށި:
ފާތިމަތު ނަބާހާ (ޕީއެންސީ): 89 ވޯޓު
ފާތިމަތު މުނީރު (އެމްޑީޕީ): 53 ވޯޓު
ބާތިލް ވޯޓު: 01 | ޖުމްލަ ވޯޓު: 143
- ޖަމާލުއްދީން ސްކޫލް (ފޮށި 1):
ފާތިމަތު ނަބާހާ (ޕީއެންސީ): 106 ވޯޓު
ފާތިމަތު މުނީރު (އެމްޑީޕީ): 105 ވޯޓު
ބާތިލް ވޯޓު: 08 | ޖުމްލަ ވޯޓު: 219
- ޖަމާލުއްދީން ސްކޫލް (ފޮށި 2):
ފާތިމަތު ނަބާހާ (ޕީއެންސީ): 182 ވޯޓު
ފާތިމަތު މުނީރު (އެމްޑީޕީ): 176 ވޯޓު
ބާތިލް ވޯޓު: 05 | ޖުމްލަ ވޯޓު: 373
ޖުމްލަ ނަތީޖާ:
ފާތިމަތު ނަބާހާ (ޕީއެންސީ): 626 ވޯޓު
ފާތިމަތު މުނީރު (އެމްޑީޕީ): 434 ވޯޓު
ބާތިލް ވޯޓު: 23 ވޯޓު
ވޯޓުލީ ޖުމްލަ މީހުން: 1،093
ޕީއެންސީގެ ކެންޑިޑޭޓް ފާތިމަތު ނަބާހާ މި އިންތިހާބު ކާމިޔާބުކުރެއްވީ 192 ވޯޓުގެ އަގުލަބިއްޔަތަކުންނެވެ.
މިއަދު ކުރިއަށްގެންދިޔަ ބައި-އިލެކްޝަންތަކުގެ ތެރޭގައި ވ. ތިނަދޫ ކައުންސިލްގެ ރައީސް ހޮވުމުގެ އިތުރުން، ހއ. ވަށަފަރާއި، ވ. ތިނަދޫ އަދި ސ. ހުޅުދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް މެންބަރުން އިންތިޚާބުކުރުމަށް ބޭއްވި ވޯޓުލުން ހިމެނެއެވެ.




