Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

"އަހަރެން ހައްޔަރުވެސް ކޮށްފާނެ ނުވަތަ މަރާވެސް ލަފާނެ، ނަމަވެސް އެނބުރި ގައުމަށް ދާން ނިންމައިފިން": ޝެއިހް ހަސީނާ

"އަހަރެން ހައްޔަރުވެސް ކޮށްފާނެ ނުވަތަ މަރާވެސް ލަފާނެ، ނަމަވެސް އެނބުރި ގައުމަށް ދާން ނިންމައިފިން": ޝެއިހް ހަސީނާ

އައިޝަތު ރުވާ ރިފްޢަތު
6 ގަޑިއިރު ކުރިން - 10 ޖުލައި 2026 16:10
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިހް ހަސީނާ - އޭނާ މިހާރު ދިރިއުޅުއްވަނީ އިންޑިއާގައި އެގައުމުގެ ހިމާޔަތް ހޯއްދަވައިގެން---
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިހް ހަސީނާ - އޭނާ މިހާރު ދިރިއުޅުއްވަނީ އިންޑިއާގައި އެގައުމުގެ ހިމާޔަތް ހޯއްދަވައިގެން---
ޚުލާސާ

ހަސީނާ ފާހަގަކުރެއްވި ގޮތުގައި އޭނާގެ ޕާޓީގެ ލީޑަރުންނާއި މަސައްކަތްތެރިންނަށް ގައުމުގައި ބޮޑެތި އަނިޔާތަކާއި ފިއްތުންތައް ކުރިމަތިވަމުންދާއިރު، މަރުވާން ބޭނުންވަނީ އަމިއްލަ ފަސްގަނޑުގައި ކަމަށް. ހަސީނާ އިންޑިއާގައި ހުންނެވުމުގެ ސަބަބުން ބަންގްލަދޭޝާއި އިންޑިއާގެ ސިޔާސީ ގުޅުމަށް ވަނީ ވަރަށް ބޮޑަށް ބުރޫއަރާފަ.

ބަންގްލަދޭޝްގެ ވެރިކަމުން ދުރުކޮށްފައިވާ ކުރީގެ ބޮޑުވަޒީރު ޝައިހް ހަސީނާ، މިއަހަރުގެ ޑިސެމްބަރު މަހު އެނބުރި ގައުމަށް ވަޑައިގެން ކޯޓަށް ހާޒިރުވާން ނިންމަވައިފިއެވެ. އިންޑިއާގައި ހިމާޔަތް ހޯއްދަވައިގެން ހުންނެވި އުމުރުން 78 އަހަރުގެ ހަސީނާ މިކަން ހާމަކުރެއްވީ ރޮއިޓާސްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައެވެ.

ހަސީނާ ވިދާޅުވި ގޮތުގައި އޭނާގެ އިތުރުން އަވާމީ ލީގުގެ އިސް ލީޑަރުންވެސް ޑިސެމްބަރު މަހު އެނބުރި ގައުމަށް ވަޑައިގަންނަވާނެއެވެ. "އަޅުގަނޑު އެނބުރި ދިއުމުން ހައްޔަރުކޮށްފާނެ، ނުވަތަ މަރާވެސް ލާފާނެ. ނަމަވެސް، ގައުމަށް އެނބުރި ދިއުމަކީ މަޖުބޫރު ކަމެއް" ހަސީނާ ވިދާޅުވިއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި އޭނާގެ ޕާޓީގެ ލީޑަރުންނާއި މަސައްކަތްތެރިންނަށް ގައުމުގައި ބޮޑެތި އަނިޔާތަކާއި ފިއްތުންތައް ކުރިމަތިވަމުންދާއިރު، މަރުވާން ބޭނުންވަނީ އަމިއްލަ ފަސްގަނޑުގައި، އޭނާގެ މައިންބަފައިންގެ ލޭ އޮހޮރުނު އަދި ވަޅުލެވިފައިވާ ބިމުގައެވެ.

2024 ވަނަ އަހަރު ދަރިވަރުން އިސްވެ ކުރި މުޒާހަރާތަކާ ގުޅިގެން 20 އަހަރުގެ ދިގު ވެރިކަން ނިމުމަކަށް އައުމުން ހަސީނާ އިންޑިއާއަށް ފިލައިގެން ވަޑައިގަތީ ގައުމުގައި ހިނގި ހަމަނުޖެހުންތަކުގައި ގިނަ ބަޔަކު މަރުވި މައްސަލައިގައެވެ. ބަންގްލަދޭޝްގެ ވޯ-ކްރައިމްސް ކޯޓުން ވަނީ އޭނާގެ ޣައިބުގައި މަރުގެ އަދަބު އިއްވާފައެވެ. ނަމަވެސް ހަސީނާ ވަނީ އޭނާގެ މައްޗަށް ކުރެވޭ ހުރިހާ ތުހުމަތުތަކަކަށް އިންކާރު ކުރައްވާފައެވެ.

