Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ޖަމީލަކީ ހިޔަޅެއް، ކެބިނެޓަށް އައްޔަނުކުރިނަމަ ޔާމީން ގާތު ނުހުންނާނެ: ޝުޖާއު

ޖަމީލަކީ ހިޔަޅެއް، ކެބިނެޓަށް އައްޔަނުކުރިނަމަ ޔާމީން ގާތު ނުހުންނާނެ: ޝުޖާއު

އައިޝަތު ރުވާ ރިފްޢަތު
53 ދުވަސް ކުރިން - 22 މެއި 2026 23:56
ޕީއެންސީން ބޭއްވި ޖަލްސާއެއްގައި ޝުޖާއު ވާހަކަފުޅުދައްކަވަނީ---
ޕީއެންސީން ބޭއްވި ޖަލްސާއެއްގައި ޝުޖާއު ވާހަކަފުޅުދައްކަވަނީ---
ޚުލާސާ

ޝުޖާއު ވިދާޅުވީ ރައީސް ޔާމީނަށް ކުޑައިމީސްކޮށް ބަހެއް ވިދާޅު ނުވުމަށް ރައީސް މުއިއްޒު އެދިވަޑައިގަންނަވާ ކަމަށް.

މިހާރުގެ ސަރުކާރާ ކުރީގެ ނައިބުރައީސް މުހައްމަދު ޖަމީލު އަހްމަދު ހިޔާލު ތަފާތުވި ހިސާބަކީ މި ވެރިކަމުގެ ކެބިނެޓުން ޖާގަ ނުދެއްވުމުން ކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

އއ. ތޮއްޑޫ އިންތިހާބުވި ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންގެ ކާމިޔާބީ ފާހަގަ ކުރުމަށް މިރޭ ޕީއެންސީ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝުޖާއު ވިދާޅުވީ، ޖަމީލަކީ ވަރަށް އަމިއްލަ އެދުން ބޮޑު "ހިޔަޅެއް" ކަމަށެވެ. ޖަމީލަށް ކެބިނެޓުން ފުރުސަތު ދިންނަމަ އޭނާ މިއަދު ރައީސް ޔާމީން ކައިރީގައި ނުހުންނާނެ ކަމަށް ޝުޖާއު ވިދާޅުވި އެވެ.

މީގެއިތުރުން ޝުޖާއު ވިދާޅުވީ، ޕީއެންއެފް އިން ބޭއްވި މުޒާހަރާއެއްގެ ތެރެއިން އެއްބަޔަކު "ރައީސް ޔާމީން" އޭ ގޮވުމުން އަނެއް ބަޔަކު "ހައްޔަރުކުރޭ" މިހެން ގޮވަމުންދިޔަ ކަމަށެވެ. އެކަން އެހެން ހިނގަމުންދިޔައިރު ޑރ. ޖަމީލާއި މަލީހު ޖަމާލު ހުރީ ހޭން ކަމަށާއި، މީގެން ދޭހަވަނީ ޖަމީލުގެ ހިތް ރައީސް ޔާމީނަށް އެއްވެސް ވަރަކަށް ސާފު ނޫންކަން ކަމަށް ޝުޖާއު ފާހަގަކުރެއްވި އެވެ.

Advertisement

Advertisement 1

ރައީސް ޔާމީން ހައްޔަރުކުރަން ގޮވީމާ އެކަމާ ހިނިފުޅުވަޑުވަން ތިއްބެވީ އެމަނިކުފާނުގެ އެންމެ އަރިހުގައި ތިއްބެވި އިސް ގާނޫނީ ވަކީލުން ކަމަށް ޝުޖާއު ވިދާޅުވިއެވެ. ޝުޖާއު އިތުރަށް ވިދާޅުވީ މިއީ މިއަދު އަލަށް ފެންނަ މަންޒަރެއް ނޫން ކަމަށާއި، އިދިކޮޅުގައި ތިބި ދުވަސްވަރު ވެސް ކަންތައްތައް އޮތީ މިފަދަ ގޮތަކަށް ކަމަށެވެ.

