Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ހުޅުމާލޭ ފުޓްބޯޅަ ސްކޫލްގެ ބިން ބޭނުންކޮށްގެން 29 މިލިއަން ރުފިޔާގެ ހިޔާނާތެއް

ހުޅުމާލޭ ފުޓްބޯޅަ ސްކޫލްގެ ބިން ބޭނުންކޮށްގެން 29 މިލިއަން ރުފިޔާގެ ހިޔާނާތެއް

މުހައްމަދު ޖަމްޝަތު
92 ދުވަސް ކުރިން - 5 މާޗް 2026 16:47
އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް---
އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް---
ޚުލާސާ

މި މަޝްރޫއާ ގުޅުންހުރި ފައިސާގެ ތެރެއިން ޖުމުލަ ނަވާވީސް މިލިއަން ފަސްލައްކަ ނުވަދިހަ އަށްހާސް ދުއިސައްތަ ރުފިޔާ ވަނީ ގެއްލިފައިވާކަން އޮޑިޓުން ވަނީ ފާހަގަވެފަ

ހުޅުމާލޭ ފޭސް ވަންގައި ފުޓްބޯޅަ ސްކޫލެއް ގާއިމްކުރުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ދޫކުރި ބިން ބޭނުންކޮށްގެން، އެ އިދާރާގެ ކުރީގެ ލީޑަޝިޕުން އެތައް މިލިއަން ރުފިޔާއަކަށް ހިޔާނާތްތެރިވެފައިވާ މައްސަލައެއް އޮޑިޓް އޮފީހުން ފެންމަތިކޮށްފި އެވެ.

އިއްޔެ އާންމުކުރި އޮޑިޓް ރިޕޯޓުގައިވާ ގޮތުން، މި މަޝްރޫއާ ގުޅުންހުރި ފައިސާގެ ތެރެއިން ޖުމުލަ 29,598,200 (ނަވާވީސް މިލިއަން ފަސްލައްކަ ނުވަދިހަ އަށްހާސް ދުއިސައްތަ) ރުފިޔާ ވަނީ ގެއްލިފައެވެ.

މި މަޝްރޫއަކީ ރާއްޖޭގައި ބައިނަލްއަގުވާމީ ފުޓްބޯޅަ ތަމްރީނު މަރުކަޒެއް އެޅުމަށް 11 ޖުލައި 2018 ގައި އެޗްޑީސީއާއެކު ސޮއިކުރި އެއްބަސްވުމެކެވެ. އެ އެއްބަސްވުމުގެ ދަށުން ހުޅުމާލެއިން އެފްއޭއެމްއަށް ދޫކުރި 230,000 އަކަފޫޓުގެ ބިމުގެ ސްލޮޓްތައް އެކި ފަރާތްތަކަށް ކުއްޔަށް ދޫކުރުމަށް 2021 އިން 2024 އަށް 15 ސަބްލީސް އެއްބަސްވުމެއް ހަދާފައިވެއެވެ. އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ މި އެއްބަސްވުންތަކުގެ ދަށުން 2025 ގެ ނިޔަލަށް 52.2 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ބެލެވޭއިރު، އޭގެ ތެރެއިން ބޮޑު ބައެއް ވަނީ ގެއްލިފައެވެ.

Advertisement

Advertisement 1

ފައިސާ ގެއްލުނު ގޮތުގެ ތަފްސީލު

އޮޑިޓް އޮފީހުން ފާހަގަކޮށްފައިވާ ގޮތުގައި، ގެއްލުނު ފައިސާގެ ތެރޭގައި ހިމެނެނީ ނަގުދު ފައިސާއިންނާއި ޗެކުން ދެއްކި ކަމަށް ބުނާ 14.1 މިލިއަން ރުފިޔާއާއި، ބޭންކް އެކައުންޓްތަކަށް ޖަމާވި ފައިސާގެ ތެރެއިން އަމިއްލަ ކުންފުނިތަކާއި ފަރުދުންގެ އެކައުންޓްތަކަށް ފޮނުވާފައިވާ 14 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ކޮން ބޭނުމަކަށްކަން ނޭނގޭ ގޮތަށް އެކި ފަހަރު މަތިން 1.4 މިލިއަން ރުފިޔާ ނަގުދު ފައިސާގެ ގޮތުގައި ބޭންކުން ނަގާފައިވާކަން ވެސް ވަނީ ފާހަގަކުރެވިފައެވެ.

