Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ތިންވަނަ ޑިވިޝަންގައި އެފް.އޭ.އެމް އިން ނިންމި ނިންމުންތަކާ މެދު އެލްސީ ސްޕޯޓްސް ކުލަބުގެ ކަންބޮޑުވުން

ތިންވަނަ ޑިވިޝަންގައި އެފް.އޭ.އެމް އިން ނިންމި ނިންމުންތަކާ މެދު އެލްސީ ސްޕޯޓްސް ކުލަބުގެ ކަންބޮޑުވުން

އައިޝަތު ރުވާ ރިފްޢަތު
3 ގަޑިއިރު ކުރިން - 12 ޖުލައި 2026 19:15
އެލްސީ ސްޕޯޓްސް ކުލަބުގެ ކުޅުންތެރިން---
އެލްސީ ސްޕޯޓްސް ކުލަބުގެ ކުޅުންތެރިން---
ޚުލާސާ

ކުއާޓާ ފައިނަލް ފެށިފައިވަނިކޮށް ގަވާއިދަށް ބަދަލު ގެނެސް، އެލްސީ މުބާރާތުން ވަކިވާން ޖެހުމާއި، ކުޅުންތެރިންގެ މައްސަލަތައް ނުބަލާ މައްސަލާގައި އެ ކްލަބުން ވަނީ އިންސާފުވެރިކަމާއި ހަމަހަމަކަން ގާއިމުކުރުމަށް އެފްއޭއެމަށް ގޮވާލާފަ.

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) އިން މިހާރު ކުރިއަށްގެންދާ 2026 ވަނަ އަހަރުގެ ތިންވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި އެލްސީ ސްޕޯޓްސް ކްލަބަށް ނާއިންސާފުވާ ގޮތަށް އެ އިދާރާގެ ކޮމްޕެޓިޝަން ކޮމިޓީން ނިންމުންތައް ނިންމަމުންދާ ކަމަށް ބުނެ އެކަން އެލްސީ ސްޕޯޓްސް ކްލަބުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން އެލްސީ ސްޕޯޓްސް ކްލަބުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މުބާރާތުގެ ގުރުއަތުލުމުގެ ރަސްމިއްޔާތުގައި އެފް.އޭ.އެމް އިން މުބާރާތް ކުރިއަށްދާނެ އުސޫލާއި، ގްރޫޕްތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ޓީމުތައް ހޮވާނެ ގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށެވެ. އެގޮތުން ގްރޫޕް 5 ގައި އިތުރު ޓީމެއް ހިމެނޭތީ، އެންމެ ރަނގަޅު ދެވަނަ ޓީމު ހޮވުމުގައި އެ ގްރޫޕްގެ ފުލަށްދާ ޓީމާ ދެކޮޅަށް ކުޅުނު މެޗުގެ ނަތީޖާ އުނިކުރާނެ ކަމަށް ބުނެފައިވީ ނަމަވެސް، ގްރޫޕްގެ އެއްވަނަ ޓީމަށް ބަދަލެއް އަންނާނެ ކަމަށް ބުނެފައި ނުވާ ކަމަށެވެ.

އެލްސީ ސްޕޯޓްސް ކްލަބުން ގްރޫޕް ސްޓޭޖުގެ މެޗުތައް ކުޅެ އެންމެ ގިނަ ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނަ ހޯދާފައިވަނިކޮށް، އަދި ކުއާޓަރ ފައިނަލްގެ ތާވަލުގައިވެސް އެ ކްލަބުގެ ނަން ހިމަނާފައިވަނިކޮށް، ކުއްލިއަކަށް އެފް.އޭ.އެމް އިން ވަނީ މެޗުތައް ފަސްކޮށްފައެވެ. އަދި ޖުލައި 8، 2026 ގައި ބޭއްވި ކޮމިޓީ ބައްދަލުވުމެއްގައި، ގްރޫޕް 5 ގެ އެއްވަނަ، ދެވަނަ، ތިންވަނަ އަދި ހަތަރުވަނަ ޓީމު، ފުލަށް ދިޔަ ޓީމާ ދެކޮޅަށް ކުޅުނު މެޗުގެ ނަތީޖާ އުނިކޮށް ޕޮއިންޓް ޓޭބަލް އަލުން ތަރުތީބު ކުރަން ނިންމިކަން ވަނީ އަންގާފައެވެ. މި ނިންމުމުގެ ސަބަބުން ގްރޫޕްގެ އެއްވަނައިގައި އޮތް އެލްސީ ސްޕޯޓްސް ކްލަބަށް މުބާރާތުން ވަކިވާން ޖެހުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެ ކްލަބުން ބުނެއެވެ.

