Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އެމްޑީޕީ ރޫޅާލަން ނަޝީދު ހެއްދެވި ޑިމޮކްރެޓްސް އިލެކްޝަނުން ރޫޅާލައިފި؛ ޔާމީނުގެ ޕީއެންއެފް ސަލާމަތްވީ ކިރިޔާ

އެމްޑީޕީ ރޫޅާލަން ނަޝީދު ހެއްދެވި ޑިމޮކްރެޓްސް އިލެކްޝަނުން ރޫޅާލައިފި؛ ޔާމީނުގެ ޕީއެންއެފް ސަލާމަތްވީ ކިރިޔާ

ހުސައިން އިސްމާއިލް
48 ދުވަސް ކުރިން - 3 ޖޫން 2026 18:13
ތިން ރައީސުންގެ ބައްދަލުވުމުގެ ތެރެއިން. / ފޮޓޯ: މުހައްމަދު އަފްރާހް
ތިން ރައީސުންގެ ބައްދަލުވުމުގެ ތެރެއިން. / ފޮޓޯ: މުހައްމަދު އަފްރާހް
ޚުލާސާ

ދަ ޑިމޮކްރެޓްސް އާއި އެމްއެލްއެސްޑީޕީ އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމީ ގާނޫނީ އަދަދު ހަމަނުވުމުން. ރައީސް ނަޝީދު މިހާރު އެމްޑީޕީއާ ގުޅިވަޑައިގެންފައިވާއިރު، އެންމެ މެންބަރުން ގިނަ ޕާޓީއަކީ ޕީއެންސީ. ޕީއެންއެފްގައި ތިބީ 3،012 މެންބަރުން.

މާލެ، ދިވެހިރާއްޖެ - އެމްޑީޕީ ރޫޅާލުމުގެ މަގުސަދުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިސްވެ ހުންނަވައިގެން އުފެއްދެވި "ދަ ޑިމޮކްރެޓްސް" ޕާޓީ، ގާނޫނީ ގޮތުން ފުރިހަމަވާންޖެހޭ އަދަދަށް މެންބަރުން ހަމަނުވުމުގެ ސަބަބުން އިލެކްޝަންސް ކޮމިޝަނުން މިއަދު އުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ނިންމާފައިވަނީ ދަ ޑިމޮކްރެޓްސްގެ އިތުރުން މޯލްޑިވްސް ލޭބަރު އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) ވެސް ސިޔާސީ ޕާޓީތަކުގެ ދަފްތަރުން އުނިކުރުމަށެވެ. މި ދެ ޕާޓީ އުވާލަން ނިންމީ ސިޔާސީ ޕާޓީއެއްގެ ދަފްތަރުގައި މަދުވެގެން ތިބެންޖެހޭ 3000 މެންބަރުން ހަމަނުވާތީއެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، ދަ ޑިމޮކްރަޓްސް އުވާލިއިރު އެ ޕާޓީގައި ތިބީ 2952 މެންބަރުންނެވެ. އަދި އެމްއެލްއެސްޑީޕީގައި ތިބީ 1710 މެންބަރުންނެވެ.

Advertisement

Advertisement 1

މި ދެ ޕާޓީ އުވާލާފައިވާއިރު، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިސްވެ އުފެއްދެވި ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އުވާލުމުން ސަލާމަތްވީ ކިރިޔާއެވެ. އެ ޕާޓީގެ ދަފްތަރުގައި މިވަގުތު ތިބީ 3012 މެންބަރުންނެވެ. އެހެންކަމުން އެ ޕާޓީ ސަލާމަތްވީ ގާނޫނީ އަދަދަށްވުރެ އެންމެ 12 މެންބަރުން އިތުރަށް ތިބެގެންނެވެ.

