Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

އީގަލް ހިލްސްއިން ރަސްމާލޭގައި ހިންގާ މަޝްރޫއުގެ ދަށުން ދޫކުރާ ޕްރޮޕަޓީތަކުގެ ފުރިހަމަ ކޮންޓްރޯލް އޮންނާނީ ސަރުކާރުގައި!

އައިޝަތު އިމްސާ
އައިޝަތު އިމްސާ
1 ގަޑިއިރު ކުރިން - 20 އޮކްޓޫބަރު 2026 16:19
"ޕްލަސް ޕޮޑްކާސްޓް"ގައި ރައީސުލް ޖުމހޫރިއްޔާ މައުލޫމާތު ދެއްވަނީ / ފޮޓޯ: ރައީސް އޮފީސް
"ޕްލަސް ޕޮޑްކާސްޓް"ގައި ރައީސުލް ޖުމހޫރިއްޔާ މައުލޫމާތު ދެއްވަނީ / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

99 އަހަރަށް އެޕްރޮޕަޓީތައް ދޫކުރުމަށްފަހު އެތަން އެހެން ފަރާތަކަށް ނުވިއްކޭނެ ކަމަށާއި މުއްދަތު ހަމަވުމުންވެސް އެ ޕްރޮޕަޓީތައް ވިއްކަން ޖެހެނީ ސަރުކާރަށް. އަދި އޮޓޯއިން އެއްބަސްވުން ރިނިއުވެ އިތުރު 99 އަހަރު ލިބޭ ގޮތަށް ކަންކަން ނުހިނގާނެ ކަމަށާއި، މި މުއާމަލާތްތަކުން ފައިދާއާއި އާމްދަނީ ލިބޭނީ ދައުލަތަށް

އީގަލް ހިލްސްއިން ރަސްމާލޭގައި ހިންގާ މަޝްރޫއުގެ ދަށުން ދޫކުރާ ޕްރޮޕަޓީތަކުގެ ފުރިހަމަ ކޮންޓްރޯލް އޮންނާނީ ސަރުކާރުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ސަރުކާރުގެ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ހިއްސާކުރެއްވުމަށް ކުރިއަށްގެންދާ "ދަ ޕަލްސް" ޕޮޑްކާސްޓުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ހުޅުމާލެ ހިއްކި އިރު، ރޭވުންތެރިކަމާއެކު މަސައްކަތް ކުރެވިފައި ނެތުމުން އެތަނުގައި މީހުން ދިރިއުޅެން ފެށުމުގެ ކުރިން އިންވެސްޓްމަންޓުތައް ނާންނަ ކަމަށާއި އެފަދަ އިންވެސްޓްމަންޓު އައީ މީހުން ދިރިއުޅެން ފަށައި، ބްރިޖު މަޝްރޫއާއެކު ކަމަށެވެ. ނަމަވެސް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދަން ބޭނުންފުޅުވަނީ އެތަނުން ރައްޔިތުންނަށް ދޫކުރާ ގޯއްޗާއި ފްލެޓުތަކުގައި ދިރިއުޅެވޭނެފަދަ ތަރައްގީއާއި އިންވެސްޓްމަންޓުތައް ގެނައުމަށްފަހު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އީގަލް ހިލްސްއިން ރަސްމާލޭގައި ހިންގާ މަޝްރޫއަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރަސްމާލޭގެ ތަރައްގީ ހަގީގަތަކަށް ހަދައިދޭނެ މުހިންމު މަޝްރޫއެއް ކަމަށެވެ. މި މަޝްރޫއާ ގުޅޭގޮތުން ރައްޔިތުންގެ ހަގީގީ ކަންބޮޑުވުންތައް ހުރި ނަމަވެސް ސިޔާސީ ބޭނުމުގައި ކަންކަން އޮޅުވާލުމަށް ބައެއް ފަރާތްތަކުން ވާހަކަ ފަތުރަމުން އަންނަކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Advertisement