Advertisement

Advertisement 1

މީގެ އިތުރުން، މުބާރާތުގެ ގަވާއިދާ ޚިލާފަށް ކުޅުންތެރިއަކު ރަޖިސްޓްރީކޮށްފައިވާ މައްސަލައެއް ޖުލައި 9 ގައި ހުށަހެޅުމުންވެސް އެފް.އޭ.އެމް އިން އެކަމަށް އެކަށީގެންވާ ޖަވާބެއް ދީފައި ނުވާ ކަމަށް އެލްސީން ތުހުމަތު ކުރެއެވެ. އެފް.އޭ.އެމް އިން ފަހުން ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ކުއާޓަރ ފައިނަލް މެޗުތައް ފެށިފައިވާތީ ގްރޫޕް ސްޓޭޖުގެ މައްސަލަތައް ބެލުން ހުއްޓާލާފައިވާ ކަމަށެވެ. ނަމަވެސް އެލްސީން ބުނަނީ ކުއާޓަރ ފައިނަލް ފެށިފައިވަނިކޮށް ގްރޫޕްގެ ޕޮއިންޓް ދޭނެ ގޮތް ބަދަލުކޮށް ކުއާޓަރ ފައިނަލަށް ދިޔަ ޓީމުތަކަށް ބަދަލު ގެނައުމަކީ އެއްހަމައަކުން އަމަލުކުރުން ނޫން ކަމަށެވެ.

އެލްސީ ސްޕޯޓްސް ކްލަބުން ވަނީ އެފް.އޭ.އެމް އިން މުބާރާތްތައް ހިންގުމުގައި އިންސާފުވެރިކަމާއި ދެފުށް ފެންނަ އުސޫލުތަކެއް ގާއިމުކުރުމަށް ގޮވާލާފައެވެ. އަދި މެޗުތައް ކުޅެ ނިމިފައިވަނިކޮށް ގަވާއިދުތަކަށް ބަދަލު ގެނައުމަކީ މުބާރާތްތަކުގެ ނަޒާހަތްތެރިކަން ގެއްލި، ކްލަބުތަކާއި ސަޕޯޓަރުންގެ އިތުބާރު ކުޑަވެގެންދާނެ ކަމެއްކަންވެސް އެ ކްލަބުން ފާހަގަކުރެއެވެ. އެލްސީ ސްޕޯޓްސް ކްލަބުން އިތުރަށް ބުނީ އެ ކްލަބަކީ އަބަދުވެސް އިންސާފުވެރި ކުޅިވަރުގެ ރޫހު ދެމެހެއްޓުމުގައި ސާބިތުވެ އޮންނާނެ ކްލަބެއް ކަމަށެވެ.

އެލްސީ ސްޕޯޓްސްއެފްއޭއެމް
Ad
Ad

ގުޅޭ ޚަބަރުތައް

ވީހާވެސް ގިނަ ބަޔަކަށް މެޗުތައް ބެލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އެފްއޭއެމްއިން ޓިކެޓު އަގުހެޔޮކޮށްފި

ގިނަ ބަޔަކަށް މެޗުތައް ބެލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އެފްއޭއެމްއިން ޓިކެޓު އަގުހެޔޮކޮށްފި

39 ދުވަސް ކުރިން - 10:38

ހުޅުމާލޭ ފުޓްބޯޅަ ސްކޫލްގެ ބިން ބޭނުންކޮށްގެން 29 މިލިއަން ރުފިޔާގެ ހިޔާނާތެއް

ފުޓްބޯޅަސްކޫލް ޕްރޮޖެކްޓުން 29 މިލިއަން ރުފިޔާގެ ހިޔާނާތެއް

129 ދުވަސް ކުރިން - 16:47

އަމިން ކުންފުނީގެ މައްޗަށް ކުށް ސާބިތުނުވި މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފި

އަމިން ކުންފުންޏަށް ކުށް ސާބިތުނުވި މައްސަލަ އިސްތިއުނާފްކޮށްފި

132 ދުވަސް ކުރިން - 15:49

އަގީލް ރާއްްޖެގެނެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފި

އަގީލް ރާއްްޖެގެނެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފި

133 ދުވަސް ކުރިން - 16:28

އެރީނާގެ ބިން ހުސްކުރަން އިތުރު ފުރުސަތެއް

އެރީނާގެ ބިން ހުސްކުރަން އިތުރު ފުރުސަތެއް

162 ދުވަސް ކުރިން - 10:22

މިއޮތީ ފުރުސަތު! 20 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅުންތެރިން ހޮވަން އޯޕަން ސެޝަނެއް ބާއްވަނީ

ގައުމީ ޓީމަށް ކުޅުންތެރިން ހޮވަން އޯޕަން ސެޝަނެއް

163 ދުވަސް ކުރިން - 17:18

1 ރިއެކްޝަންސް / 1 ކޮމެންޓް

0%
0%
0%
0%
0%

ކައްޒާބު

2 ގަޑިއިރު ކުރިން - 20:14

ކަރަޕްސަން ހުރިހާ ތާކު