Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ދެ އިންތިހާބު އެއްކޮށް ބޭއްވުމަކީ ދުސްތޫރީ ނިޒާމަށް ބަދަލު އަންނާނެ ކަމެއް ނޫން: ބަންޑާރަ ނައިބު

ދެ އިންތިހާބު އެއްކޮށް ބޭއްވުމަކީ ދުސްތޫރީ ނިޒާމަށް ބަދަލު އަންނާނެ ކަމެއް ނޫން: ބަންޑާރަ ނައިބު

މުހައްމަދު ޖަމްޝަތު
85 ދުވަސް ކުރިން - 18 މާޗް 2026 14:39
ބަނޑާރަ ނައިބު އަހުމަދު އުޝާމް---ފޮޓޯ: ރައީސް އޮފީސް
ބަނޑާރަ ނައިބު އަހުމަދު އުޝާމް---ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ބަންޑާރަ ނައިބު ފާހަގަކުރެއްވި ގޮތުގައި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން އިންތިހާބުތަކާ ގުޅިގެން ރާއްޖޭގައި އުފެދޭ ސިޔާސީ ހަމަނުޖެހުންވެސް ހުއްޓުވޭނެ

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ދިވެހިރާއްޖޭގެ ތިން ބާރު ވަކިވެފައި އޮންނަ ދުސްތޫރީ ނިޒާމަށް އެއްވެސް ބަދަލެއް އަންނާނެ ކަމެއް ނޫން ކަމަށް ބަނޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ. ބަންޑާރަ ނައިބު މިހެން ވިދާޅުވީ، ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދެ އިންތިހާބު އެއްކޮށް ބޭއްވުމަކީ ރާއްޖޭގެ ދުސްތޫރީ ނިޒާމަށް ގެންނަ ބޮޑު ބަދަލެއް ކަމަށް ބައެއް ފަރާތްތަކުން ކުރާ ތުހުމަތުތަކަށް ރައްދު ދެއްވަމުން އުޝާމް ވިދާޅުވީ، މިއީ އިންތިހާބީ އޮނިގަނޑަށް އަންނަ ބަދަލެއް ނަމަވެސް، މިއީ ރާއްޖޭގެ އަސާސީ ދުސްތޫރީ އޮނިގަނޑަށް ގެނެވޭ ބަދަލެއް ނޫންކަމަށެވެ.

"ގާނޫނު އަސާސީގައި އޮތް އެންމެ މުހިންމު އެއް ކަންތައް އެއީ ތިން ބާރު ވަކިވެފައި އޮންނަ ނިޒާމެއް ރާއްޖޭގައި އޮތުން. މި ބަދަލު ގެނަޔަސް ދުސްތޫރީ ނިޒާމަށް އެއްވެސް ބަދަލެއް ނާންނާނެ. ދެވަނަ ކަމަކަށް ރައްޔިތުންގެ ވޯޓުން ރައީސަކު ހޮވުން. އަދި ރައްޔިތުންގެ ވޯޓުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ހޮވުން. އެކަމަށްވެސް އެއްވެސް ބަދަލެއް އަންނާނެ ކަމުން އަސްލު ދުސްތޫރީ ނިޒާމަަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް އަޅުގަނޑަަށް ގަބޫލުކުރެވެނީ،" ބަންޑާރަ ނައިބު ވިދާޅުވިއެވެ.

Advertisement

Advertisement 1

މީގެ އިތުރުން، މި ބަދަލަކީ އެކަށީގެންވާ މަޝްވަރާ ނުކޮށް އަވަސްއަރުވާލައިގެން ގެންނަ ބަދަލެއް ކަމަށް ދެކެވޭ ވާހަކަތައްވެސް ބަންޑާރަ ނައިބު ވަނީ ދޮގުކުރައްވާފައެވެ. އޭނާ ވިދާޅުވީ މިއީ ސަރުކާރުން ވަރަށް ބޮޑަށް ދިރާސާކޮށް، މަޖިލީހުގައި ފުޅާ ދާއިރާއެއްގައި ބަހުސްކުރެވި، ސިޔާސީ ޕާޓީތަކާއި އާންމުންގެ ހިޔާލުވެސް ހޯދައިގެން ކުރިއަށްގެންދާ މަސައްކަތެއް ކަމަށެވެ.

