Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އެފްއޭއެމްގެ ދަރަނި 85 މިލިޔަނަށް ވުރެ މައްޗަށް ދާނެކަމަށް ހާމަކޮށްފި

އެފްއޭއެމްގެ ދަރަނި 85 މިލިޔަނަށް ވުރެ މައްޗަށް ދާނެކަމަށް ހާމަކޮށްފި

އައިޝަތު ރުވާ ރިފްޢަތު
675 ދުވަސް ކުރިން - 18 ސެޕްޓެންބަރު 2024 21:31
ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން އަޙްމަދު ޒުހޫރު/ ފޮޓޯ: ޕީއެސްއެމް
ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން އަޙްމަދު ޒުހޫރު/ ފޮޓޯ: ޕީއެސްއެމް
ޚުލާސާ

މިހާތަނަށް ލިޔެކިޔުންތަކުން ފެންނަން ހުރި އަދަދަށް ބަލާއިރު އެފްއޭއެމްގެ ދަރަނި 30 މިލިޔަނާއި 35 މިލިޔަނާ ދެމެދުގެ އަދަދެއްގައި ހުރި ކަމަށް ފާހަގަކުރެވޭ ކަމަށް ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން އަޙްމަދު ޒުހޫރު ވިދާޅުވެފައިވޭ

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ދަރަނި 85 މިލިޔަން ރުފިޔާއަށްވުރެ މަތިވާނެ ކަމަށް ފީފާއިން އެކުލަވާލާފައިވާ ނޯމަލައިޒޭޝަން ކޮމިޓީން ހާމަކޮށްފިއެވެ. މި މަޢުލޫމާތު ހާމަކުރީ ގައުމީ ފުޓްބޯޅަ ދަނޑުގެ ވީއައިޕީ ރޫމުގައި މިއަދު ހަވީރު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން އަޙްމަދު ޒުހޫރު ވިދާޅުވި ގޮތުގައި، މިހާތަނަށް ލިޔެކިޔުންތަކުން ފެންނަން ހުރި އަދަދަށް ބަލާއިރު އެފްއޭއެމްގެ ދަރަނި 30 މިލިޔަނާއި 35 މިލިޔަނާ ދެމެދުގެ އަދަދެއްގައި ހުރި ކަމަށް ފާހަގަކުރެވެއެވެ. ނަމަވެސް، ބައެއް މީޑިއާތަކުން 85 މިލިޔަން ރުފިޔާގެ ދަރަނީގެ ވާހަކަ ރިޕޯޓުކޮށްފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޒުހޫރު އިތުރަށް ވިދާޅުވި ގޮތުގައި، މި ވަގުތު ކޮމިޓީއަށް ދިމާވާ އެންމެ ބޮޑު ދަތިކަމަކީ ފައިސާގެ މައްސަލައެވެ. މި ދަތިކަމާ ހުރެ، އެކްޓިން ޖެނެރަލް ސެކްރެޓެރީ މުޙައްމަދު ޖައުޝަން ޝަރީފް މަސައްކަތް ކުރައްވަނީ އުޖޫރައެއް ނެތި، ގައުމީ ކަމެއްކަން ދެކިގެން ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

Advertisement

Advertisement 1

އެފްއޭއެމްގެ ދަރަނިތަކުގެ ތެރޭގައި ސަރުކާރުގެ ކުންފުނިތަކަށް ދައްކަންޖެހޭ 10 މިލިޔަން ރުފިޔާ ހިމެނޭ ކަމަށް ޒުހޫރު ވިދާޅުވިއެވެ. އެހެންނަމަވެސް، މި މައްސަލަ ޙައްލުކުރުމަށް ސަރުކާރުގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ނޯމަލައިޒޭޝަން ކޮމިޓީގެ މުހިންމު މަސައްކަތްތަކުގެ ތެރޭގައި އެފްއޭއެމްގެ ދަރަނިތައް އަދާކުރުމާއި، އިދާރާގެ ހަރުދަނާ އޮނިގަނޑެއް އެކުލަވާލުން ހިމެނޭ ކަމަށް ޒުހޫރު ވަނީ ފާހަގަކުރައްވާފައެވެ. މި މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެފްއޭއެމް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ތިންވަނަ ޑިވިޝަންގައި އެފް.އޭ.އެމް އިން ނިންމި ނިންމުންތަކާ މެދު އެލްސީ ސްޕޯޓްސް ކުލަބުގެ ކަންބޮޑުވުން

އެފް.އޭ.އެމް އިން ނިންމި ނިންމުންތަކާ މެދު އެލްސީ ސްޕޯޓްސްއިން ކަންބޮޑުވުން ފާޅުކޮށްފި

13 ދުވަސް ކުރިން - 19:15

ވީހާވެސް ގިނަ ބަޔަކަށް މެޗުތައް ބެލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އެފްއޭއެމްއިން ޓިކެޓު އަގުހެޔޮކޮށްފި

ގިނަ ބަޔަކަށް މެޗުތައް ބެލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އެފްއޭއެމްއިން ޓިކެޓު އަގުހެޔޮކޮށްފި

53 ދުވަސް ކުރިން - 10:38

ހުޅުމާލޭ ފުޓްބޯޅަ ސްކޫލްގެ ބިން ބޭނުންކޮށްގެން 29 މިލިއަން ރުފިޔާގެ ހިޔާނާތެއް

ފުޓްބޯޅަސްކޫލް ޕްރޮޖެކްޓުން 29 މިލިއަން ރުފިޔާގެ ހިޔާނާތެއް

142 ދުވަސް ކުރިން - 16:47

އަމިން ކުންފުނީގެ މައްޗަށް ކުށް ސާބިތުނުވި މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފި

އަމިން ކުންފުންޏަށް ކުށް ސާބިތުނުވި މައްސަލަ އިސްތިއުނާފްކޮށްފި

145 ދުވަސް ކުރިން - 15:49

އަގީލް ރާއްްޖެގެނެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފި

އަގީލް ރާއްްޖެގެނެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފި

146 ދުވަސް ކުރިން - 16:28

އެރީނާގެ ބިން ހުސްކުރަން އިތުރު ފުރުސަތެއް

އެރީނާގެ ބިން ހުސްކުރަން އިތުރު ފުރުސަތެއް

176 ދުވަސް ކުރިން - 10:22