ކުރީ ސަރުކާރުން 800 މިލިއަނަށްވުރެ ގިނަ ރުފިޔާ ބަދަލުގެ ގޮތުގައި ދޫކުރި: ބަންޑާރަ ނައިބު

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 4 ދުވަސް ކުރިން - 15 އޮކްޓޯބަރު 2025 15:44
ބަންޑާރަ ނައިބު އަހުމަދު އުޝާމް. ކުރީ ސަރުކާރުން، ސެޓަލްމަންޓް ކޮމިޓީގެ ބޭރުން އެކި ފަރާތްތަކަށް ބަދަލު ދީފައިވާ ކަމަށް ބަންޑާރަ ނައިބު ވަނީ ވިދާޅުވެފަ--- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ބަންޑާރަ ނައިބު އަހުމަދު އުޝާމް. ކުރީ ސަރުކާރުން، ސެޓަލްމަންޓް ކޮމިޓީގެ ބޭރުން އެކި ފަރާތްތަކަށް ބަދަލު ދީފައިވާ ކަމަށް ބަންޑާރަ ނައިބު ވަނީ ވިދާޅުވެފަ--- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ޚުލާސާ

އެހެން ކޮމިޓީއެއް އުފައްދައިގެންވެސް މިފަދަ ކަންކަން ކުރީ ސަރުކާރުން ކޮށްފައިވާ ކަމަށް ބަންޑާރަ ނައިބު ވިދާޅުވި

ނިމިދިޔަ އެމްޑީޕީ ސަރުކާރުން 800 މިލިއަނަށްވުރެ ގިނަ ރުފިޔާ ބަދަލުގެ ގޮތުގައި ދޫކޮށްފައިވާ ކަމަށް ބަންޑާރަ ނައިބު އަހްމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

ބަންޑާރަ ނައިބު މި މޭރުމުން ވިދާޅުވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. ބަންޑާރަ ނައިބު ވިދާޅުވީ، ކުރީ ސަރުކާރުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެކުލައިވާލާފައި އޮތް ސެޓަލްމަންޓް ކޮމިޓީން އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ދޫކޮށްފައިވާ ކަމަށާއި، އެ ފައިސާ ދޫކޮށްފައިވަނީ ބަންޑާރަ ނައިބުގެ ލަފާ ހޯދުމަކާ ނުލައި ކަމަށެވެ.

ކުރީ ސަރުކާރުން އެކި ފަރާތްތަކަށް، ބަދަލުގެ ގޮތުގައި ރަށްތަކާއި ފަޅުތައް ދީފައިވާކަން ފާހަގަކުރައްވައި ބަންޑާރަ ނައިބު ވިދާޅުވީ، ބަދަލުގެ ގޮތުގައި 800 މިލިއަން ރުފިޔާ ރައީސް އޮފީހުން އެކުލައިވާލާފައި އޮތް ސެޓަލްމަންޓް ކޮމިޓީއިން ދީފައިވާ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި އެ ހުރިހާ ސެޓަލްމަންޓް އެއްބަސްވުންތައް މިހާރު ބާތިލު ކޮށްފައިވާ ކަމަށާއި އަދި މި އެއްބަސްވުންތަކުގެ ދަށުން ދޫކޮށްފައިވާ ރަށްތަކާއި ފަޅުތައް ދައުލަތަށް އަނބުރާ މިހާރު ނަގާފައިވާ ކަމަށް ބަންޑާރަ ނައިބު ވަނީ ވިދާޅުވެފަ އެވެ.

ނިމިދިޔަ އެމްޑީޕީ ސަރުކާރުން، ސެޓަލްމަންޓް ކޮމިޓީގެ ބޭރުން އަދި އެ ކޮމިޓީ އުފެއްދުމުގެ ކުރިންވެސް އެކި ފަރާތްތަކަށް ބަދަލު ދީފައިވާ ކަމަށް ބަންޑާރަ ނައިބު ވަނީ އިތުރަށް ވިދާޅުވެފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%