އުޝާމް ފާހަގަކުރެއްވި ގޮތުގައި މަޖިލީހުން ބިލު ފާސްކުރުމަށްފަހު އޭޕްރީލް 4 އާ ހަމައަށް ރައްޔިތުން ހޭލުންތެރިކުރުމާއި އިތުރަށް މަޝްވަރާކުރުމުގެ ފުރުސަތު އެބައޮތެވެ. އެހެންކަމުން މިއީ ޒިންމާދާރުކަމާއެކު ކުރިއަށްދާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އަންނަ މަހުގެ 4 ވަނަ ދުވަހު ބާއްވާ ވޯޓުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުށަހެޅުއްވީ، ޤާނޫނުއަސާސީއަށް މަޖިލީހުން ގެނައި އިސްލާޙު ތަސްދީޤު ކުރުމާ ގުޅޭގޮތުންނެވެ. މި އިސްލާޙަކީ ރާއްޖޭގެ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް މަގުފަހިކުރުމަށް ހުށަހަޅާފައިވާ ބަދަލެކެވެ.

ބަންޑާރަ ނައިބު އަހުމަދު އުޝާމު
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ކައުންސިލް އިންތިހާބާއެކު ފެންނަ ނުފެންނަ ވޯޓު ނަގަނީ ހަރަދު ކުޑަކުރުމަށް: ބަންޑާރަނައިބު

"އިންތިހާބާއެކު ފެންނަ ނުފެންނަ ވޯޓު ނަގަނީ ހަރަދުކުޑަކުރުމަށް"

87 ދުވަސް ކުރިން - 16:06

ކުރީ ސަރުކާރުން 800 މިލިއަނަށްވުރެ ގިނަ ރުފިޔާ ބަދަލުގެ ގޮތުގައި ދޫކުރި: ބަންޑާރަ ނައިބު

ކުރީ ސަރުކާރުން މިލިއަނުން ބަދަލުގެ ގޮތުގައި ދޫކުރި!

238 ދުވަސް ކުރިން - 15:44

އެއްވެ އުޅުމުގެ ގާނޫނު އިސްލާހުކުރާނަން: އުޝާމް

އެއްވެ އުޅުމުގެ ގާނޫނު އިސްލާހުކުރާނަން: އުޝާމް

239 ދުވަސް ކުރިން - 13:20

މީޑިއާ ބިލަށް ސަރުކާރުން ލަފާ ދިނީ ވަކިވަކި ނޫސްވެރިންނަށް ފިޔަވަޅު އަޅާ މާއްދާވެސް އުނިކުރަން

ނޫސްވެރިންނަށް ފިޔަވަޅުއަޅާ މާއްދާވެސް އުނިކުރަން ސަރުކާރުން ލަފާދީފި

273 ދުވަސް ކުރިން - 20:24

މީޑިއާ ބިލު އަނބުރާ ގެންދަންޖެހޭ ކަމަށް ގަބޫލެއް ނުކުރަން: ބަންޑާރަނައިބު

"މީޑިއާ ބިލު ބޭރުކުރަން ޖެހޭކަމަށް ގަބޫލެއްނުކުރަން"

286 ދުވަސް ކުރިން - 19:32

ފަނޑިޔާރުންނަށް ނުފޫޒު ފޯރުވީ ހުސްނުސުޢޫދު: ބަންޑާރަނައިބު

ފަނޑިޔާރުންނަށް ނުފޫޒު ފޯރުވީ ހުސްނުސުޢޫދު: ބަންޑާރަނައިބު

394 ދުވަސް ކުރިން - 07:37