Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

ދެ އަހަރު ދުވަހުގެ ތެރޭގައި ދެގައުމުގެ ވިޔަފާރި 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް މަސައްކަތްކުރާނަން: ޕާކިސްތާނުގެ ބޮޑުވަޒީރު

އައިޝަތު ރުވާ ރިފްޢަތު
1 ގަޑިއިރު ކުރިން - 21 އޮކްޓޫބަރު 2026 13:42
ރައީސް ޑރ. މުއިއްޒު އަދި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް. / ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ. މުއިއްޒު އަދި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

11 އަހަރަށްފަހު ރާއްޖޭގެ ރައީސަކު ކުރެއްވި މި ދަތުރުފުޅުގައި ސިއްހަތު، ތައުލީމު، ވިޔަފާރި އަދި ދިފާއީ ދާއިރާއިން 20 ފަހުމުނާމާއެއްގައި ސޮއިކުރި. އަދި ރާއްޖޭގެ ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއަށް އެހީވުމަށް ޕާކިސްތާނުން ނިންމި.

ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖެއާއި ޕާކިސްތާނާ ދެމެދު ކުރެވޭ ވިޔަފާރީގެ މިންވަރު 13 މިލިއަން ޑޮލަރުން 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް ގުޅިގެން އެންމެ ފުރިހަމައަށް މަސައްކަތް ކުރައްވާނެ ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު މުހައްމަދު ޝެހްބާޒް ޝަރީފް ވިދާޅުވެއްޖެއެވެ.

ބޮޑުވަޒީރު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ޕާކިސްތާނަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން މުހިންމު 20 ފަހުމުނާމާއެއް (އެމްއޯޔޫ) ގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތަށްފަހު ދެއްވި ބަޔާނުގައެވެ.

ޕާކިސްތާނުގެ ޕްރައިމް މިނިސްޓަރސް ހައުސްގައި ވާހަކަފުޅު ދައްކަވަމުން ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވިދާޅުވީ، ވިޔަފާރީގެ މި އަމާޒަށް ވާސިލުވުމަށް އެއްބަސްވެފައިވަނީ ރައީސް ޑރ. މުޢިއްޒުގެ ފުރިހަމަ ތާއީދާއެކު ކަމަށެވެ. އަދި މިހާރު ދެޤައުމުގެ ދެމެދުގައި ހިނގާ 13.9 މިލިއަން ޑޮލަރުގެ ވިޔަފާރިއަކީ ދެ ގައުމުގެ އިގްތިސާދީ ގާބިލުކަމާ އަޅާބަލާއިރު ވަރަށް ކުޑަ މިންވަރެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Advertisement

Advertisement 1

ރައީސް ޑރ. މުއިއްޒު ދެއްކެވި ވާހަކަފުޅުގައި، ދެ އަހަރުގެ ތެރޭގައި ވިޔަފާރި 200 މިލިއަން ޑޮލަރަށް އިތުރުކުރުމުގެ އަމާޒަށް ފުރިހަމައަށް ތާއީދުކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި އެއްބަސްވުންތަކުގެ މާނަ ހުންނާނީ އޭގެއިން އަމަލީ ނަތީޖާ ފެނިގެން ކަމަށާއި، މި ފަހުމުނާމާތަކުގެ ސަބަބުން ދެ ގައުމުގެ ރައްޔިތުންނަށް ފައިދާހުރި ފުރުސަތުތަކެއް ތަނަވަސްވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

މި ދަތުރުފުޅަކީ 11 އަހަރަށްފަހު ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ. އަދި މިއީ ދެ ގައުމުގެ ދެމެދުގައި ހާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތާ ވެސް ދިމާވި މުހިންމު ދަތުރުފުޅެކެވެ. ޕްރައިމް މިނިސްޓަރސް ހައުސްއަށް ވަޑައިގަތުމުން ރައީސް ޑރ. މުއިއްޒަށް ވަނީ ޝަރަފުގެ ގާޑެއް އަރުވާފައެވެ.

ދެ ލީޑަރުންގެ ދެމެދުގައި ބޭއްވުނު ރަސްމީ މަޝްވަރާތަކުގައި ވިޔަފާރިއާއި، ސިއްހަތު، ތައުލީމު، ޑިފެންސް، މަސްވެރިކަން، ފަތުރުވެރިކަން އަދި އައިޓީގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. ހާއްސަކޮށް ރާއްޖެއަށް ސިއްޙީ ދާއިރާއިން ޕާކިސްތާނުގެ ޑޮކްޓަރުން އެހީތެރިކަން ފޯރުކޮށްދިނުމާއި، ރާއްޖޭގެ ދަރިވަރުންނަށް އެމްބީބީއެސް ފުރުސަތުތައް އިތުރުކުރުމާއި، ދެގައުމުގެ ދެމެދު ސީދާ ދަތުރުތައް ފެށުމާ ގުޅޭގޮތުން ވާހަކަދެކެވުނެވެ.

