Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

ހުޅުދޫ ގޮނޑިއާއެކު ވ. ތިނަދޫ އ.ތ.މ ކޮމިޓީގެ ގޮނޑިވެސް އެމްޑީޕީއަށް ގެއްލިއްޖެ

އައިޝަތު ރުވާ ރިފްޢަތު
11 ގަޑިއިރު ކުރިން - 28 ނޮވެންބަރު 2026 19:36
އެމްޑީޕީގެ ޖަލްސާއެއްގެ ތެރެއިން. / ފޮޓޯ: ޚުލާސާ
އެމްޑީޕީގެ ޖަލްސާއެއްގެ ތެރެއިން. / ފޮޓޯ: ޚުލާސާ
ޚުލާސާ

ވ. ތިނަދޫ އިންތިހާބު އަމިއްލަ ގޮތުން ވާދަކުރެއްވި ޒީނާ އަހުމަދު ކާމިޔާބުކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް ރިސްފާ ނަސީމާ ވާދަކޮށް. މީގެއިތުރުން ހުޅުދޫ ގޮނޑި ނަބާހާ ކާމިޔާބުކުރެއްވީ އެމްޑީޕީގެ ފާތިމަތު މުނީރާއާ ވާދަކޮށް، 192 ވޯޓުގެ ބޮޑު ތަފާތަކުން 626 ވޯޓު ހޯއްދަވައިގެން.

މިއަދު ބޭއްވި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ) ތަކުގެ ބައި-އިލެކްޝަންތަކުގެ ތެރެއިން، ސ. ހުޅުދޫ އަދި ވ. ތިނަދޫ އ.ތ.މ ކޮމިޓީގެ ގޮނޑި އިދިކޮޅު އެމްޑީޕީއަށް ގެއްލިއްޖެއެވެ. މިއަހަރުގެ ކުރީކޮޅު ބޭއްވުނު އިންތިހާބުގައި މި ދެ ގޮނޑިއަކީ ވެސް އެމްޑީޕީން ކާމިޔާބުކޮށްފައިވާ ދެ ގޮނޑިއެވެ.

ވ. ތިނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން ކާމިޔާބުކުރެއްވީ އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓް ޒީނާ އަހުމަދެވެ. ޒީނާ މި ގޮނޑި ކާމިޔާބުކުރެއްވީ އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވި ރިސްފާ ނަސީމާ ވާދަކުރައްވައެވެ.

މި އިންތިހާބުގައި ވޯޓުލުމަށް ބެހެއްޓި ތިން ފޮށީގެ ވަގުތީ ނަތީޖާ ދައްކާގޮތުން:

Advertisement

Advertisement 1

ތިނަދޫ ސްކޫލްގައި ބެހެއްޓި ފޮށި: ޖުމްލަ 58 މީހުން ވޯޓުލާފައިވާއިރު، 4 ވޯޓު ބާތިލުވިއެވެ. މި ފޮށިން ޒީނާ އަހުމަދަށް 26 ވޯޓު ލިބުނުއިރު، ރިސްފާ ނަސީމަށް ލިބުނީ 28 ވޯޓެވެ.

ޖަމާލުއްދީން ސްކޫލްގައި ބެހެއްޓި ފޮށި: ޖުމްލަ 73 މީހުން ވޯޓުލިއެވެ. މި ފޮށިން ޒީނާ އަހުމަދު ވަނީ 50 ވޯޓު ހޯއްދަވާފައެވެ. އަދި ރިސްފާ ނަސީމަށް ލިބުނީ 23 ވޯޓެވެ.

ހުޅުމާލޭގައި ބެހެއްޓި ފޮށި: ޖުމްލަ 6 މީހުން ވޯޓުލިއިރު، 1 ވޯޓު ބާތިލުވިއެވެ. މި ފޮށިން ޒީނާ އަހުމަދަށް 2 ވޯޓު އަދި ރިސްފާ ނަސީމަށް 3 ވޯޓު ލިބުނެވެ.

ޖުމްލަ ނަތީޖާއަށް ބަލާއިރު، ޒީނާ އަހުމަދު ވަނީ ކުރިހޯއްދަވައި ތިނަދޫ އ.ތ.މ ކޮމިޓީގެ ގޮނޑި ކަށަވަރުކުރައްވާފައެވެ.

