Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

މީޑިއާ ބިލަށް ސަރުކާރުން ލަފާ ދިނީ ވަކިވަކި ނޫސްވެރިންނަށް ފިޔަވަޅު އަޅާ މާއްދާވެސް އުނިކުރަން

މީޑިއާ ބިލަށް ސަރުކާރުން ލަފާ ދިނީ ވަކިވަކި ނޫސްވެރިންނަށް ފިޔަވަޅު އަޅާ މާއްދާވެސް އުނިކުރަން

މުހައްމަދު ޖަމްޝަތު
273 ދުވަސް ކުރިން - 10 ސެޕްޓެންބަރު 2025 20:24
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނޫސްވެރިންނާއެކު---ފޮޓޯ:އޭއެފްޕީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނޫސްވެރިންނާއެކު---ފޮޓޯ:އޭއެފްޕީ
ޚުލާސާ

ކޮމިޝަނުން މައްސަލައެއް ބަލައި ނިމެންދެން ވަގުތީގޮތުން މީޑިއާއެއްގެ ރަޖިސްޓްރީ ބާތިލް ކުރުމުގެ ބާރު ކޮމިޝަނަށް ލިބިދީފައިވާ މާއްދާ އުނިކުރުމަށްވެސް ސަރުކާރުން ވަނީ އިސްލާހު ހުށަހަޅާފަ

ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާން އަބޫބަކުރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލުން ވަަކިވަކި ނޫސްވެރިންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅޭގޮތަށް އޮތް މާއްދާ އުނިކުރަން ސަރުކާރުން ލަފާދީފި އެވެ.

މިބިލާ އެކު މިނިވަން ނޫސްވެރިކަން ނެތިކޮށްލާނެ ކަމަށާއި މުޅި ބިލުގެ މަގުސަދަކީ މީޑިއާ ކޮންޓްރޯލްކުރުން ކަމަށް ބުނެ އިދިކޮޅަށް ނިސްބަތްވާ ފަރާތްތަކުން ދަނީ މިބިލާމެދު ދޮގު މައުލޫމާތު ފަތުރަމުންނެވެ. އަދި ބިލާއި ދެކޮޅަށް ނޫސްވެރިންނާއި ނޫސްވެރިންގެ ޖަމިއްޔާތަކުމް ކަންބޮޑުވުން ފާޅުކޮށް ސިލްސިލާ އިހުތިޖާޖުތަކެެއް ކުރަމުން އަންނައިރު ބިލާ ދެކޮޅަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް ޕެޓިޝަނެއްވެސް ވަނީ ހުށަހަޅާފަ އެވެ.

ނޫސްވެރިންގެ ކަންބޮޑުވުންތަކާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ބިލުގައި ހުރި ބައެއް މާއްދާތައް އިސްލާހުކުރައްވާނެކަމަށްވެސް ވިދާޅުވެފަ އެވެ. މިބިލުގެ މަސައްކަތް މަޖިލީހުގެ މިނިވަސް މުއައްސަސާތަކާއި ބެހޭ ކޮމިޓީން މިހާރު އަންނަނީ ކުރަމުންނެވެ. ބިލުގެ ދިރާސާގެ މަސައްކަތަށް ނޫސްވެރިންނާވެސް ބައްދަލުކޮށް ކޮމިޓީން ވަނީ ނޫސްވެރިންގެ ހިޔާލުވެސް މި ބިލަށް ހޯދާފަ އެވެ.

Advertisement

Advertisement 1

ބަންޑާރަ ނައިބުގެ އޮފީހުން މި ބިލު ދިރާސާކޮށް ބިލަށް ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި މީޑިއާ ކޮމިޝަނަށް މެންބަރުން އައްޔަނުކުރުމާއި ވަކިކުރުމުގައްޔާއި، އަދި ކޮމިޝަނުގެ ރައީސް އައްޔަނުކުރުމުގައި ރައީސުލްޖުމްހޫރިއްޔާގެ އެއްވެސް ދައުރެއް ނުހިމެނޭގޮތަށް ބިލުގެ 17 ވަނަ މާއްދާއާއި، 19 ވަނަ މާއްދާއާއި، 20 ވަނަ މާއްދާ އިސްލާހުކުރަން ވަނީ ހުށަހަޅާފަ އެވެ. އަދި ބިލުގެ 39 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މީޑިއާގެ ސުލޫކީ ހަމަތަކުގެ ތެރޭގައި، ތެދު މައުލޫމާތު ހާމަކުރުމުގެ އިތުރުން، އިންސާފުވެރިކަމާއެކު ހާމަކަން ބޮޑުގޮތެއްގައި ހަބަރާއި މައުލޫމާތު ގެނެސްދިނުން ހިމެނުމަށްވެސް ވަނީ ލަފާދީފަ އެވެ.

