Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރާއްޖެއާއި ބަންގްލަދޭޝްގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

ރާއްޖެއާއި ބަންގްލަދޭޝްގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

ފާތިމަތު އަނަން މުހައްމަދު
15 ގަޑިއިރު ކުރިން - 23 ސެޕްޓެންބަރު 2026 11:36
ނައިބު ރައީސް އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފު، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޠާރިޤް ރަހްމާންއާ ބައްދަލުކުރެއްވުން | ފޮޓޯ: ރައީސް އޮފީސް
ނައިބު ރައީސް އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފު، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޠާރިޤް ރަހްމާންއާ ބައްދަލުކުރެއްވުން | ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ދެ ގައުމުގެ ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމާއި، ބައިނަލްއަގްވާމީ މައިދާންތަކުގައި ގުޅިގެން މަސައްކަތްކުރުމާ ބެހޭގޮތުން މަޝްވަރާކުރެއްވި. ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށް ރާއްޖެއާއެކު ގާތުން މަސައްކަތްކުރުމަށް ބަންގްލަދޭޝް ތައްޔާރަށް އޮތްކަމުގެ ޔަގީންކަން ބަންގްލަދޭޝްގެ ބޮޑުވަޒީރު ދެއްވި.

އދ.ގެ އާންމު މަޖިލީހުގެ 81 ވަނަ ޖަލްސާގެ ހަވާސާގެ ތެރެއިން، ދިވެހިރާއްޖޭގެ ނައިބު ރައީސް އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފު، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޠާރިޤް ރަހްމާންއާ ބައްދަލުކުރައްވައިފިއެވެ.

ނިއުޔޯކުގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ދޭދޭ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރައްވާފައިވެއެވެ.

މި ބައްދަލުވުމުގައި ނައިބު ރައީސް ވަނީ އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ރައީސްކަމާ ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު ޑރ. ޚަލީލުއްރަހްމާން ހަވާލުވެވަޑައިގަތުމާ ގުޅިގެން މަރުހަބާ ދަންނަވާފައެވެ. އަދި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ބަންގްލަދޭޝްގެ ސަރުކާރަށާއި ރައްޔިތުންނަށް ހެޔޮއެދުންތަކާއި ސަލާމް ރައްދުކުރައްވާފައެވެ.

Advertisement

Advertisement 1

ދިވެހިރާއްޖެއާއި ބަންގްލަދޭޝާ ދެމެދު އޮތް ޒަމާންވީ ޚާރިޖީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ދެ ގައުމަށް ވެސް މުހިންމުވާ ދާއިރާތަކުން އިތުރަށް އެއްބާރުލުން ދިނުމާއި، ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގުޅުން ވަރުގަދަކުރުމުގެ މުހިންމުކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޠާރިޤް ރަޙްމާން ދެއްކެވި ވާހަކަފުޅުގައި، ނައިބު ރައީސް ފޮނުއްވި މަރުހަބާއަށާއި ހެޔޮއެދުންތަކަށް ޝުކުރުއަދާކުރެއްވިއެވެ. އަދި އދ. އާއި އެހެނިހެން ބައިނަލްއަގްވާމީ މައިދާންތަކުގައި ދެ ގައުމު ގުޅިގެން ކުރަމުންދާ މަސައްކަތްތައް ކުރިއަށް އޮތް ތަނުގައިވެސް ދަމަހައްޓައި، އެއްބާރުލުން ދިނުމުގެ މުހިންމުކަން ބޮޑުވަޒީރު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ދެ ގައުމުގެ މެދުގައި ހިއްސާކުރާ މަސްލަހަތުތައް ކުރިއެރުވުމަށާއި ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށް ރާއްޖެއާއެކު ގާތުން މަސައްކަތްކުރުމަށް ބަންގްލަދޭޝް ތައްޔާރަށް އޮތްކަމުގެ ޔަގީންކަން އެ މަނިކުފާނު ދެއްވިއެވެ.

ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފްބަންގްލަދޭޝް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މޫސުމީ ގޮންޖެހުންތަކުން އަރައިގަތުމަށް ރާއްޖެއަށް އެހީތެރިވެދިނުމުގެ ފުރިހަމަ ޔަޤީންކަން އދ. ގެ ސެކްރެޓަރީ ޖެނެރަލް ދެއްވައިފި

މޫސުމީކަންކަމުގައި ރާއްޖެއަށް އެހީތެރިވާނެކަމުގެ ޔަޤީންކަން އދ.އިން ދީފި

1 ދުވަސް ކުރިން - 11:50

ރިސޯޓް ވޮލީ މުބާރާތުގެ ފައިނަލް މެޗު ނައިބު ރައީސް ޝަރަފުވެރިކޮށްދެއްވައިފި

ރިސޯޓް ވޮލީ މުބާރާތުގެ ފައިނަލް މެޗު ނައިބު ރައީސް ޝަރަފުވެރިކޮށްދެއްވައިފި

52 ދުވަސް ކުރިން - 04:15

"އަހަރެން ހައްޔަރުވެސް ކޮށްފާނެ ނުވަތަ މަރާވެސް ލަފާނެ، ނަމަވެސް އެނބުރި ގައުމަށް ދާން ނިންމައިފިން": ޝެއިހް ހަސީނާ

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ހަސީނާ ކޯޓަށް ހާޒިރުވާން ނިންމަވައިފި

75 ދުވަސް ކުރިން - 16:10

ބަންގްލަދޭޝްގެ ހިތްތައް އާޖެންޓީނާގެ ނުލާއި ހުދު ކުލައިން ފަތަހަކުރި ސަބަބު

ބަންގްލަދޭޝްގެ ހިތްތައް އާޖެންޓީނާގެ ނުލާއި ހުދު ކުލައިން ފަތަހަކުރި ސަބަބު

83 ދުވަސް ކުރިން - 13:33

އަވަށްޓެރި އިންޑިއާ އާއި ބަންގްލަދޭޝް އީދު ފާހަގަކުރާނީ މާދަމާ

އަވަށްޓެރި އިންޑިއާއާއި ބަންގްލަދޭޝް އީދު ފާހަގަކުރާނީ މާދަމާ

119 ދުވަސް ކުރިން - 13:09

ފަރެސްމާތޮޑާ ބިންހިއްކުމާއި ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި

ފަރެސްމާތޮޑާގެ 3 މަޝްރޫއެއްގެ އަމަލީ މަސައްކަތް ފަށައިފި

179 ދުވަސް ކުރިން - 22:15