Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ބަންގްލަދޭޝްގެ ހިތްތައް އާޖެންޓީނާގެ ނުލާއި ހުދު ކުލައިން ފަތަހަކުރި ސަބަބު

ބަންގްލަދޭޝްގެ ހިތްތައް އާޖެންޓީނާގެ ނުލާއި ހުދު ކުލައިން ފަތަހަކުރި ސަބަބު

އައިޝަތު ރުވާ ރިފްޢަތު
10 ގަޑިއިރު ކުރިން - 2 ޖުލައި 2026 13:33
ބަންގްލަދޭޝްގެ ރައްޔިތުންތަކެއް އާޖެންޓީނާ އަށް ސަޕޯޓުކުރަނީ---
ބަންގްލަދޭޝްގެ ރައްޔިތުންތަކެއް އާޖެންޓީނާ އަށް ސަޕޯޓުކުރަނީ---
ޚުލާސާ

ބަންގްލަދޭޝްގެ ރައްޔިތުން އާޖެންޓީނާއަށް ކުރާ ތާއީދަކީ 1986 ވަނަ އަހަރު މަރަޑޯނާ ދެއްކި ޖާދޫއާއެކު އުފެދުނު ވަރުގަދަ ލޯތްބެއް. މިއަދު މެސީގެ ހުނަރާއެކު މި ފޯރި އާ ޖީލުތަކަށް ފެތުރި، މުޅި ގައުމުގައި ނުލާއި ހުދު ކުލައިގެ އީދެއް ވަނީ އުފެދިފަ.

ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ މަގުތަކުން ފެންނަނީ އާދައިގެ މަންޒަރެއް ނޫނެވެ. ބޮޑެތި ސްކްރީންތަކުން ފެންނަ މަންޒަރުތަކާއެކު، ހާހުން ފުރިފައިވާ ސަޕޯޓަރުން "އާޖެންޓީނާ! އާޖެންޓީނާ! މެސީ! މެސީ!" އޭ ކިޔައި ގޮވަމުންދާއިރު، މުޅި ސަރަހައްދު އޮތީ ނުލާއި ހުދު ކުލައިގެ ކަނޑެއް ފަދައިންނެވެ. ވުވުޒޭލާތަކުގެ ބާރު އަޑުތަކުން މުޅި ޖައްވު ގުގުމާލާފައިވެއެވެ. މިއީ އާޖެންޓީނާގެ ވެރިރަށް ބުއެނޯސް އައިރެސްގެ މަންޒަރެއް ނޫނެވެ. މިއީ އެ ސިޓީއާ 17,000 ކިލޯމީޓަރު ދުރުގައި އޮތް ބަންގްލަދޭޝްގެ ހަގީގަތެވެ.

ބަންގްލަދޭޝްގެ ރައްޔިތުން އާޖެންޓީނާއަށް ކުރާ މި ވަރުގަދަ ތާއީދުގެ ބިންގަލަކީ މިއަދުގެ މެސީއެއް ނޫނެވެ. އޭގެ މާ ކުރިން، 1986 ވަނަ އަހަރު ޑިއޭގޯ މަރަޑޯނާ ދެއްކި ޖާދޫއެވެ. ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އުމުރުން 50 އަހަރުގެ އަބްދުލް ހައި ކިޔައިދޭ ގޮތުގައި އޭނާ އާޖެންޓީނާއަށް ލޯބިޖެހުނީ އެ އަހަރުގެ ވޯލްޑް ކަޕްގައި މަރަޑޯނާ ދެއްކި ހައިރާންކުރުވަނިވި ކުޅުމުގެ ސަބަބުންނެވެ. "އަހަރެން އޭރު ވަރަށް ޒުވާން، އެކަމަކު މީހުން މަރަޑޯނާއަށްޓަކައި މޮޔަވެފައި ތިބި މަންޒަރު އަހަރެން ދުށިން. އޭނާގެ ކުޅުމުގެ ވައްޓަފާޅިއާއި، ޖޯޝާއި، ހުނަރުވެރިކަން - އަދި 'ހޭންޑް އޮފް ގޯޑް' ގޯލު ވެސް - އެ ހުރިހާ ކަމަކުން އަހަރެމެންގެ ހިތްތައް ފަތަހަކުރި،" ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަބްދުލް ހައި ބުންޏެވެ.

