Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޝީލްޑް ރެކޯޑް މާޒިޔާއަށް: ޕެނަލްޓީގައި ނިއުރޭޑިއަންޓް ބަލިކޮށް ހަތްވަނަ ފަހަރަށް ތަށި އުފުލާލައިފި!

ޝީލްޑް ރެކޯޑް މާޒިޔާއަށް: ޕެނަލްޓީގައި ނިއުރޭޑިއަންޓް ބަލިކޮށް ހަތްވަނަ ފަހަރަށް ތަށި އުފުލާލައިފި!

ހުސައިން އިސްމާއިލް
22 ގަޑިއިރު ކުރިން - 1 އޯގަސްޓް 2026 04:07
ނިއު ބަލިކޮށް މާޒިޔާއިން ޗެރިޓީ ޝީލްޑް އުފުލާލަނީ.
ނިއު ބަލިކޮށް މާޒިޔާއިން ޗެރިޓީ ޝީލްޑް އުފުލާލަނީ.
ޚުލާސާ

3-3 އިން އެއްވަރުވެ، ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީތަކުގައި މާޒިޔާގެ ކުޅުންތެރިން ވަނީ ފަސް ޕެނަލްޓީވެސް ކާމިޔާބުކޮށް ތަށި ޔަގީންކޮށްފައެވެ. މިއީ މާޒިޔާއިން މި މުބާރާތް ކާމިޔާބުކުރި ހަތްވަނަ ފަހަރު.

ފޯރިގަދަ އަދި ވާދަވެރި ކުޅުމަކަށްފަހު، ޕެނަލްޓީ ޝޫޓްއައުޓްގައި 5-3 ގެ ނަތީޖާއަކުން ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް ބަލިކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ހަތްވަނަ ފަހަރަށް އެފްއޭއެމް ޗެރިޓީ ޝީލްޑް ކާމިޔާބުކޮށްފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު ދިވެހި ފުޓްބޯޅަ ސީޒަން ހުޅުވި މެޗުގެ ފުރިހަމަ ވަގުތު (90 މިނެޓު) ހަމަވިއިރު، ދެ ޓީމު ވަނީ 3-3 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ.

މެޗުގެ 4 ވަނަ މިނިޓުގައި ނިއުގެ ބްރެޒިލް ފޯވާޑް ޑޮރިއެލްޓަން ވަނީ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގައިދީފައެވެ. މިއީ ލުއިސް ގޮމޭސް ޑަ ސިލްވާ ހުރަސްކޮށްދިން ބޯޅައެއް ބޮލުން އަރައި ގޯލުގެ މަތީ ކަނަށް ވައްދައިލައިގެން ބްރެޒިލްގެ ފޯވާޑް ޑޮރިއެލްޓަން ގޯމޭޒް ނަސިމެންޓޯ ކާމިޔާބުކޮށްދިން ގޯލެކެވެ.

Advertisement

Advertisement 1

މެޗުގެ 36 ވަނަ މިނިޓުގައި އީތަން އިބްރާހީމް ޒަކީގެ އެހީތެރިކަމާއެކު ނިއުގެ އަލީ ފާސިރު (ސެންޓޭ) ވަނީ ގޯލެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް (43 ވަނަ މިނިޓުގައި) އަހުމަދު އައިހަމް ދިން ބޯޅައަކުން މާޒިޔާގެ އީލަން ވަނީ ގޯލެއް ޖަހައި ފަރަގު ކުޑަކޮށްފައެވެ. އެކަމަކު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ނިއުގެ ޑޮރިއެލްޓަން ވަނީ އޭނާގެ ދެވަނަ ގޯލާއެކު އަލުން ނިއުއަށް ލީޑު ފުޅާކޮށްދީފައެވެ.

ދެވަނަ ހާފުގައި މާޒިޔާއިން ކުޅުން ވަރުގަދަކޮށް، މެޗުގެ 51 ވަނަ މިނިޓުގައި އިބްރާހީމް މަހުދީ (ފޭދޫ އިއްބެ) ވަނީ މާޒިޔާގެ ދެވަނަ ލަނޑު ޖަހައިދީފައެވެ. އަދި އޭގެ ފަހުން 65 ވަނަ މިނިޓުގައި އަހުމަދު އައިހަމް ނަގައިދިން ހުރަހަކުން މާޒިޔާގެ އީލަން ވަނީ މެޗުގެ ދެވަނަ ގޯލު ޖަހައި ނަތީޖާ 3-3 އަށް ހަމަހަމަކޮށްދީފައެވެ.