Advertisement 1

ރަސްމާލޭގައި އީގަލް ހިލްސްއިން ތަރައްގީކުރާ ޕްރޮޕަޓީތައް 99 އަހަރަށް ދިނުމާ ގުޅޭގޮތުން ފަތުރަމުން އަންނަ ވާހަކަތަކަށް ރިއާޔަތްކުރައްވައި ރައީސް ވިދާޅުވީ އެ ޕްރޮޕަޓީތަކުގެ ފުރިހަމަ ކޮންޓްރޯލް އޮންނާނީ ސަރުކާރަށްކަމަށެވެ. އެގޮތުން، 99 އަހަރަށް އެޕްރޮޕަޓީތައް ދޫކުރުމަށްފަހު އެތަން އެހެން ފަރާތަކަށް ނުވިއްކޭނެ ކަމަށާއި މުއްދަތު ހަމަވުމުންވެސް އެ ޕްރޮޕަޓީތައް ވިއްކަން ޖެހެނީ ސަރުކާރަށް ކަމަށް ވިދާޅުވިއެވެ. އަދި އޮޓޯއިން އެއްބަސްވުން ރިނިއުވެ އިތުރު 99 އަހަރު ލިބޭ ގޮތަށް ކަންކަން ނުހިނގާނެ ކަމަށާއި، މި މުއާމަލާތްތަކުން ފައިދާއާއި އާމްދަނީ ލިބޭނީ ދައުލަތަށް ކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި މަޝްރޫއާ ގުޅިގެން ހަގީގީ ކަންބޮޑުވުންތައް ހުރި ރައްޔިތުންނަށް ބޭނުންވާ ފުރިހަމަ މައުލޫމާތު ސަރުކާރުން ފޯރުކޮށްދެއްވަމުންދާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ. އަދި މި މަޝްރޫއުގެ އެއްވެސް އެއްބަސްވުމެއް ގާނޫނާއި ގަވާއިދުތަކާ ހިލާފަށް ނުހަދާނެ ކަމުގެ ޔަގީންކަންވެސް އެމަނިކުފާނު ދެއްވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުރަސްމާލެއީގަލް ހިލްސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

ރައީސުލްޖުމްހޫރިއްޔާ ޕާކިސްތާނަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި ފުރާވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޕާކިސްތާނަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި ފުރާވަޑައިގެންފި

6 ގަޑިއިރު ކުރިން - 11:46

ސިޔާސީ މައިދާނަށް އިމްރާންގެ އެނބުރިއައުން: ގައުމީ މަސްލަހަތުތޯ ނުވަތަ އަމިއްލަ އެދުންތޯ؟

9 ގަޑިއިރު ކުރިން - 08:55

ރައީސް ޑރ. މުއިއްޒު ޕާކިސްތާނަށް: 12 އެއްބަސްވުމެއްގައި ސޮއިކުރައްވާނެ

ރައީސް ޑރ. މުއިއްޒު ޕާކިސްތާނަށް: 12 އެއްބަސްވުމެއްގައި ސޮއިކުރައްވާނެ

2 ދުވަސް ކުރިން - 11:19

ދަނޑުވެރިކަމުން އަމިއްލަ ފުދުންތެރިކަން ހޯދުމަކީ ގައުމީ އިސްތިގުލާލާ ގުޅިފައިވާ ކަމެއް: ރައީސް

ދަނޑުވެރިކަމުން އަމިއްލަ ފުދުންތެރިކަން ހޯދުމަކީ ގައުމީ އިސްތިގުލާލާ ގުޅިފައިވާ ކަމެއް: ރައީސް

5 ދުވަސް ކުރިން - 13:57

ރަސްމާލެ ވޯޓަރފްރޮންޓް މަޝްރޫއާއެކު މަތީ ފަންތީގެ ފަތުރުވެރިން ރާއްޖެއަށް ގެނެވޭނެ: އަލްއައްބާރު

ރަސްމާލެ ވޯޓަރފްރޮންޓް މަޝްރޫއާއެކު މަތީ ފަންތީގެ ފަތުރުވެރިން ރާއްޖެއަށް ގެނެވޭނެ: އަލްއައްބާރު

6 ދުވަސް ކުރިން - 13:33

ޒިންމާދާރުވާން ޔާމީނަށް ވަޒީރު އިހްސާން ގޮވާލައިފި

ޒިންމާދާރުވާން ޔާމީނަށް ވަޒީރު އިހްސާން ގޮވާލައިފި

8 ދުވަސް ކުރިން - 15:42