Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ފީފާ ވޯލްޑްކަޕްގައި ބައިވެރިވުމަށް ރާއްޖެ އަށް ފުރުސަތު ލިބިއްޖެ

ފީފާ ވޯލްޑްކަޕްގައި ބައިވެރިވުމަށް ރާއްޖެ އަށް ފުރުސަތު ލިބިއްޖެ

ހުސައިން އިސްމާއިލް
12 ގަޑިއިރު ކުރިން - 11 ޖުލައި 2026 10:42
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ފީފާގެ ރައީސް އިންފަންޓީނޯ އާއި އެކު:  ސަރުކާރުން މަސައްކަތް ކުރަނީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވައި ޒުވާނުންނަށް ފުރުޞަތުތައް ފަހި ކުރުމަށް.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ފީފާގެ ރައީސް އިންފަންޓީނޯ އާއި އެކު: ސަރުކާރުން މަސައްކަތް ކުރަނީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވައި ޒުވާނުންނަށް ފުރުޞަތުތައް ފަހި ކުރުމަށް.
ޚުލާސާ

ދިވެހިރާއްޖޭގެ 15 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމަށް ލިބިއްޖެއެވެ. މި އަހަރުގެ އޮކްޓޯބަރު 22 އިން 31 އަށް ކުރިއަށްގެންދަން ނިންމާފައިވާ މި މުބާރާތް ކުރިޔަށް ދާނީ އަޒަރުބައިޖާންގަ.

ފީފާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕް އެންޑް ފެސްޓިވަލް ގައި ވާދަކުރުމުގެ ތާރީޚީ ފުރުސަތު ދިވެހިރާއްޖޭގެ 15 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމަށް ލިބިއްޖެއެވެ. މި އަހަރުގެ އޮކްޓޯބަރު 22 އިން 31 އަށް ކުރިއަށްގެންދަން ނިންމާފައިވާ މި މުބާރާތް ބޭއްވުމުގެ ފުރުސަތު ފީފާ އިން ދީފައިވަނީ ދުނިޔޭގެ ފެންވަރުގެ ކުޅިވަރުގެ ވަސީލަތްތައް ގާއިމްވެފައިވާ އަޒަރުބައިޖާންގައެވެ.

މިއީ ފީފާގެ ތާރީޚުގައި ވެސް 15 އަހަރުން ދަށުގެ އުމުރުފުރާއަށް އަމާޒުކޮށްގެން މުޅިން އަލަށް ބާއްވާ ވޯލްޑް ކަޕް މުބާރާތެވެ.

ފީފާ އިން މި މުބާރާތް އަލަށް ތައާރަފްކުރީ ދުނިޔޭގެ ހުރިހާ ގައުމުތަކެއްގެ ޒުވާން ހުނަރުތަކަށް ބައިނަލްއަގުވާމީ މައިދާނުން ފުރުސަތު ހޯދައިދީ، ފުޓްބޯޅަ ކުރިއެރުވުމުގެ މަގްސަދުގައެވެ.

Advertisement

Advertisement 1

މި ފަހަރުގެ ފުރަތަމަ މުބާރާތް ކުރިއަށްދާނީ 2011 އަދި 2012 ވަނަ އަހަރު އުފަންވި ފިރިހެން ކުދިންނަށް ޚާއްސަކޮށްގެން، ފެސްޓިވަލެއްގެ ސިފައިގައެވެ. މި މުބާރާތުގެ ޚަރަދުތައް ފީފާ އިން ފުރިހަމައަށް ފަންޑުކުރާއިރު، ކޮންމެ ގައުމަކުން ވެސް ބައިވެރި ކުރެވޭނީ 14 ކުޅުންތެރިންގެ ކޮމްޕެކްޓް ސްކޮޑެކެވެ. މުބާރާތް ފެށިގެންދާނީ 32 ގްރޫޕަކަށް ބަހާލައިގެން ކުޅެވޭ ބޮޑު ކޮލިފިކޭޝަން ބުރަކުންނެވެ.