Advertisement

Advertisement 1

ބަންގްލަދޭޝްގެ ކުޑަކުދިން މަގުމަތީގައި އާޖެންޓީނާ ޖާޒީ ލައިގެން ފުޓްބޯޅަ ކުޅެނީ---

ކުރީގެ ގައުމީ ކޯޗު އަދި ކުޅުންތެރިޔާ ޝަފީގުލް އިސްލާމް މަނިކު ފާހަގަކުރާ ގޮތުގައި، 1986 ވަނަ އަހަރަކީ ބަންގްލަދޭޝްގެ ފުޓްބޯޅަ ސަޕޯޓަރުންގެ މިސްރާބު ބަދަލުވި އަހަރެވެ. ފޯކްލޭންޑް ހަނގުރާމައަށްފަހު އިނގިރޭސިވިލާތުގެ މައްޗަށް އާޖެންޓީނާ ހޯދި ތާރީހީ ކާމިޔާބީއަކީ ބަންގްލަދޭޝްގެ ގިނަ ބަޔަކަށް ލިބުނު ބޮޑު ހިތްހަމަޖެހުމެކެވެ. މީގެ ކުރިން ބަންގްލަދޭޝްގައި އޮތީ ބްރެޒިލްގެ ބޮޑު ތާއީދެކެވެ. ނަމަވެސް މަރަޑޯނާގެ ހުނަރުވެރިކަމާއެކު، ބްރެޒިލްއާ ވާދަކުރާނެ ވަރުގަދަ ބާރަކަށް އާޖެންޓީނާ ވެގެންދިޔައެވެ. އަދި 1990 ވަނަ އަހަރުގެ ފައިނަލުން ބަލިވެ މަރަޑޯނާ ރޮމުންދިޔަ މަންޒަރު ފެނުމުން، ބަންގްލަދޭޝްގެ އާންމު ރައްޔިތުންގެ ހިތުގައި އާޖެންޓީނާއަށް ދެވުނު ލޯބި އިތުރަށް ވަރުގަދަވެ، އަބަދުގެ އަބަދަށް އެ ގުޅުން ގާއިމުވިއެވެ.

މަރަޑޯނާއަށްފަހު، ބަންގްލަދޭޝްގެ ސަޕޯޓަރުންނަށް ވޯލްޑް ކަޕެއްގެ ތަށި އުފުލާލާތަން ބަލަން 36 އަހަރުގެ ދިގު އިންތިޒާރެއް ކުރަންޖެހުނެވެ. މި އިންތިޒާރުގެ ނިމުން އައީ 2022 ވަނަ އަހަރު ގަތަރުގައި ލިއޮނަލް މެސީގެ ކެޕްޓަންކަމުގެ ދަށުންނެވެ. އަބްދުލް ހައި ބުނާ ގޮތުގައި މެސީ ތަށި އުފުލާލާތަން ފެނުމުން، ފުޓްބޯޅައާ މެދު އޭނާގެ ހިތުގައި އެއްވެސް ޝަކުވާއެއް މިހާރަކު ނެތެވެ.