އޭގެ އިތުރުން ބިލުގެ 67 ވަނަ މާއްދާގެ ދަށުން، ވަކިވަކި ނޫސްވެރިންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅޭގޮތަށް އޮތް އޮތުން އިސްލާހުކޮށް، ގާނޫނާއި ކޮމިޝަނުން ކަނޑައަޅާ އުސޫލަކާ ހިލާފުވެގެން ވަކިވަކި ނޫސްވެރިންނަށް ފިޔަވަޅު ނޭޅޭނެކަން ކަށަވަރުކުރުމަށްޓަކައި އެ މާއްދާ އުނިކުރުމަށާއި ކޮމިޝަނުން ފިޔަވަޅު އެޅުމުގައި މައްސަލައިގެ ކުޑަބޮޑު މިނަށާއި، ގާނޫނާ ހިލާފުވުން ތަކުރާރުވަމުންދާ މިންވަރަށް ރިއާޔަތްކުރަންވާނެކަމަށް ބަޔާންކޮށް، ފިޔަވަޅު އެޅުމުގައި ކޮމިޝަނުން ޢަމަލުކުރަންޖެހޭނެ އުސޫލު ބިލުގައި ހިމެނުމަށް ވެސް އޭޖީ އޮފީހުން ވަނީ ލަފާދީފަ އެވެ.

މީޑިއާ ބިލަށް އޭޖީ އޮފީހުން ހުށަހަޅާފައިވާ މުހިންމު އިތުރު އިސްލާހުތަކަކީ:

  1. ބިލުގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މެންބަރުންގެ ހުންނަންޖެހޭ ސިފަތަކުގެ ތެރޭގައި، ސިޔާސީ ޕާޓީއެއްގެ މަގާމެއްގައި ހުރުން މަނާކުރުމުގެ ބަދަލުގައި، ސިޔާސީ ޕާޓީއެއްގެ މެންބަރެއް ކަމުގައި ނުވުން ހިމަނައި، 18 ވަނަ މާއްދާގެ (ޅ) އިސްލާހުކުރުން؛
  2. ބިލުގެ 39 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މީޑިއާގެ ސުލޫކީ ހަމަތަކުގެ ތެރޭގައި، ތެދު މައުލޫމާތު ހާމަކުރުމުގެ އިތުރުން، އިންސާފުވެރިކަމާއެކު ހާމަކަން ބޮޑުގޮތެއްގައި ހަބަރާއި މައުލޫމާތު ގެނެސްދިނުން ހިމެނުން؛
  3. ބިލުގެ 41 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މީހުންގެ އަމިއްލަ މަޢުލޫމާތު ހާމަކުރުމުގެ މިންގަނޑުތަކުގެ ތެރޭގައި، އެކި ފަރާތްތަކުގެ އަމިއްލަ މަޢުލޫމާތު ހޯދުމާއި ބޭނުންކުރުމުގައި އެ ފަރާތުގެ އަމިއްލަ މިނިވަން ކަމުގެ ދާއިރާގެ ތެރެއަށް ނުޙައްޤުން ވަދެގެން ނުވާނެކަމަށް އޮތް އޮތުން ބަދަލުކޮށް، އެފަދަ މައުލޫމާތެއް ނިސްބަތްވާ ފަރާތުގެ އަމިއްލަ މިނިވަންކަމުގެ ދާއިރާއަށް އިހުތިރާމްކުރުމަކީ މައުލޫމާތު ހާމަކުރުމުގެ މިންގަނޑު ކަމުގައި ހިމެނުމާއި، ވަކި ފަރާތަކާބެހޭގޮތުން ފާހަގަކުރާ މައުލޫމާތަކީ ތެދުނޫން މައުލޫމާތު ކަމުގައިވާނަމަ، ވީއެންމެ އަވަސް ފުރުސަތެއްގައި އެކަމެއް ހަމަ އެ ވަސީލަތެއްގައި ފާޅުކަން ބޮޑުގޮތެއްގައި އިސްލާހުކޮށް ރަނގަޅުކުރަންވާނެ ކަމުގައި ހިމެނުން؛
  4. ބިލުގެ 42 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ "ހިޔާލު ތަފާތުވެފައިވާ މައްސަލައެއްގައި މައުލޫމާތު ހާމަކުރުމުގެ މިންގަނޑު" އުނިކޮށް، "އާންމު މަސްލަހަތާގުޅޭ މައްސަލަތަކުގައި މައުލޫމާތު ހާމަކުރުމުގެ މިންގަނޑު" ބިލުގައި ހިމެނުމާއި، އެ މިންގަނޑު އިތުރަށް ތަފްސީލުކުރުން.
  5. ބިލުގެ 44 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ތެދު މަޢުލޫމާތު ހާމަކުރުމުގެ ޒިންމާއަށް މިންގަނޑުތަކެއް އިތުރުކުރުން.

