Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

އެމްޑީޕީ އިންތިހާބު ވަނީ ބޮޑުތަނުން އޮޅުވާލާފައި: ޒަހިއްޔާ

އައިޝަތު އީމާން
41 މިނެޓު ކުރިން - 28 ނޮވެންބަރު 2026 13:33
ފާތިމަތު ޒަހިއްޔާ. / ފޮޓޯ: ސޯޝަލް މީޑިއާ
ފާތިމަތު ޒަހިއްޔާ. / ފޮޓޯ: ސޯޝަލް މީޑިއާ
ޚުލާސާ

އޭނާ ވިދާޅުވީ، ސައްލެ އެދިވަޑައިގަތުމުން ވާދަވެރި ކެންޑިޑޭޓުގެ ނަން ނަގުވައި، އިންތިހާބަކާ ނުލައި ފުރުސަތު ދިނުމުންވެސް ސައްލެ ވަނީ މަކަރުހައްދަވާފަ ކަމަށް. ޒަހިއްޔާ ވަނީ އޭނާގެ އުފަން ރަށުގައި އޮޅުވާލުންތައް ހިންގި ނަމަވެސް، ކުރިއަށް އޮތް ތަނުގައި ވާނެ ގޮތް ބައްލަވަން ޖެހިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފަ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ނަތީޖާ ވަރަށް ބޮޑަށް އޮޅުވާލާފައިވާ ކަމަށް ތުހުމަތުކުރައްވައި، ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލް މެންބަރު ފާތިމަތު ޒަހިއްޔާ ސޯޝަލް މީޑިއާގައި ޕޯސްޓެއް ހިއްސާކޮށްފިއެވެ.

އޭނާ ވިދާޅުވެފައިވަނީ، ހޯރަފުށީ ދާއިރާގެ ގައުމީ މަޖިލިސް ގޮނޑިއަށް އިތުރު ކެންޑިޑޭޓަކު ކުރިމަތިލާފައި ވަނިކޮށް، ސައްލެ (އަހްމަދު ސަލީމް) އެދިވަޑައިގަތުމުން އެ ކެންޑިޑޭޓުގެ ނަން ނަގުވައި، އިންތިހާބަކާ ނުލައި ސައްލެ އަށާއި ޝިފާއުﷲ އަށް އެ ފުރުސަތު ފަހިކޮށްދެއްވި ކަމަށެވެ. ނަމަވެސް، އޭގެ ބަދަލުގައި ސައްލެ ވަނީ ބޮޑެތި މަކަރުތަކެއް ހައްދަވައި، ހޯރަފުށީގެ އިންތިހާބީ ނަތީޖާ އޮޅުވާލައްވާފައި ކަމަށް ޒަހިއްޔާ ތުހުމަތުކުރެއްވިއެވެ. އަދި ހޯރަފުށީގެ ނަތީޖާއަށް މިފަދަ ބަދަލެއް ގެނައުމަކީ މުޅި އިންތިހާބުގެ ސައްޙަކަމާމެދު ސުވާލު އުފެދޭ ބޮޑު އޮޅުވާލުމެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ޒަހިއްޔާ ވިދާޅުވީ، މީގެ ކުރިން ހޯރަފުށީ ދާއިރާއަށް ކުރިމަތިލައްވައި ނާކާމިޔާބުވެފައި ވަނިކޮށް، 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ސައްލެ ހޮވައިދިނުމަށް އެންމެ ބުރަ މަސައްކަތްތަކެއް ކޮށްދިނީ އެބޭފުޅުން ކަމެވެ. އަދި އޭރުގެ ސަރުކާރުން ހޯރަފުށީގައި އެއާޕޯޓެއް އަޅައި، ގިނަގުނަ ތަރައްގީގެ މަޝްރޫއުތައް ހިންގައިދީފައި ވަނިކޮށްވެސް، ނިމިދިޔަ 20 ވަނަ މަޖިލިސް އިންތިހާބުގައި ގޮނޑި ގެއްލެން މެދުވެރިވި ސަބަބުތައް ހަނދުމަފުޅު ނައްތަވާލައްވައިގެން ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.