މީގެ އިތުރުން، ސ. ހުޅުދޫ އ.ތ.މ ކޮމިޓީގެ ގޮނޑިވެސް އެމްޑީޕީއަށް ވަނީ ގެއްލިފައެވެ. ހުޅުދޫ ބައި-އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި ފާތިމަތު މުނީރާއާ ވާދަކުރައްވައި އެ ގޮނޑި ކާމިޔާބުކުރެއްވީ ނަބާހާއެވެ. ނަބާހާ މި އިންތިހާބު ކާމިޔާބުކުރެއްވީ ވޯޓުލުމަށް ބެހެއްޓުނު ފަސް ފޮށިންވެސް ކުރިހޯއްދަވައި، 192 ވޯޓުގެ ބޮޑު އަގުލަބިއްޔަތަކުންނެވެ. އެގޮތުން ނަބާހާއަށް ޖުމްލަ 626 ވޯޓު ލިބިވަޑައިގެންނެވިއިރު، އެމްޑީޕީގެ ކެންޑިޑޭޓް ފާތިމަތު މުނީރާއަށް ލިބިވަޑައިގަތީ 434 ވޯޓެވެ.

މި ދެ ދާއިރާގެ ގޮނޑިވެސް އިދިކޮޅު އެމްޑީޕީއަށް ގެއްލިފައިވާއިރު، މިއީ އެ ޕާޓީން ކުރިން ތަމްސީލުކުރަމުން އައި ދެ ގޮނޑިއެވެ.

ޕީއެންސީއިލެކްޝަންސް ކޮމިޝަން (އީސީ)އެމްޑީޕީބައި-އިލެކްޝަން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

އެމްޑީޕީ އިންތިހާބުގެ ނަތީޖާއާ މެދު ޝަމްހީދުވެސް ސުވާލު އުފައްދަވައިފި!

އެމްޑީޕީ އިންތިހާބުގެ ނަތީޖާއާ މެދު ޝަމްހީދުވެސް ސުވާލު އުފައްދަވައިފި!

8 ގަޑިއިރު ކުރިން - 23:23

ހުޅުދޫ އ.ތ.މ ކޮމިޓީގެ ގޮނޑި އެމްޑީޕީއާ ވާދަކޮށް ޕީއެންސީން ކާމިޔާބުކޮށްފި

ހުޅުދޫ އ.ތ.މ ކޮމިޓީގެ ގޮނޑި އެމްޑީޕީއާ ވާދަކޮށް ޕީއެންސީން ކާމިޔާބުކޮށްފި

12 ގަޑިއިރު ކުރިން - 19:14

އެމްޑީޕީ އިންތިހާބު ވަނީ ބޮޑުތަނުން އޮޅުވާލާފައި: ޒަހިއްޔާ

އެމްޑީޕީ އިންތިހާބު ވަނީ ބޮޑުތަނުން އޮޅުވާލާފައި: ޒަހިއްޔާ

17 ގަޑިއިރު ކުރިން - 13:33

ބައި-އިލެކްޝަންތަކުގެ ވޯޓުލުން ފެށިގެން ކުރިއަށްދަނީ

ބައި-އިލެކްޝަންތަކުގެ ވޯޓުލުން ފެށިގެން ކުރިއަށްދަނީ

18 ގަޑިއިރު ކުރިން - 13:12

ވޯޓުލުން ދަށްވެ، އެމްޑީޕީގެ އިންތިހާބުގެ ވަގުތު މިރޭ 9:00 އަށް އިތުރުކޮށްފި

ވޯޓުލުން ދަށްވެ، އެމްޑީޕީގެ އިންތިހާބުގެ ވަގުތު މިރޭ 9:00 އަށް އިތުރުކޮށްފި

1 ދުވަސް ކުރިން - 19:28

ރަސްމާލެއާ ދެކޮޅަށް ބޭއްވި އެއްވުމުގައި ބައިވެރިވީ ފަންސާހަކަށް މީހުން

ރަސްމާލެއާ ދެކޮޅަށް ބޭއްވި އެއްވުމުގައި ބައިވެރިވީ ފަންސާހަކަށް މީހުން

2 ދުވަސް ކުރިން - 22:47