މި މުބާރާތުގައި ފީފާގެ މެންބަރު ހުރިހާ ގައުމުތަކަށް ފުރުސަތު ހުޅުވާލާފައިވާއިރު، ދެކުނު އޭޝިއާ ސަރަހައްދުން މި ވަގުތު ވާދަނުކުރެވޭނީ ހަމައެކަނި ނޭޕާލަށެވެ. އެއީ ފީފާގެ ގަވާއިދުތަކާ ޚިލާފަށް ތިންވަނަ ފަރާތެއްގެ ނުފޫޒު ފޯރުވުމުގެ ސަބަބުން ނޭޕާލް ފުޓްބޯޅަ އެސޯސިއޭޝަން ސަސްޕެންޑްކޮށްފައި އޮތުމުންނެވެ.

ފީފާ ވޯލްޑް ކަޕްއަޒަރުބައިޖާންގައުމީ ފުޓްބޯޅަ ޓީމުދިވެހި ފުޓްބޯޅަ
Ad
Ad

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ބެލްޖިއަމް ބަލިކޮށް ސްޕެއިން ސެމީއަށް، ވާދަކުރަންޖެހޭނީ ފްރާންސާ

ބެލްޖިއަމް ބަލިކޮށް ސްޕެއިން ސެމީއަށް، ވާދަކުރަންޖެހޭނީ ފްރާންސާ

17 ގަޑިއިރު ކުރިން - 05:26

ވޯލްޑް ކަޕް ފައިނަލްގެ 1،200 އަށްވުރެ ގިނަ ޓިކެޓް އަދިވެސް ވިއްކަން އެބަހުރި، އެންމެ އަގުބޮޑު ޓިކެޓު 34,500 ޑޮލަރަށް!

ފައިނަލް މެޗުގެ 1،200 އަށްވުރެ ގިނަ ޓިކެޓް އަދިވެސް ވިއްކަން އެބަހުރި

21 ގަޑިއިރު ކުރިން - 01:27

ވޯލްޑް ކަޕްގައި މިޞްރުން ހޯދި ތާރީޚީ ކާމިޔާބީއަށް އެގައުމުން ކުލަގަދަ މަރުޙަބާއެއް ކިޔައިފި

ވޯލްޑް ކަޕްގައި މިޞްރުން ހޯދި ކާމިޔާބީއަށް އެގައުމުން ކުލަގަދަ މަރުޙަބާއެއް ކިޔައިފި

22 ގަޑިއިރު ކުރިން - 00:38

ސްޕެއިންގެ ކާމިޔާބީގެ ސިއްރަކީ ކޯޗުގެ ހަރުދަނާ އުސޫލުތަކާއި ލަމީން ޔަމާލްގެ ހުނަރު

ސްޕެއިންގެ ކާމިޔާބީގެ ސިއްރަކީ ކޯޗުގެ ހަރުދަނާ އުސޫލުތަކާއި ލަމީން ޔަމާލްގެ ހުނަރު

23 ގަޑިއިރު ކުރިން - 23:10

ވޯލްޑް ކަޕް ފައިނަލްގެ ހާފް-ޓައިމް ޝޯއިން ޖަސްޓިން ބީބާ ފެނިގެންދާނެ

ވޯލްޑް ކަޕް ފައިނަލްގެ ހާފް-ޓައިމް ޝޯއިން ޖަސްޓިން ބީބާ ފެނިގެންދާނެ

1 ދުވަސް ކުރިން - 22:00

މިސްރު މެޗުގެ ކޮރަޕްޝަން ފޮރުވަން ފީފާއިން އާޖެންޓީނާގެ މެޗަށް ޕޯޗުގަލްގެ ރެފްރީއަކު ހަމަޖައްސައިފި

ކޮރަޕްޝަން ފޮރުވަން ފީފާއިން އާޖެންޓީނާގެ މެޗަށް ޕޯޗުގަލްގެ ރެފްރީއަކު ހަމަޖައްސައިފި

1 ދުވަސް ކުރިން - 17:14