މިއަދުގެ ޒުވާން ޖީލަކީ މެސީގެ ޖާދޫގައި ޖެހިފައިވާ ޖީލެކެވެ. މިއަދުގެ ބަންގްލަދޭޝްގެ ގިނަ ޒުވާނުންނަކީ މަރަޑޯނާ ކުޅޭތަން ދުށް ބައެއް ނޫނެވެ. ނަމަވެސް މެސީގެ ހުނަރުވެރިކަމުގެ ސަބަބުން އެމީހުންނަށް ވަނީ އާޖެންޓީނާގެ "ލޭ" ހުރި ސަޕޯޓަރުންނަށް ވެފައެވެ. ބައެއް ކުދިންނަށް މި ތާއީދު ލިބުނީ އާއިލާގެ ތެރެއިންނެވެ. ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މުހައްމަދު ޖަހީރު ބުނާ ގޮތުގައި އޭނާގެ ބައްޕައަކީ އާޖެންޓީނާގެ ބޮޑު ސަޕޯޓަރެކެވެ. "އަހަރެންނަށް މި ތާއީދު ވާރުތަވީ ބައްޕަގެ ފަރާތުން. އޭގެ ފަހުން އަމިއްލައަށް ފުޓްބޯޅަ އެނގެން ފެށުމުން އެމީހުން ކުޅޭ ގޮތަށް ލޯބިޖެހުނީ،" އޭނާ ކިޔައިދިނެވެ.

އެމެރިކާގައި މިހާރު ކުރިއަށްދާ ވޯލްޑް ކަޕްގެ މެޗުތައް ބަންގްލަދޭޝްގެ ގަޑިން ދަމުނަމާދު ވަގުތު ނުވަތަ ފަތިހު ކުޅުނު ނަމަވެސް، އެކަމުން ސަޕޯޓަރުންނަށް އެއްވެސް ބުރައެއް ނެތެވެ. "އަހަރެން އެލާމް ޖަހާކަށް ވެސް ނުޖެހޭ. އާޖެންޓީނާ ކުޅޭނަމަ އަހަރެން އަމިއްލައަށް ހޭލެވޭ،" ޖަހީރު ބުންޏެވެ.

ބަންގްލަދޭޝް ރައްޔިތެއް އާޖެންޓީނާއަށް ސަޕޯޓުކުރަނީ---

ބަންގްލަދޭޝް މީހުން އާޖެންޓީނާއަށް ކުރާ ތާއީދަކީ ހަމައެކަނި ދަނޑުމަތީގެ ކަމެއް ނޫނެވެ. މިއީ މިހާރު ދެ ގައުމުގެ ސިޔާސީ ގުޅުމުގެ ބައެކެވެ. 2022 ވަނަ އަހަރު ބަންގްލަދޭޝްގެ ސަޕޯޓަރުން އާޖެންޓީނާއަށްޓަކައި ކުރި އުފާފާޅުކުރުންތައް ދުނިޔޭގެ ސަމާލުކަމަށް އައުމާ ގުޅިގެން، އާޖެންޓީނާ ސަރުކާރުން ވަނީ 45 އަހަރަށްފަހު ޑާކާގައި އެގައުމުގެ އެމްބަސީ އަލުން ހުޅުވާފައެވެ. އާޖެންޓީނާގެ ސަފީރު މާސެލޯ ކާލޯސް ސޭސާ މިހާރު ގެންދަވަނީ ބަންގްލަދޭޝްގެ ސަޕޯޓަރުންނާއެކު އާންމު ތަންތަނުގައި މެޗުތައް ބައްލަވަމުންނެވެ. މިއީ ފުޓްބޯޅައިގެ ސަބަބުން ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އުފެދުނު ވަރަށް ވަރުގަދަ ގުޅުމެކެވެ.

ބަންގްލަދޭޝް މީހުން ދެކުނު އެމެރިކާގެ މި ދެ ގައުމަށް މިހާ ބޮޑަށް ތާއީދުކުރަނީ، ބަންގްލަދޭޝް މިނިވަންވި ދުވަސްވަރުން ފެށިގެން ވެސް ދުނިޔޭގެ ފުޓްބޯޅައިގައި ރަސްކަންކުރަމުން އައީ މި ދެ ގައުމު ކަމަށްވާތީއެވެ. ބަންގްލަދޭޝްގެ މީހުންނަކީ އަބަދުވެސް ކުޅިވަރުގެ މައިދާނުގައި "ބަތަލުން" ނުވަތަ "ހީރޯއިން" ދެކެ ލޯބިވާ ބައެކެވެ. މަރަޑޯނާއިން ފެށިގެން ރޮނާލްޑޯއާއި ރިވާލްޑޯއަށް، އަދި މިހާރު މެސީއާއި ނޭމާއާ ހަމައަށް އައިއިރު، މި ކުޅުންތެރިންގެ ހުނަރަކީ ބަންގްލަދޭޝްގެ ރައްޔިތުން އެ ޓީމުތަކަށް ދެވިހިފާފައިވާ މައިގަނޑު ސަބަބެވެ.