Advertisement

Advertisement 1

ހަސީނާ އިންޑިއާގައި ހުންނެވުމުގެ ސަބަބުން ބަންގްލަދޭޝާއި އިންޑިއާގެ ސިޔާސީ ގުޅުމަށް ވަނީ ވަރަށް ބޮޑަށް ބުރޫއަރާފައެވެ. ބަންގްލަދޭޝްގެ މިހާރުގެ ސަރުކާރުން ތަކުރާރުކޮށް އިންޑިއާގައި އެދެމުންދަނީ ހަސީނާ އަނބުރާ ގައުމާ ހަވާލުކުރުމަށެވެ. ހަސީނާ ވިދާޅުވީ އޭނާ އެނބުރި ވަޑައިގަންނަވަނީ އެއްވެސް ބޭރުގެ ސަރުކާރަކާ މަޝްވަރާކުރުމެއް ނެތި އަމިއްލަ އިސްނެންގެވުމަށް ކަމަށެވެ.

މި ދަތުރުގައި އޭނާއާއެކު ކުރީގެ ހޯމް މިނިސްޓަރު އަސަދުއްޒަމާން ހާން ކަމާލް ފަދަ، މަރުގެ ހުކުމް އިއްވާފައިވާ އިސް ލީޑަރުންވެސް އެނބުރި ގައުމަށް ވަޑައިގެން ކޯޓަށް އަމާންދެއްވާނެ ކަމަށް ހަސީނާ ހާމަކުރެއްވިއެވެ. ކޯޓަށް ހާޒިރުވެވަޑައިގަންނަވަނީ މިހާރު ކުރިއަށްދާ ޝަރީއަތްތަކަކީ އިންސާފުން އެއްކިބާވެފައިވާ "ފާތިލް" ޝަރީއަތްތަކެއްކަން ރައްޔިތުންނަށް ސާބިތުކޮށްދިނުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހަސީނާ އިތުރަށް ވިދާޅުވީ، ވެރިކަމެއްގައި ގިނަ ދުވަހު ހުންނައިރު ކުށްތަކެއް ކުރެވިދާނެ ކަމަށާއި، ނަމަވެސް އެކަމުގެ އިންސާފު ގާއިމުކުރުމުގެ ހައްގު އޮންނަންވާނީ ރައްޔިތުންނަށް ކަމަށެވެ. އަދި އަވާމީ ލީގަށް އޮތް ތާއީދާއި އެ ޕާޓީގެ މުސްތަގުބަލު ނިންމާނީ ބަންގްލަދޭޝްގެ ރައްޔިތުން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ޝެއިހް ހަސީނާބަންގްލަދޭޝް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ބަންގްލަދޭޝްގެ ހިތްތައް އާޖެންޓީނާގެ ނުލާއި ހުދު ކުލައިން ފަތަހަކުރި ސަބަބު

ބަންގްލަދޭޝްގެ ހިތްތައް އާޖެންޓީނާގެ ނުލާއި ހުދު ކުލައިން ފަތަހަކުރި ސަބަބު

8 ދުވަސް ކުރިން - 13:33

އަވަށްޓެރި އިންޑިއާ އާއި ބަންގްލަދޭޝް އީދު ފާހަގަކުރާނީ މާދަމާ

އަވަށްޓެރި އިންޑިއާއާއި ބަންގްލަދޭޝް އީދު ފާހަގަކުރާނީ މާދަމާ

44 ދުވަސް ކުރިން - 13:09

ދިގުރަށު އަލިފާނުގެ ހާދިސާއާ ގުޅިގެން ރައީސް, ބަންގްލަދޭޝްގެ ބޮޑުވަޒީރަށް ތައުޒިޔާ ފޮނުއްވައިފި

ރައީސުލްޖުމްހޫރިއްޔާ, ބަންގްލަދޭޝްގެ ބޮޑުވަޒީރަށް ތައުޒިޔާ ފޮނުއްވައިފި

115 ދުވަސް ކުރިން - 15:10

ދިގުރަށު އަލިފާނުގެ ހާދިސާގައި މަރުވި ދެ ބިދޭސީއެއްގެ ހަށިގަނޑު ބަނގުލަދޭޝަށް ގެންދަނީ

އަލިފާނުގައި މަރުވި 2ބިދޭސީއެއްގެ ހަށިގަނޑު ގައުމަށް ފޮނުވާލަނީ

117 ދުވަސް ކުރިން - 15:42

މޯލްޑިވިއަނުން ބަންގުލަދޭޝް ދަތުރުތައް އަލުން ފަށައިފި

މޯލްޑިވިއަނުން ބަންގުލަދޭޝް ދަތުރުތައް ފަށައިފި

120 ދުވަސް ކުރިން - 16:58

ޝެއިހް ފަރީދުގެ ނަމުގައި އެޅި މިސްކިތް ހުޅުވައިފި

ޝެއިހް ފަރީދުގެ ނަމުގައި އެޅި މިސްކިތް ހުޅުވައިފި

139 ދުވަސް ކުރިން - 15:01