ދިވެހިރާއްޖޭގައި ފުރަތަމަ ފަށަން މިއުޅެނީ ބަންކަރިންގެ ޚިދުމަތް ކަމަށާއި، އެކަމަށް އަޅަން ޖެހޭ ފުރަތަމަ ފިޔަވަޅަކީ އުތުރު އައިއެސްޕީއެސް ގޭޓްވޭ ހުޅުވުން ކަމުށް ޝިމާދު ވިދާޅޫވެފައިވޭ. ޝިމާދު ވިދާޅުވީ މި ގޭޓްވޭވާނީ މާކެޓް ޕްލޭސްއަކަށް. އެއީ މި ގޭޓްވޭއިން މި އޭރިއާއިން ދަތުރު ކުރާ އުޅަނދުތަކުން ހަމައެކަނި ޔޮޓްތަކެއް ނޫން، ކާގޯ ބޯޓުތަކާއި ކޮންޓެއިނާ ޝިޕްތަކަށް ޚިދުމަތްތައް ދެވޭނެ. އަޅުގަނޑުމެންނަށް ނެގެން އޮތް އެންމެ ބޮޑު މަންފާއެއް ހޯދޭނެ ކަމަށް.
752 ދުވަސް ކުރިން - 13:09
ފުރަތަމަ ފަހަރަށް ރާއްޖޭގައި ބާއްވާ އިމާމުންގެ މަހާސިންތާ މިމަހުގެ 21 ވާ ހޮނިހިރު ދުވަހު އޮންނާނެ. މި މަހާސިންތާގައި ފިކުރީ ގޮތުން އިސްލާމީ މުޖުތަމަޢަށް ކުރިމަތިވާ ގޮންޖެހުންތަކާއި މުޖުތަމަޢުގައި އިމާމުންގެ ދައުރާއި އިސްލާމީ އުންމަތް ބިނާކުިނާކުރުމުގައި މިސްކިތުގެ ދައުރުގެ މައްޗަށް އަލިއަޅުވާލާ އިމާމުން ތަމްރީންކުރެވޭނެ ކަމަށް ވަޒީރު ވިދާޅުވެފައިވޭ.
752 ދުވަސް ކުރިން - 13:07
ވަޖީހު ވިދާޅުވީ މެރިޓައިމް ދާއިރާގެ އެކި ޚިދުމަތްތައް ހއ. އިން އައްޑުއާ ހަމައަށް ފުޅާ ކުރާނެ ކަމަށް. މިހާރު ވެސް ގްރީކްގެ 17 ބޯޓު ދުއްވަމުން އަންނަ ކުންފުންޏަކުން ފެން ބޭނުންވެގެން އެހީތެރިކަމަށް އެދިފައިވާ ކަމަށާއި، ކުރިއަށް އޮތްތަނުގައި ވެސް އިތުރު ބޯޓުތަކަށް އެހީތެރިކަން ދީ، އެ ޚިދުމަތްތައް ފުޅާ ކުރެވޭނެ ކަމަށް ވަޖީހު ވިދާޅުވެފައިވޭ
752 ދުވަސް ކުރިން - 12:43
އެމް.އެފް.ޑީ.އޭ އިން ވަނީ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނާއި ފަރާތްތައް ރަޖިސްޓަރކޮށް، ލައިސަންސް ދޫކުރުމުގައި ޢަމަލުކުރާނެ އިންތިޤާލީ އުޞޫލު ބަޔާންކުރާ ގަވާއިދެއް އެކުލަވާލާ އާންމުކޮށްފައިވޭ. މި ގަވާއިދަކީ އަލަށް ތަޢާރަފްކުރެވުނު "ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނު" ގެ ދަށުން އެކުލަވާލެވުނު ގަވާއިދެއް
752 ދުވަސް ކުރިން - 12:38
އިމިގްރޭޝަނުން ޢާއްމުުކޮށްފައިވާ ވީޑިއޯގައި ދުފުމަށް ބޭނުންކުރާ ކިއްލި ތައްޔާރުކުރުމަށް ބޭނުންވާ އެކި ބާވަތްތައް ހުރިކަން ފާހަގަކޮށްލެވޭ. އަދި ގޭސް އުނދުން ނުރައްކާތެރިގޮތަކަށް ބޭނުންކުރަމުންދިޔަކަމާއި، ސާފުތާހިރުކަމެއް ނެތި ކާޑުގެ އެކި ބާވަތްތަކާއި ކެއްކުމަށް ބޭނުންކުރާ އެނޫންވެސްތަކެތި ބޭނުންކުރަމުން ގޮސްފައިވޭ.
