
އިދިކޮޅު ފަރާތްތަކުން ފިތުނަ އުފެއްދުމަށް ކުރާ މަސައްކަތްތަކަށް ރައްޔިތުން ނުނިކުތުމުން ސާފުވަނީ، ރަސްމާލެ ތަރައްގީގެ މަޝްރޫއަށް ގިނަ ރައްޔިތުންގެ ފުރިހަމަ ތާއީދު އޮތް ކަން. މި ހަރަކާތް ފެއިލްވުމަކީ އިދިކޮޅު ލީޑަރުންނަށް ކުރިމަތިވި ސިޔާސީ ބޮޑު ލަދެއް.
2 ދުވަސް ކުރިން - 22:17

އާންމު ދަތުރުފަތުރަށް ދިމާވެދާނެ ދަތިތަކަށް ބަލައި، ކުރިން ހުއްދަ ހޯދުމަކާ ނުލައި އެއްވެވޭ ތަންތަން ފިޔަވައި އެހެން ތަންތަނަށް އެއްނުވުމަށް ފުލުހުން ނަސޭހަތްތެރިވި. އަދި އާންމުންނަށް އުނދަގޫނުވާނެހެން ކަންކަން އިންތިޒާމުކުރުމަށާއި، ގާނޫނާއި ގަވާއިދާ ހިލާފު އެއްވެސް އަމަލެއް ނުހިންގުމަށް އިލްތިމާސްކުރެއްވި.
2 ދުވަސް ކުރިން - 13:47
ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ޒަމާނީ ފެންވަރަށް ތަރައްގީކޮށް ހުޅުވާލުމަކީ މާލޭގެ ތޮއްޖެހުމަށް ލިބުނު ބޮޑު ހައްލެއް. ނަމަވެސް، ކުރީގެ ސަރުކާރުތަކަށް ނުކުރެވުނު މި ބޮޑު މަޝްރޫއު ކުރު މުއްދަތެއްގައި ނިމުމުން، އިދިކޮޅު އެމް.ޑީ.ޕީ އާއި ޔާމީންގެ ސަޕޯޓަރުންނަށް ވަނީ ސިޔާސީ ގޮތުން ބޮޑު މާޔޫސީއަކާ ކުރިމަތިވެފަ.
112 ދުވަސް ކުރިން - 06:23