ޝުޖާއު ވިދާޅުވީ ކޮންމެ މީހެއްގެ ވެސް އޮންނަނީ އަމިއްލަ އެދުމެއް ކަމަށާއި، ނަމަވެސް ރައީސް ޔާމީނާ މެދުގައި ހެޔޮ ހިތަކައިގެން އެންމެ އޯގާތެރިކަމާއެކު އަދިވެސް ދެކިވަޑައިގެންނަވާ ލީޑަރަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށެވެ. އަދި ރައީސް ޔާމީނާ ދޭތެރޭ ކުޑައިމީސް ހަޑިކޮށް ބަހެއް ވިދާޅުނުވުމަށް ރައީސް މުއިއްޒު ތަކުރާރުކޮށް އެދިވަޑައިގަންނަވާ ކަމަށާއި، އެއިން ދޭހަކޮށްދެނީ އެމަނިކުފާނުގެ ހިތްޕުޅުގައި ރައީސް ޔާމީނަށް އޮތް އިހުތިރާމާއި އޯގާތެރިކަން ކަމަށް ޝުޖާއު ވިދާޅުވި އެވެ.

މީގެ އިތުރުން ޝުޖާއު ވިދާޅުވީ ރަށްފުށުގެ އާންމު މެމްބަރުން، ރައީސް ޔާމީން ރައީސް މުއިއްޒުއަށް ނިސްބަތްކޮށް ވިދާޅުވާ ބަސްތަކަށް އެއްޗެއް ވިދާޅުނުވާތީ ކަންބޮޑުވެލައްވާ ކަމަށެވެ. ނަމަވެސް ރައީސް ޔާމީން ކިތަންމެ ހަޑިކޮށް އެއްޗެއް ވިދާޅުވި ނަމަވެސް އެއަށް ރައްދު ނުދެއްވަން ރައީސް މުއިއްޒު ވަނީ ސަރުކާރާއި ޕާޓީގެ އިސްބޭފުޅުންނަށް އަންގަވާފައި ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ފަހަކަށް އައިސް ދައްކަވާ ވާހަކަފުޅުތަކަށް ފާޑުވިދާޅުވަމުން ޝުޖާއު ވިދާޅުވީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުއެކޭ އެއްގޮތަށް ރައީސް ޔާމީން ވެސް "ހަމައިން ނެއްޓޭ" ގަޑިތައް މިހާރު އަންނަ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި ރައީސް މުއިއްޒުއަށް ނިސްބަތްކޮށް އެމަނިކުފާނު އެ ދައްކަވަނީ އެފަދަ ގަޑިތަކުގައި ދައްކަވާ ވާހަކަތަކެއް ކަމަށް ބެލެވޭ ކަމަށް ވެސް ޝުޖާއު ވިދާޅުވި އެވެ.

މެންބަރު އިބްރާހިމް ޝުޖާއުމުހައްމަދު ޖަމީލް އަހްމަދުރައީސް ޔާމީންރައީސް ޑރ. މުހައްމަދު މުއިއްޒުޕީއެންސީޕީއެންއެފް
Ad
Ad

3 ރިއެކްޝަންސް / 1 ކޮމެންޓް

0%
0%
0%
0%
0%

ލަތީފް

53 ދުވަސް ކުރިން - 04:04

ޔާމީނަށް އޭނަ ފެނުނީ. ޕީޕީއެމް ޕީއެންސީ ފިކުރަކީ އޭނަގެ މިލްކިއްޔާތެއް ކަމަށް އޭނަ ހީކުރީ

ގުޅޭ ޚަބަރުތައް

ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި

ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި

20 ގަޑިއިރު ކުރިން - 10:54

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

1 ދުވަސް ކުރިން - 22:50

"ރައްޔިތުންގެ އަޑު" ސިލްސިލާގައި ބައިވެރިވުމަށް ނަން ނޯޓުކުރުމުގެ ފުރުސަތު ހުޅުއްވާލައްވައިފި

"ރައްޔިތުންގެ އަޑު" ސިލްސިލާގައި ބައިވެރިވުމަށް ނަން ނޯޓުކުރުމުގެ ފުރުސަތު ހުޅުއްވާލައްވައިފި

1 ދުވަސް ކުރިން - 17:13

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމުގެ ހިތާމައިގައި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރަން ނިންމައިފި

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމުގެ ހިތާމައިގައި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރަނީ

1 ދުވަސް ކުރިން - 13:31

ރަސްމީ ދަތުރުފުޅެއްގައި ރައީސް ގަތަރަށް ފުރާވަޑައިގެންފި

ރަސްމީ ދަތުރުފުޅެއްގައި ރައީސް ގަތަރަށް ފުރާވަޑައިގެންފި

1 ދުވަސް ކުރިން - 13:22

ވަޢުދާއި އެއްގޮތަށް ބްލޮކް ގްރާންޓް ދީފި

ވަޢުދާއި އެއްގޮތަށް ބްލޮކް ގްރާންޓް ދީފި

1 ދުވަސް ކުރިން - 09:53