އާޖެންޓީނާއާއި ބްރެޒިލްއަށް މިހާ ބޮޑު ތާއީދެއް އޮތް ނަމަވެސް، ބަންގްލަދޭޝްގެ އަމިއްލަ ފުޓްބޯޅަ އޮތީ ވަރަށް ދަށް ހާލަތެއްގައެވެ. ފީފާ ރޭންކިންގެ 181 ވަނައިގައި ބަންގްލަދޭޝް އޮތްއިރު، މިއީ ގިނަ ބަޔަކު ހިތާމަކުރާ ކަމެކެވެ.

މި މައްސަލައަކީ ހުނަރު ނެތުމެއް ނޫނެވެ. މައްސަލައަކީ އެކަށީގެންވާ ނިޒާމެއް ނެތުމެވެ. ޒުވާނުންނަށް ކުޅޭނެ ދަނޑުތަކާއި އެކަޑަމީތަކެއް ނެތި، އެކަށީގެންވާ ތަމްރީނުތަކެއް ނެތުމެވެ. ބަންގްލަދޭޝްގެ ކުރީގެ ކޯޗު މަނިކު ވެސް މިކަމާ އެއްބަސްވެއެވެ. އޭނާ ބުނާ ގޮތުގައި ކުރީގެ ޖީލުތަކުގައި މޮޅު ކުޅުންތެރިން ތިބި ނަމަވެސް، އޭގެ ފަހުގެ ޖީލުތައް ބިނާކުރުމަށް އެކަށީގެންވާ މަސައްކަތެއް ކުރެވިފައެއް ނުވެއެވެ.

ބަންގްލަދޭޝްގެ ރައްޔިތުންނަކީ ކާމިޔާބީއަށް ފެންބޮވައިގެންފައިވާ ބައެކެވެ. 1997 ވަނަ އަހަރު ކްރިކެޓް ވޯލްޑް ކަޕަށް ބަންގްލަދޭޝް ކޮލިފައިވުމުން މުޅި ގައުމު އެކަމުގެ އުފާ ފާޅުކުރިއެވެ. އަދި 1999 ގައި ޕާކިސްތާން ބަލިކުރުމުން އެއީ މުޅި ގައުމަށް ލިބުނު ފަހުރެކެވެ. ފުޓްބޯޅައިން ވެސް ބަންގްލަދޭޝްގެ ރައްޔިތުން ބޭނުންވަނީ މިފަދަ ކާމިޔާބީއެކެވެ. އެގައުމުގެ ޒުވާނުން ބޭނުންވަނީ މާދަމާ ބަންގްލަދޭޝް ވޯލްޑް ކަޕަށް ކޮލިފައިވާކަށް ނޫން. އެމީހުން ބޭނުންވަނީ ފުޓްބޯޅަ ރަނގަޅު މިސްރާބަކަށް ދަތުރުކުރާތަން ދެކޭށެވެ.