މީގެއިތުރުން، ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢަށް އެހީތެރިވުމުގެ ގޮތުން ޕާކިސްތާނުން 100،000 ޒައިތޫނި ގަހުގެ ކަފް އަދި އެކި ބާވަތުގެ 100،000 ގަހުގެ އޮށް ހަދިޔާކުރާނެ ކަމަށް ބޮޑުވަޒީރު ޝެހްބާޒް އިއުލާނު ކުރެއްވިއެވެ.

ބައިނަލްއަގްވާމީ މަސްރަހަށް އަލިއަޅުއްވާލައްވަމުން، ފަލަސްޠީނުގެ މިނިވަންކަމަށާއި އަމިއްލަ އިހްތިޔާރުގެ ޙައްޤަށް ރާއްޖެއިން ކުރާ ވަކާލާތާއި ދޭ އެއްބާރުލުމަށް ބޮޑުވަޒީރު ޝެހްބާޒް ވަނީ ތައުރީފު ކުރައްވާފައެވެ. ރައީސް މުޢިއްޒު ވެސް ވަނީ 1967 ގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ވެރިރަށް ކަމުގައި ކަނޑައަޅައިގެން ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމަށް ރާއްޖެއިން އަބަދުވެސް ތާއީދުކުރާނެ ކަމަށް ވިދާޅުވެފައެވެ. އަދި ސާކް ހަރަކާތްތެރި ކުރުމަށް ރާއްޖެއިން އިސްނަގާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ދެމެދުގައި ސޮއިކުރެވުނު 20 ފަހުމުނާމާގެ ތެރޭގައި ޓެކްނޮލޮޖީ، މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރުން، ސިއްހީ ދާއިރާ، ކާބޯތަކެތީގެ ރައްކާތެރިކަން އަދި އެސްޓީއޯ އާއި ޕާކިސްތާނުގެ ޓީސީޕީއާ ދެމެދު ވިޔަފާރީގެ އެއްބަސްވުންތައް ހިމެނެއެވެ.

ޕާކިސްތާނުގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން ރައީސް ޑރ. މުއިއްޒަށް އޮނަރަރީ ޑޮކްޓަރޭޓް އެރުވުމަށް ހަމަޖެހިފައިވާތީ ބޮޑުވަޒީރު ވަނީ އެމަނިކުފާނަށް މަރުހަބާ ވިދާޅުވެފައެވެ. އަދި ދެ ޤައުމުގެ ގުޅުން އައު އުސްމިންތަކަކަށް ގެންދިއުމަށް ދެ ލީޑަރުން ވަނީ އިގުރާރުވެވަޑައިގެންފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުޕާކިސްތާންރައީސް މުޢިއްޒުގެ ޕާކިސްތާނުް ދަތުރުފުޅު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

ރާއްޖެ އާއި ޕާކިސްތާނުން މުހިންމު 20 ދާއިރާއަކުން އެމްއޯޔޫގައި ސޮއިކޮށްފި

ރާއްޖެ އާއި ޕާކިސްތާނުން މުހިންމު 20 ދާއިރާއަކުން އެމްއޯޔޫގައި ސޮއިކޮށްފި

1 ގަޑިއިރު ކުރިން - 13:27

ޕާކިސްތާނުގެ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުގައި ރައީސުލްޖުމްހޫރިއްޔާއަށް ރަސްމީ މަރުހަބާއެއް ދަންނަވައިފި

3 ގަޑިއިރު ކުރިން - 11:56

"ޕާކިސްތާނަށް ކުރައްވާ ފުރަމާނަ ދަތުރުފުޅާއެކު ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ"

"ޕާކިސްތާނަށް ކުރައްވާ ފުރަމާނަ ދަތުރުފުޅާއެކު ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ"

3 ގަޑިއިރު ކުރިން - 11:10

ރަސްމާލެ މަޝްރޫޢުން ދޫކުރާ ޕްރޮޕަޓީތަކުގެ ކޮންޓްރޯލް އޮންނާނީ ސަރުކާރަށް!

ރަސްމާލެ މަޝްރޫޢުން ދޫކުރާ ޕްރޮޕަޓީތަކުގެ ކޮންޓްރޯލް އޮންނާނީ ސަރުކާރަށް!

22 ގަޑިއިރު ކުރިން - 16:19

ރައީސުލްޖުމްހޫރިއްޔާ ޕާކިސްތާނަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި ފުރާވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޕާކިސްތާނަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި ފުރާވަޑައިގެންފި

1 ދުވަސް ކުރިން - 11:46

ރައީސް ޑރ. މުއިއްޒު ޕާކިސްތާނަށް: 12 އެއްބަސްވުމެއްގައި ސޮއިކުރައްވާނެ

ރައީސް ޑރ. މުއިއްޒު ޕާކިސްތާނަށް: 12 އެއްބަސްވުމެއްގައި ސޮއިކުރައްވާނެ

3 ދުވަސް ކުރިން - 11:19