Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ސާފް ޗެމްޕިއަންޝިޕުގެ ޓިކެޓު ވިއްކަން ހުޅުވާލައިފި؛ ސިޑިބަރި 15 އަށް، ގޮނޑިބަރި 20 އަށް

ސާފް ޗެމްޕިއަންޝިޕުގެ ޓިކެޓު ވިއްކަން ހުޅުވާލައިފި؛ ސިޑިބަރި 15 އަށް، ގޮނޑިބަރި 20 އަށް

އައިޝަތު ރުވާ ރިފްޢަތު
164 ދުވަސް ކުރިން - 22 މާޗް 2026 02:10
މުބާރާތުގައި ސަޕޯޓަރުންނަށް ވިއްކަން ހަމަޖެހިފައިވާ ޓިކެޓު---
މުބާރާތުގައި ސަޕޯޓަރުންނަށް ވިއްކަން ހަމަޖެހިފައިވާ ޓިކެޓު---
ޚުލާސާ

މުބާރަތް ފަށާ މެޗުގައި ހޯމަ ދުވަހު ރާއްޖެ ނިކުންނާނީ ލަންކާއާ ދެކޮޅަށް. ރާއްޖެ ހިމެނޭ ގްރޫޕުގައި ދެން ވާދަކުރާނީ ބޫޓާން އާއި ނޭޕާލް.

މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ މެޗުތަކުގެ ޓިކެޓު މިއަދު ވިއްކަން ފަށައިފި އެވެ.

މި މުބާރާތުގެ ޓިކެޓުތައް ވިއްކުމަށް ހަމަޖެހިފައިވަނީ ގަލޮޅު ރަސްމީ ދަނޑުގެ ޓިކެޓު ކައުންޓަރުންނާއި ސޯޝަލް ސެންޓަރުންނެވެ. ދަނޑުން ޓިކެޓު ވިއްކަމުންދާނީ މަޖީދީމަގަށް ވާގޮތަށް ހުންނަ 2 ނަމްބަރު ގޭޓުންނެވެ. ޓިކެޓުގެ އަގުތަކަށް ބަލާއިރު، ސިޑިބަރީގެ ޓިކެޓެއް ވިއްކަނީ 15 ރުފިޔާއަށެވެ. އަދި ގޮނޑިބަރީގެ ޓިކެޓެއް ވިއްކުމަށް ހަމަޖެހިފައިވަނީ 20 ރުފިޔާއަށެވެ.

ޓިކެޓު ވިއްކަން ފެށިއިރު، މުބާރާތުގައި ވާދަކުރާ ގައުމީ ޓީމުތައް މިއަދު ވަނީ ރާއްޖެ އަންނަން ފަށާފައެވެ. އެންމެ ފުރަތަމަ ރާއްޖެ އައީ ސްރީލަންކާގެ ޓީމެވެ. އިންޑިއާ ފިޔަވައި މުބާރާތުގައި ވާދަކުރާ އެހެން ހުރިހާ ޓީމުތަކެއް މިއަދު ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައެވެ. އިންޑިއާ ޓީމު ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 23 ވަނަ ދުވަހުއެވެ.

Advertisement

Advertisement 1

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނެނީ ގްރޫޕް 'އޭ' ގައެވެ. ރާއްޖެއާއެކު މި ގްރޫޕްގައި ދެން ހިމެނެނީ ސްރީލަންކާ، ނޭޕާލް އަދި ބޫޓާނެވެ. މާލޭގައި މި މުބާރާތް ބޭއްވުމަށްޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ދަނީ ކުރެވެމުންނެވެ.

މި މުބާރާތުގެ ގްރޫޕް ބީގައި ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން ބަންގްލަދޭޝްގެ އިތުރުން އިންޑިއާ އަދި ޕާކިސްތާނެވެ.

ދިވެހިރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި ނުކުންނާނީ ސްރީލަންކާއާ ދެކޮޅަށެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 23 ވަނަ ދުވަހުގެ ރޭގަނޑެވެ. މުބާރާތުގެ ތާވަލު ތަރުތީބުވެފައިވާ ގޮތުން، ރާއްޖެ ކުޅޭ ދެވަނަ މެޗުގައި މި މަހުގެ 25 ވާ އާދިއްތަ ދުވަހުގެ ރޭ ބޫޓާނާ ދެކޮޅަށް ނުކުންނައިރު، ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެ ބައްދަލުކުރާނީ ނޭޕާލާ އެވެ. އެ މެޗު އޮންނާނީ މި މަހުގެ 27 ވާ އަންގާރަ ދުވަހުގެ ރޭގަނޑެވެ.

ސާފް ޗެމްޕިއަންޝިޕްގެ ފައިނަލް މެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ އަންނަ އޭޕްރީލް މަހުގެ 3 ވަނަ ދުވަހު އެވެ.

ސާފްގައުމީ ފުޓްބޯޅަ ޓީމު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ފީފާ ވޯލްޑްކަޕްގައި ބައިވެރިވުމަށް ރާއްޖެ އަށް ފުރުސަތު ލިބިއްޖެ

ފީފާ ވޯލްޑްކަޕްގައި ބައިވެރިވުމަށް ރާއްޖެ އަށް ފުރުސަތު ލިބިއްޖެ

52 ދުވަސް ކުރިން - 10:42

ވީހާވެސް ގިނަ ބަޔަކަށް މެޗުތައް ބެލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އެފްއޭއެމްއިން ޓިކެޓު އަގުހެޔޮކޮށްފި

ގިނަ ބަޔަކަށް މެޗުތައް ބެލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އެފްއޭއެމްއިން ޓިކެޓު އަގުހެޔޮކޮށްފި

90 ދުވަސް ކުރިން - 10:38

ދިވެހި ފުޓުބޯޅައިގެ ރަން ތާރީހުގެ "ވަރުގަދަ އަޒުމް": އަލީ އަޝްފާގުގެ ސަތޭކަ މެޗަކީ ގައުމީ ފަހުރެއް

ދިވެހި އެއްބައިވަންތަކަމުގެ ރަމްޒު، އަލީ އަޝްފާގުގެ ސަތޭކަ މެޗަކީ ގައުމީ ފަހުރެއް

91 ދުވަސް ކުރިން - 23:56

މިއޮތީ ފުރުސަތު! 20 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅުންތެރިން ހޮވަން އޯޕަން ސެޝަނެއް ބާއްވަނީ

ގައުމީ ޓީމަށް ކުޅުންތެރިން ހޮވަން އޯޕަން ސެޝަނެއް

214 ދުވަސް ކުރިން - 17:18

ބަންގްލަދޭޝް އިން އަންހެން ފުޓްސަލް ޗެލެންޖުގެ ތަށި ނަގައިފި

ބަންގްލަދޭޝް އިން އަންހެން ފުޓްސަލް ޗެލެންޖުގެ ތަށި

219 ދުވަސް ކުރިން - 21:54

ފުޓްސަލް މުބާރާތުގައި ގައުމީ އަންހެން ޓީމް ޕާކިސްތާނު އަތުން ބަލިވެއްޖެ

ގައުމީ އަންހެން ޓީމް ޕާކިސްތާނު އަތުން ބަލިވެއްޖެ

227 ދުވަސް ކުރިން - 22:43