Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

ރައީސުލްޖުމްހޫރިއްޔާއަށް އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދުން އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު އަރުވައިފި

އައިޝަތު އިމްސާ
އައިޝަތު އިމްސާ
4 ގަޑިއިރު ކުރިން - 21 އޮކްޓޫބަރު 2026 22:54
އައިއައިޔޫއައިގެ އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ރައީސަށް އަރުވުމުގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް
އައިއައިޔޫއައިގެ އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ރައީސަށް އަރުވުމުގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މި ޝަރަފު އަރުވާފައިވަނީ، އެމަނިކުފާނު ރާއްޖޭގެ އާންމު ހިދުމަތް ކުރިއެރުވުމަށް ކޮށްދެއްވާފައިވާ މަސައްކަތާއި، އިސްނެންގެވުމުގެ ދަށުން އިދާރާތައް ތަރައްގީކޮށްދެއްވާފައިވާ މަސައްކަތުގެ އިތުރުން ހިންގުމުގެ ދާއިރާގައި ހޯދާފައިވާ ކުރިއެރުންތަކުގެ އަގުވަޒަންކުރުމުގެ ގޮތުން.

ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު އަރުވައިފިއެވެ. އެމަނިކުފާނަށް އަރުވާފައިވަނީ "އޮނަރަރީ ޑިގްރީ އޮފް ޑޮކްޓަރ އޮފް ޕޮލިޓިކްސް އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސް" ގެ ޝަރަފެވެ.

މި ޝަރަފު އެމަނިކުފާނަށް އަރުވާފައިވަނީ ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހެބާޒް ޝަރީފާއެކު ބޭއްވެވި ރަސްމީ މަޝްވަރާތަކަށްފަހު، ދެ ޤައުމުގެ ވެރިން ގުޅިގެން ދެއްވި ނޫސްބަޔާނަށްފަހުގައެވެ. މިކަމަށްޓަކައި ޚާއްޞަކޮށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ރައީސުލްޖުމްހޫރޔާއަށް މި ސަނަދު ރަސްމީކޮށް ހަވާލުކޮށްދެއްވީ ބޮޑުވަޒީރު ޝެހެބާޒް ޝަރީފެވެ.

މި ޝަރަފަކީ، އެ ޔުނިވަރސިޓީގެ ގަވާއިދުތަކުގެ ދަށުން، ބޯޑް އޮފް ޓްރަސްޓީސްގެ ޗެއާމަން އަދި ޔުނިވަރސިޓީގެ ޗާންސެލަރގެ ހައިސިއްޔަތުން ޕާކިސްތާނުގެ ރައީސް އާސިފް ޢަލީ ޒަރުދާރީއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރާއި ބާރުގެ ދަށުން، އެމަނިކުފާނުގެ ފަރާތްޕުޅުން އެރުވި ޝަރަފެކެވެ.

Advertisement

Advertisement 1

ރައީސުލްޖުމްހޫރިއްޔާއަށް މި ޝަރަފު އަރުވާފައިވަނީ، ދިވެހިރާއްޖޭގެ ޢާންމު ޚިދުމަތްތައް ކުރިއެރުވުމަށާއި، ދައުލަތުގެ މުއައްސަސާތައް ހަރުދަނާކޮށް ތަރައްޤީކުރެއްވުމަށް އެމަނިކުފާނު އިސްނަންގަވައިގެން ކުރައްވާފައިވާ އަގުހުރި މަސައްކަތްޕުޅުތަކާއި، ވެރިކަން ހިންގުމުގެ ދާއިރާއިން ހޯއްދަވާފައިވާ ފާހަގަކޮށްލެވޭ ކާމިޔާބީތަކުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ. އެމަނިކުފާނަކީ ދައުލަތުގެ އެކި ފަންތީގެ އިސް ފަންނީ މަޤާމުތަކާއި ސިޔާސަތު ކަނޑައެޅުމުގެ މުހިންމު މަސްއޫލިއްޔަތުތައް ފުރުއްވައި، ޤައުމަށް ނުހަނު މަތިވެރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ލީޑަރެކެވެ.

