ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ބަންގްލަދޭޝް އިން ސާފް ފުޓްސަލް ވިމެންސް ޗެލެންޖު 2026 ގެ ތަށި ކާމިޔާބުކޮށްފި އެވެ.
ތައިލެންޑުގައި ކުރިއަށްދިޔަ މި މުބާރާތުގެ ތަށި ބަންގްލަދޭޝް އިން ކާމިޔާބުކުރީ ކުޅުނު ހަ މެޗުގެ ތެރެއިން ފަސް މެޗު ކާމިޔާބުކޮށް އެއް މެޗު އެއްވަރުކޮށް ޖުމްލަ 16 ޕޮއިންޓު ހޯދައިގެންނެވެ. ދެވަނައިގައި އޮތް އިންޑިއާ އަށް ލިބިފައިވަނީ 12 ޕޮއިންޓެވެ. މުބާރާތުގައި ރާއްޖެ ކުޅުނު ހުރިހާ މެޗަކުން ބަލިވެ ސުން ޕޮއިންޓާއެކު އޮތީ ފުލުގަ އެވެ.
ބަންގްލަދޭޝް އިން މިއަދު ތަށި ކާމިޔާބުކުރި އިރު ފަހު މެޗުގައި ކުޅުނީ ރާއްޖެއާ ދެކޮޅަށެވެ. މި މެޗު ރާއްޖެ ބަލިވީ 2-14 ގެ ނަތީޖާއިންނެވެ.
ކުޅުނު ހުރިހާ މެޗަކުން ބަލިވި ނަމަވެސް ރާއްޖޭގެ އަންހެން ޓީމު ކެރިގެން ބައިނަލްއަގުވާމީ މިފަދަ މުބާރާތެއްގައި ކުޅެ ހިތްވަރުކުރީތީ ކުޅުންތެރިންނަށް ތައުރީފު ކުރަމުންދާ މަންޒަރު ފެނެ އެވެ.