"ސަބްލީސް އެއްބަސްވުންތަކުގެ ދަށުން ބިމުގެ ސްލޮޓްތަކާއި އިމާރާތުގެ ފްލޯތައް ކުއްޔަށް ހިފި ފަރާތްތަކުން 2025 ވަނަ އަހަރުގެ ނިޔަލަށް އެފްއޭއެމް އަށް ޖުމުލަ 52,210,000 ރުފިޔާ ދައްކާފައިވާ ކަމަށް ބެލެވޭއިރު، އެ ފައިސާގެ ތެރެއިން އެފްއޭއެމްގެ ބޭންކް އެކައުންޓްތަކަށް ޖަމާކޮށްފައިވަނީ ހަމައެކަނި ޖުމުލަ 38,110,000 ރުފިޔާކަން ފާހަގަކުރެވުން،" އޮޑިޓް އޮފީހުގެ ރިޕޯޓުގައި ބުނެފައިވެއެވެ.

މީގެ އިތުރުން، އެފްއޭއެމްއަށް ލިބުނު ފައިސާ ބޭނުންކޮށްގެން ބޭރު ފައިސާ (ޑޮލަރު) ގަތުމުގެ މުއާމަލާތްތަކެއް ހިންގާފައިވާކަން ވެސް އޮޑިޓުން ވަނީ ދައްކާފައެވެ. މިއީ ބޭރުގެ އިދާރާތަކުން ސީދާ ޑޮލަރުން ފައިސާ ލިބޭ ޖަމިއްޔާއަކުން އަމަލުކުރަންޖެހޭ އުސޫލެއް ނޫން ކަމަށް ގިނަ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. މި މައްސަލައަކީ އެފްއޭއެމްގެ ކުރީގެ ލީޑަޝިޕްގެ މައްޗަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ ސީރިއަސް މައްސަލައެކެވެ.

ފުޓްބޯޅަ ސްކޫލް ހިންގުމަށް އެފްއޭއެމަށް ދޫކުރި ބިމުގެ ސަބްލީސް އެއްބަސްވުންތަކަށް ގެނައި ބަދަލުތަކުގެ ސަބަބުން އެ އެސޯސިއޭޝަނަށް ލިބެންޖެހޭ ބޮޑު އާމްދަނީއެއް ވަނީ ގެއްލިފައެވެ. ވަކި ތިން ފަރާތަކަށް ދޫކޮށްފައިވާ ސްލޮޓްތަކުގެ ސައިޒް ބޮޑުކޮށް، މުއްދަތު އިތުރުކޮށްދިން ނަމަވެސް، ކުލި ކުޑަކޮށްދިނުމުގެ ސަބަބުން 14.4 މިލިއަން ރުފިޔާ ލިބުމަށް ހުރަސްއެޅިފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި އެފްއޭއެމުން ބިންތައް ސަބްލީސްކޮށްފައިވަނީ މާކެޓް ރޭޓަށްވުރެ މާ ދަށް އަގުތަކެއްގައެވެ. ހުޅުމާލޭގެ ކޮމާޝަލް ރޭޓަކީ އަކަފޫޓަކަށް 20.23 ރުފިޔާ ކަމަށްވާއިރު، އެފްއޭއެމުން ބިން ދޫކޮށްފައިވަނީ އެވްރެޖްކޮށް 2.91 ރުފިޔާއަށެވެ. މީގެ ސަބަބުން އެއްބަސްވުމުގެ މުއްދަތުގައި ގާތްގަނޑަކަށް 524 މިލިއަން ރުފިޔާގެ ގެއްލުން ވާނެކަމަށް ލަފާކުރެވޭއިރު، ޕްރެސެންޓް ވެލިއުއަށް ބަލާއިރުވެސް 79.9 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބޭނެއެވެ.