ބަންގްލަދޭޝްގައި އާޖެންޓީނާއަށް އޮތް ލޯތްބަކީ ހަމައެކަނި ކުޅިވަރުގެ ތާއީދެއް ނޫނެވެ. އެއީ އިޖުތިމާއީ، ސިޔާސީ އަދި ނަފްސާނީ ގުޅުމެކެވެ. 17,000 ކިލޯމީޓަރުގެ ދުރުމިނަކީ މި ލޯތްބަށް އެއްވެސް ހުރަހެއް ނޫނެވެ. މަރަޑޯނާގެ ޒަމާނުން ފެށިގެން މެސީގެ ޒަމާނަށް އައިއިރު، ބަންގްލަދޭޝްގެ މަގުތަކުގައި ނުލާއި ހުދު ކުލައިގެ ދިދަތައް ވިހުރެމުންދާނެއެވެ. ނަމަވެސް ކޮންމެ ސަޕޯޓަރެއްގެ ހިތުގެ އެންމެ ފުނުގައި އޮތް އެންމެ ބޮޑު އުންމީދަކީ، ކޮންމެވެސް ދުވަހަކުން މި ފޯރިއާއި ޖޯޝަކީ ބަންގްލަދޭޝްގެ އަމިއްލަ ގައުމީ ޓީމަށްޓަކައި ކުރެވޭ އުފާފާޅުކުރުމަކަށް ވެގެންދިއުމެވެ. އެ ދުވަހަކުން، ޑާކާގެ މަގުތަކުގައި ވިހުރޭނީ ހަމައެކަނި އާޖެންޓީނާގެ ދިދައެއް ނޫނެވެ. ބަންގްލަދޭޝްގެ ފެހި ކުލައިގެ ދިދަ ވެސް މުޅި ދުނިޔެއަށް ފެނިގެންދާނެއެވެ.

ބަންގްލަދޭޝްއާޖެންޓީނާމަރަޑޯނާލިއޮނެލް މެސީފީފާ ވޯލްޑް ކަޕް
Ad
Ad

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މިރޭގެ މެޗުގައި ކްރޮއޭޝިއާ ބަލިކޮށް ޕޯޗުގަލަށް ކުރިލިބިދާނެތަ؟

މިރޭގެ މެޗުގައި ކްރޮއޭޝިއާ ބަލިކޮށް ޕޯޗުގަލަށް ކުރިލިބިދާނެތަ؟

45 މިނެޓު ކުރިން - 23:26

ކޭޕް ވާޑީ - އާޖެންޓީނާއާ ދެކޮޅަށް ނުކުތުމުގެ ކުރިން އެނގެންޖެހޭ މުހިންމު ކަންތައްތައް

ކޭޕް ވާޑީ: އާޖެންޓީނާއާ ދެކޮޅަށް ނުކުތުމުގެ ކުރިން އެނގެންޖެހޭ މުހިންމު ކަންތައްތައް

14 ގަޑިއިރު ކުރިން - 09:23

ފަހަތުން އަރާ ކޮންގޯ ބަލިކޮށް އިންގްލެންޑުން ގަދަ 16 އަށް!

ފަހަތުން އަރާ ކޮންގޯ ބަލިކޮށް އިންގްލެންޑުން ގަދަ 16 އަށް!

1 ދުވަސް ކުރިން - 23:04

މެކްސިކޯގެ ކާމިޔާބީ ފާހަގަކުރުމުގެ ތެރޭގައި ނޭވާ ހާސްވެގެން ތިން މީހަކު މަރުވެއްޖެ

މެކްސިކޯގެ ކާމިޔާބީ ފާހަގަކުރުމުގެ ތެރޭގައި ނޭވާ ހާސްވެގެން ތިން މީހަކު މަރުވެއްޖެ

1 ދުވަސް ކުރިން - 21:29

40 އަހަރަށް ފަހު މެކްސިކޯ އިން ގަދަ 16 އަށް!

40 އަހަރަށް ފަހު މެކްސިކޯ އިން ގަދަ 16 އަށް!

1 ދުވަސް ކުރިން - 10:25

ފްރާންސުން ސްވިޑަން ބަލިކޮށް، ވަރުގަދަ ފޯމަކާއެކު މުބާރާތުގެ ގަދަ 16 އަށް ދަތުރުކޮށްފި

ސްވިޑަން ބަލިކޮށް ފްރާންސުން މުބާރާތުގެ ގަދަ 16 އަށް!

1 ދުވަސް ކުރިން - 03:58