މީގެއިތުރުން، މާތްވެގެންވާ އިސްލާމްދީނުގެ އުޞޫލުތައް ނެގެހެއްޓެވުމަށާއި، ޢަދުލުއިންޞާފާއި ހަމަހަމަކަން ޤާއިމުކުރެއްވުމަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް ޔުނިވަރސިޓީން ވަނީ ފާހަގަކޮށްފައެވެ. އަދި ދިވެހި ރައްޔިތުންގެ މިނިވަންކަމާއި، ޞުލްޙަވެރިކަމާއި، ޤައުމީ ދުޅަހެޔޮކަން ކަށަވަރުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އަހައްމިއްޔަތުކަމަކީ، ޤައުމީ ތަރައްޤީއަށާއި ޢާންމު ޚިދުމަތަށް އެމަނިކުފާނުގެ ހިތްޕުޅުގައިވާ އިޚްލާޞްތެރިކަމުގެ ހެއްކެއް ކަމުގައިވެސް ބަޔާންކޮށްފައިވެއެވެ.

ޕާކިސްތާނުގެ އިސްލާމިކް ޔުނިވަރސިޓީން ރައީސުލްޖުމްހޫރިއްޔާއަށް މި ޝަރަފު އަރުވާފައިވާއިރު، މީގެކުރިން މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީންވެސް އެމަނިކުފާނަށް ވަނީ އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު އަރުވާފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުޕާކިސްތާންރައީސް މުޢިއްޒުގެ ޕާކިސްތާނުް ދަތުރުފުޅު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ޕާކިސްތާނުގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތަށް ޒިޔާރަތްކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ޕާކިސްތާނުގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތަށް ޒިޔާރަތްކުރައްވައިފި

4 ގަޑިއިރު ކުރިން - 22:59

ދެއަހަރު ދުވަހުގެ ތެރޭގައި ދެގައުމުގެ ވިޔަފާރި 200 މިލިއަން ޑޮލަރަށް އިތުރުކުރަނީ

13 ގަޑިއިރު ކުރިން - 13:42

ރާއްޖެ އާއި ޕާކިސްތާނުން މުހިންމު 20 ދާއިރާއަކުން އެމްއޯޔޫގައި ސޮއިކޮށްފި

ރާއްޖެ އާއި ޕާކިސްތާނުން މުހިންމު 20 ދާއިރާއަކުން އެމްއޯޔޫގައި ސޮއިކޮށްފި

13 ގަޑިއިރު ކުރިން - 13:27

ޕާކިސްތާނުގެ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުގައި ރައީސުލްޖުމްހޫރިއްޔާއަށް ރަސްމީ މަރުހަބާއެއް ދަންނަވައިފި

ޕާކިސްތާނުގެ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުގައި ރައީސުލްޖުމްހޫރިއްޔާއަށް ރަސްމީ މަރުހަބާއެއް ދަންނަވައިފި

15 ގަޑިއިރު ކުރިން - 11:56

"ޕާކިސްތާނަށް ކުރައްވާ ފުރަމާނަ ދަތުރުފުޅާއެކު ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ"

"ޕާކިސްތާނަށް ކުރައްވާ ފުރަމާނަ ދަތުރުފުޅާއެކު ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ"

16 ގަޑިއިރު ކުރިން - 11:10

ރަސްމާލެ މަޝްރޫޢުން ދޫކުރާ ޕްރޮޕަޓީތަކުގެ ކޮންޓްރޯލް އޮންނާނީ ސަރުކާރަށް!

ރަސްމާލެ މަޝްރޫޢުން ދޫކުރާ ޕްރޮޕަޓީތަކުގެ ކޮންޓްރޯލް އޮންނާނީ ސަރުކާރަށް!

1 ދުވަސް ކުރިން - 16:19