ބިމުގެ ކުލީގެ ގޮތުގައި އެޗްޑީސީއަށް ދައްކަންޖެހޭ ފައިސާވެސް އެފްއޭއެމުން ދައްކާފައެއް ނުވާކަަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފައެވެ. 2025 ވަނަ އަހަރުގެ ނިޔަލަށް ބިމު ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ޖުމުލަ 10.5 މިލިއަން ރުފިޔާ އެޗްޑީސީއަށް ދައްކަންޖެހިފައިވާކަން އޮޑިޓުން ވަނީ ހާމަކޮށްފައެވެ.

ފުޓްބޯޅަ ސްކޫލް ތަރައްގީކުރުމަށް ހަވާލުކުރި އަމިއްލަ ކުންފުންޏަކަށް، މަސައްކަތް ނުނިމެނީސް ބޮޑެތި އަދަދުތަކުން ފައިސާ ދޫކޮށްފައިވާކަން ވަނީ ފާހަގަކުރެވިފައެވެ. އެގޮތުން އޮފީސް އިމާރާތާއި ޕިޗްތަކުގެ މަސައްކަތް ނުފެށި އޮތްއިރުވެސް، ނިމިފައިވާ މަސައްކަތަށްވުރެ އިތުރަށް 14.2 މިލިއަން ރުފިޔާ ހިމެނޭހެން ޖުމުލަ 32.3 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދީފައިވެއެވެ.

މީގެ އިތުރުން، އެއްބަސްވުމެއް ނެތި ބައެއް ފަރާތްތަކުން އެފްއޭއެމްގެ ބިން ބޭނުންކުރަމުންދާކަންވެސް ވަނީ ފާހަގަކުރެވިފައެވެ. ފުޓްބޯޅަ ޕިޗް އެޅުމަށް ކަނޑައަޅާފައިވާ ސަރަހައްދުގައި ކޮންސްޓްރަކްޝަން ސާމާނު ގުދަންކުރުމާއި، ބަރު އުޅަނދު ބެހެއްޓުމުގެ އިތުރުން ބިދޭސީ މަސައްކަތްތެރިން ބޭތިއްބުމަށް ބޭނުންކުރަމުންދާކަން އޮޑިޓް އޮފީހުން ވަނީ ފާހަގަކޮށްފައެވެ.

ބައްސާމް އަދީލް ޖަލީލްއެފްއޭއެމްއޮޑިޓާ ޖެނެރަލްގެ އޮފީސް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ވީހާވެސް ގިނަ ބަޔަކަށް މެޗުތައް ބެލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އެފްއޭއެމްއިން ޓިކެޓު އަގުހެޔޮކޮށްފި

ގިނަ ބަޔަކަށް މެޗުތައް ބެލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އެފްއޭއެމްއިން ޓިކެޓު އަގުހެޔޮކޮށްފި

2 ދުވަސް ކުރިން - 10:38

ވަގުތީ ގޮތުން ގެއަށް ބަދަލުކުރުމަށްފަހު ބައްސާމް އަލުން ޖަލަށް ބަދަލުކޮށްފި

ބައްސާމް އަލުން ޖަލަށް ބަދަލުކޮށްފި

80 ދުވަސް ކުރިން - 14:57

އަމިން ކުންފުނީގެ މައްޗަށް ކުށް ސާބިތުނުވި މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފި

އަމިން ކުންފުންޏަށް ކުށް ސާބިތުނުވި މައްސަލަ އިސްތިއުނާފްކޮށްފި

95 ދުވަސް ކުރިން - 15:49

އަގީލް ރާއްްޖެގެނެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފި

އަގީލް ރާއްްޖެގެނެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފި

96 ދުވަސް ކުރިން - 16:28

ފުވައްމުލަކު ސިޓީ ކައުންސިލުން އެއް މިލިއަނަށްވުރެ ގިނަ ރުފިޔާ ބޭންކަށް ޖަމާނުކުރާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެ

ފުވައްމުލަކު ކައުންސިލުން މިލިއަނަކަށްވުރެ ގިނަ ރުފިޔާ ޖަމާނުކުރޭ

125 ދުވަސް ކުރިން - 13:17

އެރީނާގެ ބިން ހުސްކުރަން އިތުރު ފުރުސަތެއް

އެރީނާގެ ބިން ހުސްކުރަން އިތުރު ފުރުސަތެއް

125 ދުވަސް ކުރިން - 10:22