ނިއުގެ ޑޮރިއެލްޓަން (2 ގޯލު) އަދި މާޒިޔާގެ އީލަން (2 ގޯލު) ގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ 90 މިނެޓު ހަމަވިއިރު އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީ ޝޫޓްއައުޓްގައި މާޒިޔާގެ އީލަން، އައިހަމް، އައިސަމް، އައިދު މުހައްމަދު އަދި ހައިޝަމް ހަސަން ޕެނަލްޓީތައް ކާމިޔާބުކުރިއެވެ. ނިއުގެ ނާއިމް ޖެހި ޕެނަލްޓީ މާޒިޔާގެ ކީޕަރު ހުސެއިން ޝަރީފް ދިފާއުކުރުމުން މާޒިޔާއަށް 5-3 އިން މެޗު ކާމިޔާބުވިއެވެ.

މިއީ މާޒިޔާއިން މި މުބާރާތް ކާމިޔާބުކުރި ހަތްވަނަ ފަހަރަށް ވާއިރު، މީގެ ކުރިން އެ ޓީމުން ވަނީ 2015، 2016، 2017، 2021، 2023 އަދި 2025 ވަނަ އަހަރު މި ޝީލްޑް އުފުލާލާފައެވެ.

މި ސީޒަނުގައި ދެން އެންމެ އަވަހަށް ކުރިއަށްދާނީ ކަޕް ވިނާސް ކަޕްގެ މުބާރާތެވެ. އަދި އޭއެފްސީ ޗެލެންޖް ލީގުގައި މާޒިޔާ ވާދަކުރަން ޖެހޭތީ، ދިވެހި ޕްރިމިއާ ލީގުގެ މެޗުތައް ފެށުމަށް ތާވަލުކޮށްފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ.

މާޒިޔާ ސްޕޯޓްސްނިއުރޭޑިއަންޓްދިވެހި ފުޓްބޯޅަފުޓްބޯޅަ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ސީޒަން ހުޅުވާ މެޗުގައި މާޒިޔާ އާއި ނިއު ، އެންމެން ސިއްސުވާލި ތަފްސީލަކީ މިއީ!

މާޒިޔާ އާއި ނިއު، އެންމެން ސިއްސުވާލި ތަފްސީލަކީ މިއީ!

2 ދުވަސް ކުރިން - 17:19

ލެޖެންޑުންގެ އިސްތިއުފާއާއެކު އިޓަލީ ގައުމީ ޓީމުގެ މެނޭޖްމަންޓަށް ބޮޑު ހުސްކަމެއް

ލެޖެންޑުންގެ އިސްތިއުފާއާއެކު އިޓަލީ ގައުމީ ޓީމުގެ މެނޭޖްމަންޓަށް ބޮޑު ހުސްކަމެއް

4 ދުވަސް ކުރިން - 10:11

ފީފާ ވޯލްޑްކަޕްގައި ބައިވެރިވުމަށް ރާއްޖެ އަށް ފުރުސަތު ލިބިއްޖެ

ފީފާ ވޯލްޑްކަޕްގައި ބައިވެރިވުމަށް ރާއްޖެ އަށް ފުރުސަތު ލިބިއްޖެ

21 ދުވަސް ކުރިން - 10:42

ދިވެހި ފުޓުބޯޅައިގެ ރަން ތާރީހުގެ "ވަރުގަދަ އަޒުމް": އަލީ އަޝްފާގުގެ ސަތޭކަ މެޗަކީ ގައުމީ ފަހުރެއް

ދިވެހި އެއްބައިވަންތަކަމުގެ ރަމްޒު، އަލީ އަޝްފާގުގެ ސަތޭކަ މެޗަކީ ގައުމީ ފަހުރެއް

60 ދުވަސް ކުރިން - 23:56

ބައިނަލްއަގުވާމީ ފުޓްބޯޅަ މުބާރާތްތައް ރާއްޖޭގައި ބޭއްވުމަކީ ސަރުކާރުގެ އަމާޒެއް: ރައީސް

"ބައިނަލްއަގުވާމީ ފުޓްބޯޅަ މުބާރާތްތައް ރާއްޖޭގައި ބޭއްވުމަކީ އަމާޒު"

68 ދުވަސް ކުރިން - 13:35

ވޯލްޑް ކަޕް ބޮއިކޮޓް ނުކުރާނަން: ޖަރުމަނުގެ ފުޓްބޯޅަ ފެޑެރޭޝަން

ވޯލްޑް ކަޕް ބޮއިކޮޓް ނުކުރާނަން

181 ދުވަސް ކުރިން - 19:20