Advertisement

Advertisement 1

ޒަހިއްޔާ އިތުރަށް ވިދާޅުވީ، އޭނާގެ އާއިލާ އޮތް އަދި އުފަންވެ ބޮޑުވި ރަށުގައި، އޭނާގެ މަސައްކަތްތަކާއި ޕްލެޖްތައް ބޮޑުތަނުން އޮޅުވާލައި ސައްލެ ހިތުހުރި ގޮތަކަށް ކަންކަން ކުރެއްވި ނަމަވެސް، ކުރިއަށް އޮތް ތަނުގައި ވާނެ ގޮތްވެސް ބައްލަވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ. އަދި މި ވާހަކަތައް އާންމުކުރަން ނިންމެވީ ހޯރަފުށީގެ ގިނަ ރައްޔިތުންތަކެއް ވޯޓު އޮޅުވާލި މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް، އެ ވާހަކަ ހާމަކުރުމަށް އެދުމުން ކަމަށް ވިދާޅުވެ، އޭނާ އަދިވެސް ހުންނެވީ ދިރި ކަމުގައި ބަޔާންކުރައްވާފައިވެއެވެ.

އެމްޑީޕީއިންތިހާބު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

ވޯޓުލުން ދަށްވެ، އެމްޑީޕީގެ އިންތިހާބުގެ ވަގުތު މިރޭ 9:00 އަށް އިތުރުކޮށްފި

ވޯޓުލުން ދަށްވެ، އެމްޑީޕީގެ އިންތިހާބުގެ ވަގުތު މިރޭ 9:00 އަށް އިތުރުކޮށްފި

18 ގަޑިއިރު ކުރިން - 19:28

ރަސްމާލެއާ ދެކޮޅަށް ބޭއްވި އެއްވުމުގައި ބައިވެރިވީ ފަންސާހަކަށް މީހުން

ރަސްމާލެއާ ދެކޮޅަށް ބޭއްވި އެއްވުމުގައި ބައިވެރިވީ ފަންސާހަކަށް މީހުން

1 ދުވަސް ކުރިން - 22:47

ރަސްމާލެއާ ދެކޮޅަށް 300 ރައްޔިތުން ވެސް ނުނިކުތް

ރަސްމާލެއާ ދެކޮޅަށް 300 ރައްޔިތުން ވެސް ނުނިކުތް

14 ދުވަސް ކުރިން - 22:17

"މިރޭގެ އެއްވުމުގެ މައުލޫމާތު ހިއްސާއެއް ނުކުރޭ؛ ގާނޫނާ ހިލާފުވާނަމަ ފިޔަވަޅު އަޅާނަން"

"މިރޭގެ އެއްވުމުގެ މައުލޫމާތު ހިއްސާއެއް ނުކުރޭ؛ ގާނޫނާ ހިލާފުވާނަމަ ފިޔަވަޅު އަޅާނަން"

15 ދުވަސް ކުރިން - 13:47

މިއީ ސިޔާސީ ގޮތުން ކުންފުނީގެ ވެރިން ހިންގި ޖަރީމާއެއް: ޝަމްހީދު

މިއީ ސިޔާސީ ގޮތުން ކުންފުނީގެ ވެރިން ހިންގި ޖަރީމާއެއް: ޝަމްހީދު

16 ދުވަސް ކުރިން - 01:53

"އިދިކޮޅުގައި މިއަދުވެސް އޮތީ ނޮވެމްބަރު 3 ގެ ލޭއޮހޮރުވުން"

"އިދިކޮޅުގައި މިއަދުވެސް އޮތީ ނޮވެމްބަރު 3 ގެ ލޭއޮހޮރުވުން"

25 ދުވަސް ކުރިން - 10:34