752 ދުވަސް ކުރިން - 11:38
ޚުލާޞާ: މޯލްޑިވްސް ސަރުކާރުން ޓްރެޜަރީ ބިލްގެ ގޮތުގައި 3.3 ބިލިއަން ރުފިޔާ ވިއްކައި، ފުޅާ ދާއިރާއެއްގައި އިންވެސްޓްމަންޓް ހޯދައި. އިންޓެރެސްޓް ރޭޓަކީ 3.50% އާއި 4.60% އާއި ދެމެދު. މިއީ މާލީ ޒިންމާއަށް ތާއީދުކޮށް، އިގްތިސާދީ ކުރިއެރުން އިތުރުކޮށް، އިސްލާހުކޮށްފައިވާ ޓެކްސްތަކާއި ތަފާތު އާމްދަނީގެ މަސްދަރުތަކުގެ ތެރެއިން ކުރިއަށް އޮތް ބަޖެޓްތައް ހަރުދަނާކޮށްދޭ ކަމެއް
752 ދުވަސް ކުރިން - 11:35
މި މައްސަލާގައި ހައްޔަރުކުރީ މެލޭޝިއާގެ ދެ މީހުން ކަމަށްވާ އެން ޖީ ތަމް ލިޕާއި ކޯ ހުއާން ބޫން . އެން ޖީ ތަމް ލިޕަކީ އެމިރޭޓްސްގެ ފްލައިޓަކުން ރާއްޖެ އައި މެލޭޝިއާގެ މީހެއް. އޭނާގެ ލަގެޖް ކަސްޓަމްސުން ފާސް ކުރިއިރު 13.5 ކިލޯގެ ކެނަބިސް ފެނުނެވެ. އަދި ކޯ ހުއާން ބޫން އަކީ އެ ތަކެއްޗާ ރާއްޖެއިން ހަވާލުވެ، ރީޕެކްކުރުމަށް ފަހު، އެ ތަކެތި ރާއްޖެއިން ބޭރުކުރަން ހަމަޖައްސާފައި ހުރި މީހާ ކަމަށް ފުލުހުން ވިދާޅުވެފައިވޭ.
753 ދުވަސް ކުރިން - 21:47
އަސޭރިއާ މަޝްރޫޢު ފިޔަވައި ހުޅުމާލޭގައި އިމާރާތްކުރާ ރެޒިޑެންޝަލް އިމާރާތްތަކުން އެޕާޓްމެންޓްތައް ވިއްކުމުގެ މުޢާމަލާތް ކުރާނީ އިމާރާތްކުރާ ފަރާތާއި ގަންނަ ފަރާތާއި ދެމެދު އެއްބަސްވާ ގޮތުގެ މަތިން ކަމަށް. އެގޮތަށް ކުރިއަށްގެންދާއިރު ފައިސާގެ މުޢާމަލާތް ކުރަންވާނީ އެޗްޑީސީއާއި އިމާރާތްކުރާ ފަރާތާއި ދެމެދު ވެފައި އޮތް އެއްބަސްވުމާއި އެއްގޮތަށްކަމަށްވެސް އެޗްޑީސީން ބުނެފައިވޭ
753 ދުވަސް ކުރިން - 21:42
މިހާތަނަށް ލިޔެކިޔުންތަކުން ފެންނަން ހުރި އަދަދަށް ބަލާއިރު އެފްއޭއެމްގެ ދަރަނި 30 މިލިޔަނާއި 35 މިލިޔަނާ ދެމެދުގެ އަދަދެއްގައި ހުރި ކަމަށް ފާހަގަކުރެވޭ ކަމަށް ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން އަޙްމަދު ޒުހޫރު ވިދާޅުވެފައިވޭ
753 ދުވަސް ކުރިން - 21:31
މި މަޝްވަރާ ބައްދަލުވުމުގައި ވަޒީރު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަސްވެރިކަން ތަރައްޤީކުރުމަށް ކުރައްވާ މަސައްކަތްޕުޅުގެ ތެރެއިން މެރިކަލްޗަރ ދާއިރާ ތަރައްގީ ކުރުމަށް ގެންގުޅުއްވާ ވިސްނުންފުޅު ހިއްސާކުރައްވާފައި،
753 ދުވަސް ކުރިން - 21:18
މި ބައްދަލުކުރެއްވުމުގައި ދެ ފަރާތުން މަޝްވަރާކުރެއްވި މައިގަނޑު މައުޟޫއަކީ ހަކަތައިގެ ދާއިރާގައި ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮންނަ އެއްބާރުލުން އިތުރަށް ހަރުދަނާކުރުމައި ބެހޭ ގޮތުން. މީގެ އިތުރުން، ދެ ޤައުމުގެ ދެމެދުގައި އޮތް ރަޙްމަތްތެރިކަމާއި އެކުވެރިކަން އިތުރަށް ބަދަހިކުރުމުގެ މުހިންމުކަމާ މެދުވެސް ވާހަކަދެކެވިފައިވޭ.
753 ދުވަސް ކުރިން - 20:52
ވޭސްޓް މެނޭޖްމެންޓް ސެންޓަރ ހެދުމުގެ މަސައްކަތް 2026 ގައި ނިމޭނެ ކަމަށާ، ކުނި މެނޭޖުކުރުމުގައި ބޭނުންކުރާ އުޅަނދުތަކާއި އާލާތްތައް 20 ރަށެއްގެ ކައުންސިލާއި ހަވާލުކުރެވުނު ކަމަށް މިނިސްޓަރ ވިދާޅުވޮ. އޭގެތެރޭގައި 18 ރަށަކަށް ޓްރަކް، 15 ރަށަކަށް ބޭލަރ މެޝިން އަދި 5000 އަށްވުރެ ގިނަ ޑަސްބިން ހިމެނޭ
753 ދުވަސް ކުރިން - 20:47