މީގެ އިތުރުން، މި ބިލުގައި ހިމަނާފައިވާ އާންމު ނިޒާމާއި، ގައުމީ ސަލާމަތާއި، އިލެކްޓްރޯނިކް މީޑިއާގެ މާނަކުރުން އިތުރަށް ތަފްސޫލުކޮށް ހިމެނުމަށްވެސް ސަރުކާރުން ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި ހިމެނެ އެވެ. އަދި އިސްލާހުތަކުގެ އިތުރުން، ކޮމިޝަނުން މައްސަލައެއް ބަލައި ނިމެންދެން އިދާރީ ފިޔަވަޅެއްގެ ގޮތުން، ވަގުތީގޮތުން މީޑިއާއެއްގެ ރަޖިސްޓްރީ ބާތިލް ކުރުމުގެ ބާރު ކޮމިޝަނަށް ލިބިދީފައިވާ މާއްދާ (66 ވަނަ މާއްދާގެ (ޅ) އުނިކުރުމަށްވެސް ސަރުކާރުގެ ފަރާތުން ވަނީ ހުށަހަޅާފަ އެވެ.

މީޑިއާރައީސް ޑރ. މުހައްމަދު މުއިއްޒުބަންޑާރަ ނައިބުގެ އޮފީސްބަންޑާރަ ނައިބު އަހުމަދު އުޝާމުރައްޔިތުންގެ މަޖިލިސް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޢާޞިފްގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފި

ޢާޞިފްގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފި

2 ގަޑިއިރު ކުރިން - 13:11

އިންޑިއާގެ ބޮޑުވަޒީރުކަމުގައި އެންމެ ގިނަ ދުވަސްވީ ބޭފުޅާގެ ޝަރަފު މޯދީ ހޯއްދެވުމުން ރައީސް މަރުހަބާ ވިދާޅުވެއްޖެ

މޯދީގެ ރެކޯޑާއެކު ރައީސް މަރުހަބާ ވިދާޅުވެއްޖެ

1 ދުވަސް ކުރިން - 12:43

ސިއްހީ ހާލަތު ހުރިގޮތުން އެއްފަރާތަށް ޖެހިލިޔަސް، ހުންނެވީ ރައީސް މުއިއްޒާއެކު ގަދަކޮށް: ޒަމީރު

ސިއްހީ ހާލަތު ހުރިގޮތުން އެއްފަރާތަށް ޖެހިލިޔަސް، ހުންނެވީ ރައީސްއާއެކު ގަދަކޮށް: ޒަމީރު

1 ދުވަސް ކުރިން - 22:06

ފިލިޕީންސަށް ކުރިމަތިވި ބާރުގަދަ ބިންހެލުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ފޮނުއްވައިފި

ފިލިޕީންސަށް ކުރިމަތިވި ބާރުގަދަ ބިންހެލުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ފޮނުއްވައިފި

2 ދުވަސް ކުރިން - 13:56

މިފްކޯގެ ހުރިހާ ސެންޓަރަކުން މިއަދު މަސް ގަންނަނީ 20 ރުފިޔާއަށް

މިފްކޯގެ ހުރިހާ ސެންޓަރަކުން މިއަދު މަސް ގަންނަނީ 20 ރުފިޔާއަށް

2 ދުވަސް ކުރިން - 09:03

ނޭޝަނަލް ސަރވިސް ޓްރޭނިންގ ގެ 3 ވަނަ ބެޗުގެ ތަމްރީނަށް 352 ޒުވާނުން ފުރައިފި

ނޭޝަނަލް ސަރވިސް ޓްރޭނިންގ ތަމްރީނަށް 352 ޒުވާނުން ފުރައިފި

2 ދުވަސް ކުރިން - 17:31