ދަ ޑިމޮކްރަޓްސް އަކީ 2023 ވަނަ އަހަރު ބޭއްވުނު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އަތުން ރައީސް ނަޝީދު ބަލިވެވަޑައިގަތުމާ ގުޅިގެން، ޕާޓީ ތެރޭގައި އުފެދުނު ބޮޑެތި ޚިޔާލުތަފާތުވުންތަކަށްފަހު އުފެއްދެވި ޕާޓީއެކެވެ. ރައީސް ނަޝީދުގެ އަރިސް ބޭފުޅުންނާއެކު މި ޕާޓީ އުފެއްދެވުމުގެ މައިގަނޑު އަމާޒަކީ 2023 ގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީ ނާކާމިޔާބުކޮށްލުމެވެ. މިކަން މިގޮތަށް ކުރައްވާނެ ކަމަށް ރައީސް ނަޝީދު އަމިއްލަފުޅަށް ވެސް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ނަމަވެސް، މަސްރަޙު ބަދަލުވެ، މިހާރު ރައީސް ނަޝީދު ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގެން، އެ ޕާޓީގެ ލީޑަޝިޕްގެ ކޮންޓްރޯލް ހޯއްދެވުމުގެ މަސައްކަތް ފަށްޓަވާފައެވެ. އެގޮތުން އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ހޯއްދެވުމަށް އެމަނިކުފާނު މިހާރު ގެންދަވަނީ ފޯރިއާއެކު ކެމްޕެއިން ކުރައްވަމުންނެވެ.

ސިޔާސީ ޕާޓީތަކުގެ ދަފްތަރުގެ މިހާރުގެ ހާލަތަށް ބަލާއިރު، އެންމެ ގިނަ މެންބަރުން ތިބީ ވެރިކަން ކުރާ ޕީއެންސީގައެވެ. އެ ޕާޓީގައި 74,048 މެންބަރުން ތިބިއިރު، އިދިކޮޅު އެމްޑީޕީގައި ތިބީ 43,784 މެންބަރުންނެވެ. މީގެ އިތުރުން ޖުމްހޫރީ ޕާޓީގައި 12,343 މެންބަރުން، އެމްޑީއޭގައި 9,686 މެންބަރުން، އަދާލަތު ޕާޓީގައި 8,267 މެންބަރުން އަދި އެމްއެންޕީގައި 5,133 މެންބަރުން އެބަތިއްބެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)ރައީސް ޔާމީންރައީސް މުޙައްމަދު ނަޝީދުދަ ޑިމޮކްރެޓްސްޕީއެންއެފް
Advertisement
Advertisement

ގުޅޭ ޚަބަރުތައް

ތިންރައީސުން ހެދި އިއްތިހާދު ކުރިޔަކަށް ނުކަނޑާ

ތިންރައީސުން ހެދި އިއްތިހާދު ކުރިޔަކަށް ނުކަނޑާ

16 ދުވަސް ކުރިން - 23:29

އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަގާމަށް މުހައްމަދު ޝަކީލް އައްޔަނުކުރައްވައިފި

އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަގާމަށް މުހައްމަދު ޝަކީލް އައްޔަނުކުރައްވައިފި

20 ދުވަސް ކުރިން - 20:59

އަންނިއަށް ޝުޖާއު: “ކޮންމެވެސް ވަރެއްގެ ލަދުހަޔާތް ވެސް ހުންނަންވާނެ”

އަންނިއަށް ޝުޖާއު: “ކޮންމެވެސް ވަރެއްގެ ލަދުހަޔާތް ވެސް ހުންނަންވާނެ”

34 ދުވަސް ކުރިން - 09:19

ބުރާސްފަތި ދުވަހު ގައުމުގައި “ހަމަނުޖެހުން” ހިންގަން ނުކުތުމަށް ނަޝީދު އެދިއްޖެ

ބުރާސްފަތި ދުވަހު ގައުމުގައި “ހަމަނުޖެހުން” ހިންގަން ނުކުތުމަށް ނަޝީދު އެދިއްޖެ

35 ދުވަސް ކުރިން - 10:24

މީދޫ ކައުންސިލްގެ ރައީސް ހޮވުމުގެ އިންތިހާބު: %73 އަށްވުރެ ގިނަ މީހުން ވޯޓުލައިފި

މީދޫ އިންތިހާބުގައި %73 އަށްވުރެ ގިނަ މީހުން ވޯޓުލައިފި

38 ދުވަސް ކުރިން - 14:19

ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ ދެވަނަ ބުރުގެ ވޯޓުލުން ފަށައިފި

މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ ދެވަނަ ބުރުގެ ވޯޓުލުން ފަށައިފި

38 ދުވަސް ކުރިން - 11:24

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%