Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މިއޮތީ ފުރުސަތު! 20 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅުންތެރިން ހޮވަން އޯޕަން ސެޝަނެއް ބާއްވަނީ

މިއޮތީ ފުރުސަތު! 20 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅުންތެރިން ހޮވަން އޯޕަން ސެޝަނެއް ބާއްވަނީ

އައިޝަތު ރުވާ ރިފްޢަތު
176 ދުވަސް ކުރިން - 30 ޖެނުއަރީ 2026 17:18
އުމުރުފުރާ ކުއްޖެއް ގައުމީ ޖާޒީގައި ގަލޮޅު ދަނޑުގައި ކުޅެނީ. / ފޮޓޯ: އެފްއޭއެމް
އުމުރުފުރާ ކުއްޖެއް ގައުމީ ޖާޒީގައި ގަލޮޅު ދަނޑުގައި ކުޅެނީ. / ފޮޓޯ: އެފްއޭއެމް
ޚުލާސާ

ސާފް 20 އަހަރުން ދަށުގެ މުބާރާތް ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވަނީ މާޗު މަހުގެ 23 އިން އޭޕްރީލް މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް.

ކުރިއަށް އޮތް ސާފް 20 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން، ގައުމީ ޓީމަށް ކުޅުންތެރިން ހޮވުމަށް ބާއްވާ ހާއްސަ އޯޕަން ސެޝަނެއް މާދަމާ ބޭއްވުމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފި އެވެ.

މާލޭގައި ބާއްވާ މި މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ގައުމީ ޓީމަށް ހުނަރުވެރި ކުޅުންތެރިން ހޯދުމަށް ބާއްވާ މި ސެޝަން އޮންނާނީ މާދަމާ ގަލޮޅު ރަސްމީ ދަނޑުގަ އެވެ. އެފްއޭއެމް އިން މައުލޫމާތު ދޭ ގޮތުގައި، މި ސެޝަނަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ހުނަރުވެރި ޒުވާން ކުޅުންތެރިންނަށް ގައުމީ ޓީމުން ފުރުސަތު ހޯދައިދިނުމަށް ހުޅުވާލެވޭ ފުރުސަތެކެވެ.

މި ހާއްސަ ސެޝަނުގައި ބައިވެރިވެވޭނީ 2007، 2008 އަދި 2009 ވަނަ އަހަރު އުފަންވެފައިވާ ކުޅުންތެރިންނަށެވެ. އެފްއޭއެމް އިން ވަނީ މި އުމުރުފުރާގެ ވީހާވެސް ގިނަ ކުޅުންތެރިން މި ސެޝަނުގައި ބައިވެރިވުމަށް ދައުވަތު އަރުވާފަ އެވެ.

Advertisement

Advertisement 1

މި އަހަރުގެ ސާފް 20 އަހަރުން ދަށުގެ މުބާރާތް ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވަނީ މާޗު މަހުގެ 23 އިން އޭޕްރީލް މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މުބާރާތުގެ ގުރުއަތުލުން މިހާރު ނިމިފައިވާއިރު، މުބާރާތް ބާއްވާ ގައުމުގެ ހައިސިއްޔަތުން ރާއްޖެ ހިމެނެނީ ގްރޫޕް 'އޭ' ގައެވެ. މި ގްރޫޕުގައި ރާއްޖެއާއެކު ދެން ހިމެނެނީ ނޭޕާލް، ބޫޓާން އަދި ސްރީލަންކާއެވެ.

މުބާރާތުގެ ގްރޫޕް 'ބީ' ގައި ހިމެނެނީ ސަރަހައްދުގެ އެންމެ ވަރުގަދަ ތިން ގައުމު ކަމަށްވާ އިންޑިއާ، ބަނގްލަދޭޝް އަދި ޕާކިސްތާނެވެ.

ގައުމީ ފުޓްބޯޅަ އިދާރާއިން އަންނަނީ މި މުބާރާތަކީ ރާއްޖޭގައި ކާމިޔާބުކަމާއެކު ބޭއްވޭ މުބާރާތަކަށް ހެދުމަށާއި، ދިވެހި ޓީމުން ރަނގަޅު ނަތީޖާއެއް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މި ބާއްވާ އޯޕަން ސެޝަނަކީ ވަރުގަދަ ސްކޮޑެއް އެކުލަވާލުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ބެލެވެ އެވެ.

ގައުމީ ފުޓްބޯޅަ ޓީމުއެފްއޭއެމް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ތިންވަނަ ޑިވިޝަންގައި އެފް.އޭ.އެމް އިން ނިންމި ނިންމުންތަކާ މެދު އެލްސީ ސްޕޯޓްސް ކުލަބުގެ ކަންބޮޑުވުން

އެފް.އޭ.އެމް އިން ނިންމި ނިންމުންތަކާ މެދު އެލްސީ ސްޕޯޓްސްއިން ކަންބޮޑުވުން ފާޅުކޮށްފި

13 ދުވަސް ކުރިން - 19:15

ފީފާ ވޯލްޑްކަޕްގައި ބައިވެރިވުމަށް ރާއްޖެ އަށް ފުރުސަތު ލިބިއްޖެ

ފީފާ ވޯލްޑްކަޕްގައި ބައިވެރިވުމަށް ރާއްޖެ އަށް ފުރުސަތު ލިބިއްޖެ

15 ދުވަސް ކުރިން - 10:42

ވީހާވެސް ގިނަ ބަޔަކަށް މެޗުތައް ބެލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އެފްއޭއެމްއިން ޓިކެޓު އަގުހެޔޮކޮށްފި

ގިނަ ބަޔަކަށް މެޗުތައް ބެލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އެފްއޭއެމްއިން ޓިކެޓު އަގުހެޔޮކޮށްފި

53 ދުވަސް ކުރިން - 10:38

ދިވެހި ފުޓުބޯޅައިގެ ރަން ތާރީހުގެ "ވަރުގަދަ އަޒުމް": އަލީ އަޝްފާގުގެ ސަތޭކަ މެޗަކީ ގައުމީ ފަހުރެއް

ދިވެހި އެއްބައިވަންތަކަމުގެ ރަމްޒު، އަލީ އަޝްފާގުގެ ސަތޭކަ މެޗަކީ ގައުމީ ފަހުރެއް

53 ދުވަސް ކުރިން - 23:56

ސާފް ޗެމްޕިއަންޝިޕުގެ ޓިކެޓު ވިއްކަން ހުޅުވާލައިފި؛ ސިޑިބަރި 15 އަށް، ގޮނޑިބަރި 20 އަށް

ސާފް ޗެމްޕިއަންޝިޕުގެ ޓިކެޓު ވިއްކަން ހުޅުވާލައިފި

126 ދުވަސް ކުރިން - 02:10

ހުޅުމާލޭ ފުޓްބޯޅަ ސްކޫލްގެ ބިން ބޭނުންކޮށްގެން 29 މިލިއަން ރުފިޔާގެ ހިޔާނާތެއް

ފުޓްބޯޅަސްކޫލް ޕްރޮޖެކްޓުން 29 މިލިއަން ރުފިޔާގެ ހިޔާނާތެއް

142 ދުވަސް ކުރިން - 16:47