Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އެރީނާގެ ބިން ހުސްކުރަން އިތުރު ފުރުސަތެއް

އެރީނާގެ ބިން ހުސްކުރަން އިތުރު ފުރުސަތެއް

މުހައްމަދު ޖަމްޝަތު
171 ދުވަސް ކުރިން - 31 ޖެނުއަރީ 2026 10:22
މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި ބަހައްޓާފައި ހުރި ވެހިކަލްތަކެއް. މިތަން ހުސްކުރަން އެފްއޭއެމްއިން ވަނީ އިތުރު ފުރުސަތެއް ދީފައި---ފޮޓޯ: ސަން
މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި ބަހައްޓާފައި ހުރި ވެހިކަލްތަކެއް. މިތަން ހުސްކުރަން އެފްއޭއެމްއިން ވަނީ އިތުރު ފުރުސަތެއް ދީފައި---ފޮޓޯ: ސަން
ޚުލާސާ

މި ސަރަހައްދު ހުސްކުރަނީ ފީފާގެ މަޝްރޫއު ކުރިއަށް ގެންގޮސް، ފުޓްބޯޅައިގެ ބޭނުމަށް އެ ބިން ހާއްސަކުރުމަށް

މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި ފީފާގެ އެހީގައި ތަރައްގީކުރާ އެރީނާ ބިން ހުސްކުރުމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ދިން 14 ދުވަހުގެ ނޯޓިސް ހަމަވިއިރު ވެސް ބިން ހުސްކޮށްފައި ނުވާތީ، އެ ތަން ހުސްކުރުމަށް އަންނަ މަހުގެ ހަތް ވަނަ ދުވަހާ ހަމައަށް އެންމެ ފަހުގެ ފުރުސަތު ދީފި އެވެ.

މި މަހުގެ ހަ ވަނަ ދުވަހު ނެރުނު ނޯޓިހާ އެއްގޮތަށް ބައެއް ފަރާތްތަކުން މުދަލާއި އުޅަނދުތައް ނަގާފައި ނުވާތީ، އެފްއޭއެމުން މިހާރު ވަނީ އިތުރު ހަތް ދުވަހުގެ މުއްދަތެއް ދިނުމަށް ނިންމާފަ އެވެ. ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ އިއުލާނުގައިވާ ގޮތުން، އަންނަ މަހުގެ ހަތެއްގެ ނިޔަލަށް ބިން ހުސްނުކޮށްފިނަމަ، އެ ތަނުގައި ހުރި އުޅަނދުތަކާއި މުދަލާއި ވަގުތީ އޮނިގަނޑުތައް އެފްއޭއެމްގެ ފަރާތުން ނަގަން ފަށާނެ އެވެ.

އެފްއޭއެމުން ބުނެފައިވަނީ މި މަސައްކަތުގެ ތެރެއިން އެއްވެސް އެއްޗަކަށް ލިބޭ އުނިކަމަކަށް ނުވަތަ ގެއްލުމަކަށް އެ އެސޯސިއޭޝަނުން ޒިންމާ ނުވާނެ ކަމަށެވެ. ބިން ހުސްކުރަންޖެހޭ ސަރަހައްދު ސާފުކޮށް އެނގޭނެ ކުރެހުމެއްވެސް މި އިއުލާނާއެކު މިހާރު ވަނީ އާންމުކޮށްފަ އެވެ.

Advertisement

Advertisement 1

މި ބިމަކީ ބޮޑު ދެ ފުޓްބޯޅަ ދަނޑު ހިމެނޭ ގޮތަށް ސްޕޯޓްސް އެރީނާއެއް އެޅުމަށް ސަރުކާރުން 50 އަހަރަށް އެފްއޭއެމަށް ދޫކޮށްފައިވާ ބިމެކެވެ. ނަމަވެސް، ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ދައުރުގައި، އެކްސްކޯގެ ނިންމުމެއް ނެތި އަދި ކަމާބެހޭ އިދާރާތަކުގެ ހުއްދަވެސް ނުހޯދައި، އެތަނުގެ ބައެއް ބައިތައް ވަނީ އަމިއްލަ ވިޔަފާރިތަކުގެ ގުދަންތަކުގެ ގޮތުގައި ބޭނުންކުރުމަށް ކުއްޔަށް ދީފަ އެވެ.

އެފްއޭއެމްގެ މިހާރުގެ އެކްސްކޯއިން ވަނީ މިދިޔަ މަހުގެ 29 ގައި އެ އެއްބަސްވުންތައް ބާތިލުކޮށް، ބިން އަލުން ހޯދުމުގެ މަސައްކަތް ފަށާފަ އެވެ.

އެފްއޭއެމްފުޓްބޯޅަފީފާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މިފަހަރުގެ ވޯލްޑް ކަޕުގައި އޭރިއާ ބޭރުން ޖަހާ ގޯލްތައް ދެގުނަ އިތުރު

މިފަހަރުގެ ވޯލްޑް ކަޕުގައި އޭރިއާ ބޭރުން ޖަހާ ގޯލްތައް ދެގުނަ އިތުރު

2 ދުވަސް ކުރިން - 12:58

ތިންވަނަ ޑިވިޝަންގައި އެފް.އޭ.އެމް އިން ނިންމި ނިންމުންތަކާ މެދު އެލްސީ ސްޕޯޓްސް ކުލަބުގެ ކަންބޮޑުވުން

އެފް.އޭ.އެމް އިން ނިންމި ނިންމުންތަކާ މެދު އެލްސީ ސްޕޯޓްސްއިން ކަންބޮޑުވުން ފާޅުކޮށްފި

8 ދުވަސް ކުރިން - 19:15

ވޯލްޑް ކަޕްގައި ދޭ ހައިޑްރޭޝަން ބްރޭކްތަކުގެ ސަބަބުން ބޮޑު ބަހުސެއް އުފެދިއްޖެ

ހައިޑްރޭޝަން ބްރޭކްތަކުގެ ސަބަބުން ބޮޑު ބަހުސެއް އުފެދިއްޖެ

22 ދުވަސް ކުރިން - 10:18

ވޯލްޑް ކަޕް ދަތުރުފަތުރުގެ ހުރަސްތަކާ ގުޅިގެން އީރާނުން ފީފާއަށް ޝަކުވާ ހުށަހަޅަނީ

ވޯލްޑް ކަޕް ދަތުރުފަތުރުގެ ހުރަސްތަކާ ގުޅިގެން އީރާނުން ފީފާއަށް ޝަކުވާ ހުށަހަޅަނީ

32 ދުވަސް ކުރިން - 16:03

އެމެރިކާއިން އީރާނަށް ވިސާ ދިނީ މެކްސިކޯގައި ބޭސް ވެގެން ތިބުމަށް މަޖުބޫރުކޮށްފަ

ވިސާ ދިނީ އީރާން ޓީމް މެކްސިކޯގައި ބޭސްވެގެން ތިބުމަށް މަޖުބޫރުކޮށްފަ

44 ދުވަސް ކުރިން - 09:14

ރިޕޯޓު: ބުރާސްފަތި ދުވަހުގެ ރޭ ފަށާ ފީފާ ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުގައި ވާނީ ކިހިނެތް؟

ބުރާސްފަތި ދުވަހުގެރޭ ފަށާ ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުގައި ވާނީ ކިހިނެތް؟

44 ދުވަސް ކުރިން - 07:25